Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އަޔެކްސް ބަލިކޮށް ނަޕޯލީ ދެ ވަނަ ބުރުން ޖާގަ ހޯދައިފި

ބުދަ ދުވަހުގެ ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި އެ ޓީމުން އަޔެކްސް ބަލިކުރީ، 2-4 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޮކްޓޯބަރު 2022 | ބުރާސްފަތި 03:25
ނަޕޯލީން ކުޅުނު މެޗުގެ ތެރެއިން

ނަޕޯލީން ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި އަޔެކްސް ބަލިކޮށް، ނަޕޯލީން ދެ ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި އެ ޓީމުން އަޔެކްސް ބަލިކުރީ، 2-4 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީން ވަނީ ދެ ލަނޑު ޖަަހައި، ލީޑު ނަގާފައެވެ. ނަޕޯލީގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ޖެހީ ހާވިން ލޮޒާނޯއެވެ. އޭގެ ފަހުން 16 ވަނަ މިނެޓުގައި ޖިއަކޯމޯ ރަސްޕަޑޯރީ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ނަޕޯލީ އަށް ލީޑު ފުޅާކޮށްދީފައެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޑޭވީ ކްލާސެން ވަނީ ލަނޑެއް ޖަހައި އަޔެކްސް އަށް ފަރަގު ކުޑަކޮށްދީފައެވެ.

ނަމަވެސް އޭގެ ފަހުން 62 ވަނަ މިނެޓުގައި ނަޕޯލީ އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ކްވިޗާ ކްރަވަޝްކާލިއާއެވެ. މެޗުގެ 83 ވަނަ މިނެޓުގައި އަޔެކްސް އަށް ވެސް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ސްޓީވެން ބާގްވެއިންއެވެ. ނަޕޯލީގެ ހަތަރު ވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ޖެހީ ވިކްޓަ އޮސީމެއިންއެވެ.

މި މޮޅާއެކު ނަޕޯލީން ދެ ވަނަ ބުރަށް ދިޔައީ ހަތަރު މެޗުން 12 ޕޮއިންޓު ހޯދައިގެންނެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެން ލިވަޕޫލްއެވެ. ތިން ވަނައިގައި އޮތް އަޔެކްސް އަށް ތިން ޕޮއިންޓު ލިބޭއިރު، ފުލުގައި އޮތް ރޭންޖާސް އަށް ޕޮއިންޓެއް ނުލިބެއެވެ. މި ގްރޫޕުން ދެ ވަނަ ބުރަށް ދިޔުމުގެ ފުރުސަތު ދެެން ބޮޑީ ލިވަޕޫލަށެވެ. ބާކީ އޮތް ދެ މެޗުން އެ ޓީމު ބޭނުންވަނީ އެއް ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގުއަޔަކްސްނަޕޯލީ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
01 ފެބުރުއަރީ 2025

ހެންޑަސަން ހޯދުމަށް މޮނާކޯ އިން މަސައްކަތް ކުރަނީ

01 ފެބުރުއަރީ 2025
ހެންޑަސަން ހޯދުމަށް މޮނާކޯ އިން މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު