Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އަޔެކްސް ބަލިކޮށް ލިވަޕޫލް ދެ ވަނަ ބުރުން ޖާގަ ހޯދައިފި

އަޔެކްސްގެ ދަނޑުގައި ލިވަޕޫލުން ކުރި ހޯދީ 3-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޮކްޓޯބަރު 2022 | ބުރާސްފަތި 02:47
އަޔެކްސް އާއި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން

އަޔެކްސް އާއި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި އަޔެކްސް ބަލިކޮށް ލިވަޕޫލު ދެ ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭ އަޔެކްސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުތްއިރު، މެޗު އެއްވަރުވެގެން ވެސް ލިވަޕޫލަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބޭނެއެވެ. ލިވަޕޫލުން އެ މެޗުގައި އަޔެކްސް ބަލިކުރީ 3-0 އިންނެވެ.

މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު 42 ވަނަ މިނެޓުގައި ޖޯޑަން ހެންޑަސަން ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙުއެވެ. ލިވަޕޫލްގެ އަނެއް ދެ ލަނޑު ފެނުނީ މެޗުގެ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ ޑާވިން ނޫނޭޒްއެވެ. އޭގެ ތިން މިނެޓު ފަހުން ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ ހާވީ އެލިއަޓްއެވެ.

މި ގްރޫޕްގައި ނަޕޯލީން ވަނީ 0-3 އިން ރޭންޖާސް ބަލިކޮށްފައެވެ. މެޗުގައި ނަޕޯލީގެ ސިމިއޯން ދެ ލަނޑު ޖެހި އިރު، ފަހު ލަނޑު ޖެހީ ލިއޯ އޮސްޓިގާޑްއެވެ.

މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ނަޕޯލީއެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 12 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި ތިން ޕޮއިންޓާއެކު އަޔެކްސް އޮތް އިރު، ފުލުގައި އޮތް ރޭންޖާސް އަށް ޕޮއިންޓެއް ނުލިބެއެވެ.

ޗެމްޕިއަންސް ލީގުލިވަޕޫލްއަޔަކްސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު