Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހިލޭ ސާބަހަށް ހިންގާ މަތާރް މަޝްރޫއު

ނޫރު އަޖުލާނީ: ލޮލުގެ ފެނުން ގެއްލިފައިވާ ދަރިވަރުންގެ "ލޮލުގެ އަލިކަން"

މަތާރް ކެފޭއަށް ލިބޭ ހުރިހާ އާމްދަނީއެއް ހޭދަ ކުރަނީ، ލޮލުގެ ފެނުމުން މަހްރޫމުވެފައި ވާ މީހުންނަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ހޯދާ ދިނުމުގެ މަސައްކަތަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 އޯގަސްޓު 2022 | ހޯމަ 06:27
މަތާރްގެ އޮންނަ ވޮލަންޓިއަރުންގެ ބޮޑު ނެޓްވަރކްއެއް އޮވޭ، ދުނިޔޭގެ އެކި ހިސާބުތަކުން 30000 އެއްހާ ވޮލަންޓިއަރުން މަސައްކަތް ކުރަނީ އޮންލައިންކޮށް

މަތާރްގެ އޮންނަ ވޮލަންޓިއަރުންގެ ބޮޑު ނެޓްވަރކްއެއް އޮވޭ، ދުނިޔޭގެ އެކި ހިސާބުތަކުން 30000 އެއްހާ ވޮލަންޓިއަރުން މަސައްކަތް ކުރަނީ އޮންލައިންކޮށް

ޝަރީއާގެ ރޮނގުން ޔުނިވަރސިޓީގައި މާސްޓަރޒް ޑިގްރީ ހާސިލު ކުރަމުންދާ ޢުމަރު އަބޫ ޒަހްރާއަކީ ލޮލުގެ ފެނުމުން މަހްރޫމް ވެފައި ވާ ޒުވާނެކެވެ. ނަތީޖާއެއްގެ ގޮތުން، ކިއެވުން ފުރިހަމަ ކުރުމަށް ބޭނުންވާ އެކިއެކި ވަސީލަތްތައް ހޯދުމަށް އަބޫ ޒަހްރާއަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހެއެވެ.

ލޮލުގެ ފެނުމުން މަހްރޫމް ވެފައި ވާ މީހުންނަށް ކިއުމުގެ ފުރުޞަތު ފަހިކޮށްދެނީ ބްރައިލްއިން ކަމަށް ވީ ނަމަވެސް، އަބޫ ޒަހްރާއަށް ބޭނުންވާ ލިޔެކިއުންތަކުން ބްރެއިލް ލިބެނީ އެންމެ 4 ބައިކުޅަ 1 ބައި ހާ ލިޔެކިއުންތަކަށެވެ. ބާކީ ހުރި ފޮތްފޮތް، ބްރައިލްއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަން ޖެހޭ ހުރިހާ ޚަރަދެއް ކުރަން ޖެހެނީ ޚުދު، އަބޫ ޒަހްރާގެ އަމިއްލަ ޖީބުންނެވެ.

އެކަން ބަދަލުވީ، އަބޫ ޒަހްރާއަށް "މަތާރް" މަޝްރޫއު ތަޢާރަފުވި ހިސާބުންނެވެ.

މާލީ މަންފާއެއް ނުލިބޭ ގޮތަށް ހިންގާ މަޝްރޫއު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކާ، އުމުރުން 29 އަހަރުގެ ނޫރު އަޖުލޫނީ ވަނީ "މަތާރް ކެފޭ"ގެ ނަމުގައި ކެފޭއެއް ހުޅުވާފައެވެ. އެ ކެފޭއިން ލިބޭ ފައިސާ ޚަރަދު ކުރަނީ "މަތާރް" މަޝްރޫއުގެ ކަންކަމަށް ފަންޑު ކުރުމަށެވެ.

ހިލޭ ސާބަހަށް ހިންގާ މަތާރް މަޝްރޫއަކީ އިޖުތިމާއީ ވިޔަފާރިވެރިޔާ ނޫރު އަޖުލޫނީގެ މަޝްރޫއެކެވެ. މަތާރް މަޝްރޫއަކީ ޔުނިވަރސިޓީ ތައުލީމަށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ވަސީލަތްތައް، އޯޑިއޯކޮށް، ނުވަތަ ސްކްރީން ރީޑަރއަށް އަހުލުވެރި ދެލިގަނޑާއި ބްރައިލްއަށް ފައްތާދޭ މަޝްރޫއެކެވެ.

މަތާރް ފަރުމާކޮށްފައި ވަނީ އަރަބި ދުނިޔޭގެ ޔުނިވަރސިޓީތަކުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން ލޮލުގެ ފެނުމުން މަހްރޫމް ވެފައިވާ ދަރިވަރުން ބޭނުންވާ ފޮތްތައް، އެ ދަރިވަރުން އެދޭ ފޯމެޓަކަށް ބަދަލު ކުރާ ގޮތަށެވެ. ހާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް، އެކަމަށް އެދި ހުށަހެޅުމުން، ލޮލުގެ ފެނުމުން މަހްރޫމް ވެފައިވާ ދަރިވަރުންނަށް އެ ފޮތެއް ހާއްސަކޮށް ފަރުމާ ކުރަނީ ހިލޭ ސާބަހަށެވެ. އެ މަސައްކަތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 30 ހާހެއް ވޮލަންޓިއަރުންގެ ޕޫލަކުން ހަރަކާތްތެރިވެއެވެ.

ލޯފާން ދަރިވަރަކު ފޮތަކަށް އެދި ހުށަހެޅުމުން، ވޮލަންޓިއަރުންގެ މަސައްކަތް ފަށައިގަނެއެވެ. ކޮންމެ ވޮލަންޓިއަރަކަށްވެސް ނިންމާލަންޖެހެނީ އެންމެ ދެތިން ޞަފުހާއެވެ. މާ ގިނަ ވަގުތެއް ނުނަގާ، މުޅި ފޮތް ނިންމާލައެވެ.

އަބޫ ޒަހްރާ ފަދަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "މަތާރް" މަޝްރޫއުއިން ފޯރުކޮށްދޭ ޚިދުމަތުގެ އަގު ވަޒަންކޮށް، ދޭސީ އަދި ސަރަހައްދީ ފެންވަރުގެ ގިނަ އެވޯޑްތަކަކާއި ފަންޑުތަކެއް އެ މަޝްރޫއަށް ވަނީ ލިބިފައެވެ.

ތައުލީމު ހާސިލު ކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ ތެރެއިން މީގެ ކުރިން ހަމަޖެހިގެން ދިޔައީ 15 ވަރަކަށް ޕަސެންޓްގެ ވަސީލަތްތައް ކަމުގައި ވީ ނަމަވެސް، "މަތާރް" މަޝްރޫއާއެކު މިހާރު 100 ޕަސެންޓް ވަސީލަތްތައް ހަމަޖެހިފައި ވާ ކަން، އަބޫ ޒަހްރާ އުފަލާއެކު ފާހަގަ ކުރެއެވެ.

މަތާރް ކެފޭޢުމަރު އަބޫ ޒަހްރާ؛ ލޮލުގެ ފެނުމުން މަހްރޫމް ވެފައި ވާ ޔުނިވަރސިޓީ ދަރިވަރެއްނޫރު އަޖުލޫނީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެކްސިޑެންޓުގައި ލޮލުގެ ފެނުން ގެއްލުނު 6 ދަރިންގެ ބައްޕަ: ލިބޭ މިންވަރަށް ޝުކުރު ކުރުމުގައި ސަޢީދަކީ ނަމޫނާއެއް!

އެކްސިޑެންޓުގައި ލޮލުގެ ފެނުން ގެއްލުނު 6 ދަރިންގެ ބައްޕަ: ލިބޭ މިންވަރަށް ޝުކުރު ކުރުމުގައި ސަޢީދަކީ ނަމޫނާއެއް!

02 ސެޕްޓެމްބަރު 2023
ނޫރުގެ މަސައްކަތުން، އަރަބި ކެލިގްރަފީއަށް އާ އަލިކަމެއް

ނޫރުގެ މަސައްކަތުން، އަރަބި ކެލިގްރަފީއަށް އާ އަލިކަމެއް

12 ޖުލައި 2023
އަމިއްލަ ނަފުސަށް އޮންނަ އިތުބާރަކީ ލޮލުގެ ފެނުމަށްވުރެ ފުރިހަމަ ނިޢުމަތެއްކަން ސާބިތުކޮށްދިން ރާޝިދުއާ ބައްދަލުކޮށްލަމާ؟

އަމިއްލަ ނަފުސަށް އޮންނަ އިތުބާރަކީ ލޮލުގެ ފެނުމަށްވުރެ ފުރިހަމަ ނިޢުމަތެއްކަން ސާބިތުކޮށްދިން ރާޝިދުއާ ބައްދަލުކޮށްލަމާ؟

18 ޖޫން 2023
ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޓީވީ ޕްރެޒެންޓަރުގެ ޓީވީ ޝޯއިން އެފަދަ މީހުންނަށް އަލިކަމެއް

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޓީވީ ޕްރެޒެންޓަރުގެ ޓީވީ ޝޯއިން އެފަދަ މީހުންނަށް އަލިކަމެއް

08 މާރިޗު 2022
ހިދާއީ ނޫރުގެ 3 ވަނަ އަލްބަމް ރިލީޒްކޮށްފި

ހިދާއީ ނޫރުގެ 3 ވަނަ އަލްބަމް ރިލީޒްކޮށްފި

31 މެއި 2019

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު