Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެންޓޮނީގެ ކުރިމަގު

އަޔެކްސްގައި އެންޓޮނީ ހުރީ ހިތްހަމަ ޖެހިގެން

އެންޓޮނީ ބުނީ އޭނާގެ ހުރިހާ ފޯކަސްއެއް ހުރީ އަޔެކްސް އަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2022 | ހޯމަ 02:47
އެންޓޮނީ މަތިއުސް

އެންޓޮނީ މަތިއުސް

އަޔެކްސްގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ އެންޓޮނީ މަތިއުސް ބުނެފިއެވެ.

އޭނާ މިހެން ބުނީ މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ހޯދަން ބޭނުންވާ ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ. 2020 ވަނަ އަހަރު އަޔެކްސް އަށް ބަދަލުވިި އެންޓޮނީ ވަނީ ޓެން ހާގްގެ އިރުޝާދުގެ ދަށުން އެ ޓީމުގައި ކުޅެފައެވެ. އަޔެކްސް ދޫކޮށް ޓެން ހާގް ޔުނައިޓެޑާ ހަވާލުވީ ނިމުނު ސީޒަނަށްފަހުއެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެންޓޮނީ ބުނީ ޔުނައިޓެޑަށް ދާން އެދި ޓެން ހާގް އޭނާ އަށް ގުޅާނެ ކަމެއް ބުނާކަށް ނޭންގޭ ކަމަށެވެ. އޭނާ ބުނީ އެކަމުގައި ޓެން ހާގް މަޝްވަރާ ކުރަން ޖެހޭނީ އޭނާގެ އެޖެންޓާ ކަމަށެވެ. އެންޓޮނީ ބުނީ އޭނާގެ ހުރިހާ ފޯކަސްއެއް ހުރީ އަޔެކްސް އަށް ކަމަށެވެ. އިތުރަށް އޭނާ ބުނީ އަންނަން ހުރި ކަމެއް އަންނާނެ ކަމަށާއި، ވާނެ ގޮތެއް ޖެހޭނީ ބަލަން ތިބެން ކަމަށެވެ.

އަޔެކްސްއާ ގުޅޭ ގޮތުން އެންޓޮނީ ބުނީ، އެ ޓީމުގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށެވެ. އޭނާ ބުނީ ކޮންމެ މިނެޓަކާއި، ކޮންމެ ކަމެއް އޭނާ ދޭނީ އަޔެކްސް އަށް ކަމަށެވެ. އެންޓޮނީ ވަނީ އަޔެކްސް އާއި އެ ސިޓީ ދެކެ އޭނާ ލޯބިވާ ކަމަށް ބުނެފައެވެ.

އުމުރުން 22 އަހަރުގެ އެންޓޮނީ ވަނީ އަޔެކްސް އަށް ކުޅެދިން 82 މެޗުގައި 25 ލަނޑު ޖަހާފައެވެ. މި ސީޒަނުގައި އޭނާ ވަނީ އަޔެކްސް އަށް ކުޅެދިން ތިން މެޗުގައި ދެ ލަނޑު ޖަހާފައެވެ. އެންޓޮނީ އަކީ ބްރެޒިލްގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ.

އަޔަކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހެންޑަސަން ހޯދުމަށް މޮނާކޯ އިން މަސައްކަތް ކުރަނީ

ހެންޑަސަން ހޯދުމަށް މޮނާކޯ އިން މަސައްކަތް ކުރަނީ

01 ފެބުރުއަރީ 2025
100 މިލިއަން ހަރަދުކޮށް، ރެލިގޭޓްވާތީވެ އެޑްވައިޒަރަކަށް ވެންހާލް

100 މިލިއަން ހަރަދުކޮށް، ރެލިގޭޓްވާތީވެ އެޑްވައިޒަރަކަށް ވެންހާލް

04 އޮކްޓޯބަރު 2023
އަޔެކްސްގެ މުހައްމަދު ކުޑުސް، ވެސްޓް ހޭމް އަށް ސޮއިކޮށްފި

އަޔެކްސްގެ މުހައްމަދު ކުޑުސް، ވެސްޓް ހޭމް އަށް ސޮއިކޮށްފި

28 އޯގަސްޓު 2023
އެޑްސަން އަލްވަރޭޒް ހޯދުމަށް ވެސްޓް ހޭމުން ފުރަތަމަ ބިޑު ފޮނުވައިފި

އެޑްސަން އަލްވަރޭޒް ހޯދުމަށް ވެސްޓް ހޭމުން ފުރަތަމަ ބިޑު ފޮނުވައިފި

06 އޯގަސްޓު 2023
އަޔެކްސް ދޫކޮށް، ވެސްޓް ހޭމަށް ބަދަލުވާން އެޑްސަން އަލްވަރޭޒް އެއްބަސްވެއްޖެ

އަޔެކްސް ދޫކޮށް، ވެސްޓް ހޭމަށް ބަދަލުވާން އެޑްސަން އަލްވަރޭޒް އެއްބަސްވެއްޖެ

05 އޯގަސްޓު 2023

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު