Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވ އާރަށު ހިޔާނާތުގެ މައްސަލަ

ޒިޔަތުއާއި އަދީބުގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް، މިއަދުގެ އަޑުއެހުން ފަސްކޮށްފި

15 އޯގަސްޓު 2022 | ހޯމަ 05:33

އަބްދުﷲ ޒިޔަތުގެ ހެކިބަސް ނަގާގޮތަށް ކުރިން އޮތީ ހަމަޖެހިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އޯގަސްޓު 2022 | ހޯމަ 05:33
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށްފިއެވެ.

މި މައްސަލަ ކޯޓުގައި ކުރިއަށްދަނީ ރައީސް ޔާމީން އާއި، ޔޫސުފް ނައީމްގެ ދައުވާތައް އެކުއެކީގައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

މި އަޑުއެހުމުގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް ނަގާގޮތަށް އޮތީ ހަމަޖެހިފައެވެ. އެހެންނަމަވެސް، އަޑުއެހުން ފެށުމާއެކު ޔޫސުފް ނައީމްގެ ވަކީލު ހަމްޒާ ލަތީފް ވަނީ އެކަމަށް އިއުތިރާޒު ކުރައްވާފައެވެ.

ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ، އެއްކަމަކާއި ގުޅިގެން 2 ފަރާތަކުން ހެކިބަސްދޭއިރު، އަބްދުﷲ ޒިޔަތުއާއި އަހުމަދު އަދީބުގެ ހެކިބަސް ދެ ދުވަހަކު ނަގައިފިނަމަ އެކަކުގެ ހެކިބަހަށް ބަލައި، އަނެކަކުގެ ހެކިބަސް ފަރުމާ ކޮށްފާނެ ކަމަށެވެ. ވުމާއެކު، ޔޫސުފް ނައީމްގެ ވަކީލު ވަނީ އެ ދެ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް އެދިފައެވެ.

އެކަމަށް ރައީސް ޔާމީނުގެ ވަކީލުންވެސް ވަނީ ތާއީދު ކުރައްވާފައެވެ. އެގޮތުން އެކަން ބަޔާންކޮށް އާދިއްތަ ދުވަހު ކޯޓަށް ސިޓީއެއްވެސް ހުށައަޅާފައިވާނެކަމަށް ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ވަކީލުން ވަނީ އެ ދެ ފަރާތަކީ ރައީސް ޔާމީނާމެދު އަދާވަތްތެރިކަމެއްވެސް އޮވެދާނެ ބައެއް ކަމަށް ބަޔާން ކުރައްވާފައެވެ. އަދި ވަކި ގޮތަކަށް ހެކި ބައްޓަން ކުރުމަށް ކުޑަވެސް ފުރުސަތެއް އޮތްނަމަ، އެ ފުރުސަތެއް ނުދެއްވުމަށް ވަނީ އެދިލައްވާފައެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، ޝަރީއަތުން މީގެ ކުރިންވެސް ހެކިބަސް ނެގުމުގެ އަޑުއެހުންތައް ކުރިއަށް ގެންދާއިރު އެއް ހެކިވެރިޔަކު ހާޒިރު ކުރުމަށް ނިންމާފައިވާ ކަމަށާއި، އެ ދެ ހެކިންގެ ހެކިބަސް ވަކިން ނެގުމަށް ދިފާއުން ކުރިން އެދިފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް ދައުލަތުންވެސް ވަނީ އެ ދެ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމާއި މެދު ދައުލަތުގެ އިއުތިރާޒެއް ނެތްކަން ފާހަގަކޮށްފައެވެ.

ދައުލަތާއި ދިފާއުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވަނީ އޯގަސްޓު މަހުގެ 30 ވަނަ ދުވަހަށް އެ ދެ ހެކިންގެ ހެކިބަސް ނެގުމަށް އަޑުއެހުން ފަސް ކުރައްވާފައެވެ.

އޭގެ އިތުރުން، އޯގަސްޓު 18 އާއި 23 ގައިވެސް އިތުރު ހެކިންގެ ހެކިބަސް ނެގުމަށް ވަނީ ތާވަލު ކުރެވިފައެވެ.

މި މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 9 އޯގަސްޓުގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ގާތް އެކުވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވާފައެވެ.

ކްރިމިނަލް ކޯޓްރައީސް ޔާމީން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް