Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

މަޓިޕްގެ ލަނޑުން މޮޅުވެ ލިވަޕޫލަށް ހަމަޖެހުމެއް

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން އަޔެކްސްގެ މައްޗަށް ކުރި ހޯދީ 1-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ސެޕްޓެމްބަރު 2022 | ބުދަ 03:51
ލިވަޕޫލުން ކުޅުނު މެޗުގެ ތެރެއިން

ލިވަޕޫލުން ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ކުޅުނު ދެ މެޗުގައި އަޔެކްސް ބަލިކޮށް ލިވަޕޫލުން ހަމަޖެހުމެއް ހޯދައިފިއެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަމަ މެޗުގައި ނަޕޯލީ އަތުން ބަލިވުމުން ލިވަޕޫލް އޮތީ އަޔެކްސް މެޗަށް ނުކުތްއިރު އުނދަގޫ ހާލަތެއްގައެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން އަޔެކްސްގެ މައްޗަށް ކުރި ހޯދީ 1-2 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ލިވަޕޫލުންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ޑިއޯގޯ ޖޮޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ މިސްރުގެ ފޯވާޑް މުޙައްމަދު ޞަލާޙުއެވެ. ލީޑުގައި އޮވެ ލިވަޕޫލުން ކުޅެމުން ދަނިކޮށް، އަޔެކްސް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ މެޗުގެ 27 ވަނަ މިނެޓުގައި މުހައްމަދު ކުޑޫސް ޖެހި ލަނޑެކެވެ. އޭނާ މި ލަނޑު ޖެހީ ސްޓީވެން ބާގައިސް ދިން ބޯޅައަކުންނެވެ.

މެޗު އެއްވަރުވާން ދަނިކިށް ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހީ މަޓިޕްއެވެ. މެޗުގެ 89 ވަނަ މިނެޓުގައި މަޓިޕް ލަނޑު ޖެހީ ކޮސްޓާސް ސިމިކާސް ނެގި ކޯނަރެއްގައި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް އޮތީ ގްރޫޕްގެ ދެ ވަނަ މަގާމުގައެވެ. އެއްވަނަ މަގާމުގައި އޮތީ ތިން ޕޮއިންޓާއެކު ނަޕޯލީއެވެ. ނަޕޯލީއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ތިންވަނަ މަގާމުގައި އޮތް އަޔެކްސްއަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ރޭންޖާސްއެވެ.

ލީގުގައި ބުދަ ދުވަހުގެ ރޭ ރޭންޖާސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ނަޕޯލީއަށް އެބަ އޮތެވެ.

ޗެމްޕިއަންސް ލީގުލިވަޕޫލްއަޔަކްސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު