Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެހެންދި ސްކޫލުގައި ޖަމާއަތުގައި ނަމާދުކުރުން

ރެހެންދި ސްކޫލުގައި އަސްރު ނަމާދު ޖަމާއަތުގައި ކުރަން ފަށައިފި

އަސުރު ނަމާދު ޖަމާއަތުގައި ކުރަން ފަށާފައިވަނީ އާދީއްތަ ދުވަހުން ފެށިގެން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 15 އޯގަސްޓު 2022 | ހޯމަ 02:12
ރެހެންދި ސްކޫލްގެ ދަރިވަރުން ޖަމާއަތުގައި ނަމާދު ކުރަނީ

ރެހެންދި ސްކޫލްގެ ދަރިވަރުން ޖަމާއަތުގައި ނަމާދު ކުރަނީ

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައި އަސުރު ނަމާދު ޖަމާއަތުގައި ކުރަން ފަށައިފިއެވެ.

އެ ސްކޫލުން މެންދުރު ދަންފަޅީގައި ކިޔަވާ ގްރޭޑުތަކުގެ ބެލެނިވެރިންނަށް ފޮނުވި މެމޯއެއްގައި ބުނީ އާދީއްތަ ދުވަހުން ފެށިގެން އެ ގްރޭޑުތަކުގެ ދަރިވަރުން ސްކޫލަށް ފޮނުވާއިރު ހަތަރު ކަމަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެގޮތުން، އާދީއްތަ ދުވަހުން ފެށިގެން ސްކޫލުގައި ކިޔަވާ ކޮންމެ ދުވަހަކު އެ ސްކޫލުގައި އަސްރު ނަމާދު ޖަމާއަތުގައި ކުރުން އޮންނާނެ ކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ރެހެންދި ސްކޫލުގައި މެންދުރު ދަންފަޅީގައި ކިޔަވާ ގްރޭޑްތަކަކީ 2،3،4،5 އަދި 6 އެވެ. މި ގްރޭޑްތަކުގެ ދަރިވަރުން މެންދުރު ސްކޫލަށް ދާއިރު މެންދުރު ނަމާދު ކުރުވާފައިވާ ފޮނުވުމަށް ސަމާލުވުމަށް އެސްކޫލުން ވަނީ އެދިފައެވެ. އަދި ސްކޫލަށް ފޮނުވާއިރު އެ ދަރިވަރުން ވުޟޫ ކުރުވާފައި ފޮނުވުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން ދަރިވަރުން ނަމާދު ކުރުމަށް ބޭނުންވާ ތަކެތި ކަމަށްވާ މުސައްލަ އާއި ނަމާދު ދޮޅިއާއި ބޫޓު ލުމަށް ޕްލާސްޓިކް ކޮތަޅެއް ނޫން އިތުރު ކޮތަޅެއް ގެންދިއުމަށް ވެސް އެ ސްކޫލުން ވަނީ އެދިފައެވެ. އަދި ދަރިވަރުން ސްކޫލަށް ދާއިރު ބޭނުން ކުރާ އިސްޓާކީނަކީ ނަމާދު ކުރުމަށް އެކަށީގެންވާ، ތާހިރު އިސްޓާކީނެއްކަން ޔަގީން ކުރުމަށް ވެސް ރެހެންދި ސްކޫލުން ވަނީ ބެލެނިވެރިންނަށް އަންގާފައެވެ.

ސްކޫލްތަކުގެ ދަންފަޅިތައް އޮންނަގޮތުން ނަމާދު ވަގުތު ސްކޫލުގައި ދަރިވަރުން އުޅޭނީ ހަމައެކަނި އަސްރު ނަމާދު ވަގުތުގައެވެ. ހެނދުނުގެ ދަންފަޅީގެ ކުދިން މެންދުރު ނަމާދަށް ސްކޫލް ނިމޭއިރު މެންދުރު ދަންފަޅީގެ ކުދިން ސްކޫލަށްދާނީ މެންދުރު ނަމާދަށްފަހުއެވެ. އަދި މަޣުރިބު ނަމާދު ވަގުތަށް މެންދުރު ދަންފަޅީގެ ކުދިންގެ ކިޔެވުން ނިމޭނެއެވެ.

ރެހެންދި ސްކޫލްނަމާދު

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

21 ނޮވެމްބަރު 2025
ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ
07 ސެޕްޓެމްބަރު 2025

ރެހެންދި ސްކޫލު އަށް އިންޒާރުގެ މެއިލްއެއް، އެއްވެސް ނުރައްކަލެއް ނެތް: މިނިސްޓަރ ޝަފީޢު

07 ސެޕްޓެމްބަރު 2025
ރެހެންދި ސްކޫލު އަށް އިންޒާރުގެ މެއިލްއެއް، އެއްވެސް ނުރައްކަލެއް ނެތް: މިނިސްޓަރ ޝަފީޢު
16 މެއި 2025

ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

16 މެއި 2025
ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ
06 ޑިސެމްބަރު 2023

އަރބަންކޯއިން ރެހެންދި ސްކޫލް ބޭރުގައި ބެލެނިވެރިން މަޑުކޮށްގެން ތިބޭ ކެނޮޕީއެއް ހަދަނީ

06 ޑިސެމްބަރު 2023
އަރބަންކޯއިން ރެހެންދި ސްކޫލް ބޭރުގައި ބެލެނިވެރިން މަޑުކޮށްގެން ތިބޭ ކެނޮޕީއެއް ހަދަނީ
21 ނޮވެމްބަރު 2022

ކެޑޭޓް ކޭމްޕްގައި ހިނގިކަމަށް ބުނެ ފަތުރާ ވާހަކަ، ރެހެންދި ސްކޫލުން ދޮގުކޮށްފި

21 ނޮވެމްބަރު 2022
ކެޑޭޓް ކޭމްޕްގައި ހިނގިކަމަށް ބުނެ ފަތުރާ ވާހަކަ، ރެހެންދި ސްކޫލުން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު