Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ނަޕޯލީ އަތުންވީ ބަލީގެ ހަނދާން ނައްތާލަން އަޔެކްސް މެޗު ކާމިޔާބު ކުރަން ޖެހޭ: ކްލޮޕް

ކްލޮޕް ބުނީ، ނަޕޯލީ މެޗުގެ ނަތީޖާއަކީ ލިވަޕޫލާ އޭނާ ހަވާލުވި ފަހުން ލިބުނު އެންމެ ގޯސް ނަތީޖާކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ސެޕްޓެމްބަރު 2022 | އަންގާރަ 04:44
ލިވަޕޫލްގެ ކޯޗު ކްލޮޮޕް

ލިވަޕޫލްގެ ކޯޗު ކްލޮޮޕް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައިި ނަޕޯލީ އަތުންވީ ބަލީގެ ހިތި ހަނދާން ނައްތާލުމަށް އަޔެކްސް މެޗު ކާމިޔާބުކުރަން ޖެހޭ ކަމަކަށް ޔާގަން ކްލޮޕް ބުނެފިއެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ކުޅުނު ފުރަތަމަ ފުޓުބޯޅަ މެޗުގައި ވަނީ ނަޕޯލީ އަތުން ބަލިވެފައެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު އެ މެޗުން ލިވަޕޫލް ބަލިވެފަައިވަނީ 4-1 އިންނެވެ. ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އަމިއްލަ ދަނޑުގައި އަޔެކްސްއާ ދެކޮޅަށް ނުކުންނައިރު ކްލޮޕް ބުނީ، ނަޕޯލީ މެޗުގެ ނަތީޖާއަކީ ލިވަޕޫލާ އޭނާ ހަވާލުވި ފަހުން ލިބުނު އެންމެ ގޯސް ނަތީޖާކަމަށެވެ.

މެޗުގެ ކުރިން އޮތް ޕްރެސްގައި ކްލޮޕް ބުނީ ނަތީޖާއެއް ނެރެން ޖެހޭ ކަމަށާއި، ޓީމުގެ އެންމެނަށް ވެސް އެކަން އެނގޭ ކަމަށެވެ. ކްލޮޕް ބުނީ އަޔެކްސްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަކީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ނެދަލެންޑްސް ލީގުގެ އެއްވަނައިގައި އޮތް ޓީމު ކަމަށެވެ. ކްލޮޕް ބުނީ މި ސީޒަންގައި އަޔެކްސް އިން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުން ކަމަށެވެ.

މީގެ އިތުރުން ކްލޮޕް ބުނީ ލިވަޕޫލާމެދު ވަރަށް ބޮޑަށް މިދިޔަ ދުވަސްތަކުގައި އޭނާ ވިސްނައިފިކަމަށެވެ. ކްލޮޕް ބުނީ ނަޕޯލީ މެޗުން ބަލިވީ ޓީމުގެ ގިނަ ކުޅުންތެރިންގެ ލެވެލް ދަށްވުމުން ކަމަށެވެ. ކްލޮޕް ބުނީ ފުޓުބޯޅައިގައި އޮންނަ ގޮތަކީ އިންޑިވިޖުއަލް މައްސަލަތައް ހައްލުކުރުމަށް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށާއި، އެކަން ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ކްލޮޕް ބުނީ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ބިނާވެފައި އޮންނަނީ ޓީމުގެ ޑިފެންސަށް ކަމަށެވެ.

މީގެ އިތުރުން ކްލޮޕް ބުނީ އަބަދު އެއް ލެވެލެއްގައި އޮތުމަކީ ވެސް ބޮޑު ޗެލެންޖަކަށްވާނެ ކަމަށާއި، އަޔެކްސް މެޗުން ނަތީޖާއެއް ނެރުމަށް އުންމީދުގައި ހުރި ކަމަށެވެ.

މި ސީޒަންގެ ޕްރިމިއަރ ލީގުގައި ވެސް ލިވަޕޫލްގެ ފެށުން ގޯހެވެ. ލީގުގައި މިހާތަަނަށް ހަ މެޗު ކުޅެފައިވާއިރު، ލިވަޕޫލް މޮޅުވެފައިވަނީ ދެ މެޗުންނެވެ. ތިން މެޗުން އެ ޓީމު ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލްގެ ހަތްވަނަ މަގާމުގައެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑު އެންފީލްޑުގައި ކުޅޭ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

ޗެމްޕިއަންސް ލީގުލިވަޕޫލްއަޔަކްސްޔާގެން ކްލޮޕް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު