Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން

ކުޑަހެންވޭރު ބަލިކޮށް ޓީނޭޖު ފައިނަލަށް

ފައިނަލް މެޗު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 14 އޯގަސްޓު 2022 | އާދީއްތަ 19:34
ކްލަބު ޓީނެޖު

ކްލަބު ޓީނެޖު

މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކްލަބު ޓީނޭޖުން ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އާދީއްތަ ދުވަހުގެރޭ ޓީނޭޖު ބައްދަލުކުރީ ކުޑަ ހެންވޭރު ޔުނައިޓެޑާއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ޓީނޭޖުން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. ޕެނަލްޓީ ޖަހައިގެން ޓީނޭޖު ކުރިހޯދީ 4-1ންނެވެ.

ޓީނޭޖުން ޖެހި ހަތަރު ޕެނަލްޓީވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ޓީނޭޖުގެ ޕެނަލްޓީތައް ޖެހީ ބިދޭސީ ކުޅުންތެރިޔާ އަހުމަދު މަހުމޫދު، ޖައިލަމް އަހުމަދުގެ އަދި ނާހިލް އަލީގެ އިތުރުން ސަދީރްދިންއެވެ. ކުޑަ ހެންވޭރުން ތިން ޕެނަލްޓީ ޖެހިއިރު މުހައްމަދު ތިލްމީޒްއާއި ސާދް ހޮސާމެލްދިން ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ކުޑަ ހެންވޭރުން ޕެނަލްޓީ ކާމިޔާބުކުރީ ޝަހީމް އަބްދުލް ގާދިރުއެވެ.

މުބާރާތުގެ ފައިނަލުގައި ޓީނޭޖު ވާދަކުރަން ޖެހޭނީ ބުރު ސްޕޯޓްސް ކްލަބާއެވެ. ބުރުން ވަނީ ފުރަތަމަ ސެމީ ފައިނަލުގައި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރިހޯދާފައެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 16:00 ގައި ގަލޮޅު ދަނޑުގައެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު