Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިސްލާމިކް ސޮލިޑާރިޓީ ގޭމްސް

ތާރީޚީ ކާމިޔާބީ ހޯދި ޓީޓީ ޓީމު ރާއްޖެ އަތުވެއްޖެ

ސޮލިޑާރިޓީ ގޭމްސްގެ އަންހެން ކެޓަގަރީގެ ސެމީ ފައިނަލްގައި ވާދަކޮށް، ރާއްޖެއިން ވަނީ ލޯ މެޑަލް ހޯދާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އޯގަސްޓު 2022 | ހޯމަ 09:35
މިނިސްޓަރު މަޚްލޫފް ޓީމަށް މަރުޙަބާ ވިދާޅުވަނީ

މިނިސްޓަރު މަޚްލޫފް ޓީމަށް މަރުޙަބާ ވިދާޅުވަނީ

ތުރުކީ ވިލާތުގެ ކޮންޏާގައި ކުރިއަށް ދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ތާރީޚީ ކާމިޔާބެއް ހޯދި ޓޭބަލް ޓެނިސް (ޓީޓީ) ޓީމު ރާއްޖެ އަތުވެއްޖެއެވެ.

ޓީޓީ ޓީމު ރާއްޖެ އައިސްފައިވަނީ ހޯމަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ރަސްމީ އެއް ނަންބަރު ފާލަމުން ޓީމަށް މަރުޙަބާ ވިދާޅުވީ، ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފާއި، ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއެވެ. އެއަށްފަހު ޓީމު ވަނީ ރަސްމީ އިއްޒަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގެންގޮސްފައެވެ. ރައީސް އޮފީހުން ޓީމަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

ތާރީޚީ ކާމިޔާބީ ހޯދި ޓީޓީ އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، ފާތިމަތު ޖުމާނާ ނިލާމް އަދި، މަލާކް ބިންތި މުއިއްޒުއެވެ. މި ޓީމުން ވަނީ ސޮލިޑާރިޓީ ގޭމްސްގެ އަންހެން ކެޓަގަރީގެ ސެމީ ފައިނަލްގައި ވާދަކޮށް، ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ. މިއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއެއްގައި ރާއްޖެއަށް މެޑަލެއް ލިބުނު ފުރަތަމަ ފަހަރެވެ. ޓީޓީ ފިރިހެން ޓީމުގައި ހިމެނެނީ މޫސާ މުންސިފް، ޒީސްތު ނަސީމް، އިސްމާއިލް ޝައްފާން އަދި އަހްޔަރުއެވެ.

މީގެ އިތުރުން ރާއްޖޭގެ ޓީމުގައި ހިމެނޭ ރަފާ ވަނީ ސޮލިޑާރިޓީ ގޭމްސްގެ ޓީޓީ އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލްގައި ވާދަކޮށްފައެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ކުރިއަށް ދިޔަ ކޮމަންވެލްތު ގޭމްސްގެ ޓީޓީ އަންހެން ސިންގަލްސް ކެޓަގަރީން ރަފާ ވަނީ ގަދަ 32 ކުޅުންތެރިންހގެ ބުރުގައި ވާދަކޮށްފައެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް 2022ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްޤައުމީ ޓީޓީ ޓީމު

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު