Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީ ޚިޔާނާތް

އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އޯގަސްޓު މަހުގެ 28 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އޯގަސްޓު 2022 | އާދީއްތަ 12:07
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝަކޫރު

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝަކޫރު

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝަކޫރާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިންގ، އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނާ ޚިލާފުވިކަމުގެ ކުށުގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވައިފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްއެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 14 ފެބްރުއަރީ 2022ގައެވެ. އެ ދުވަހު މައްސަލަ ބައްލަވާ ގާޒީ ވަނީ، މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެތްކާގުޅޭގޮތުން ވާހަކަ ދެއްކުމާއި މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމެވުންކަމަށް ވިދާޅުވެފައެވެ. 

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ދިފާއުން ވަނީ ހެކި ހާމަ ކުރުމުގެ އަމުރާގުޅޭގޮތުން ގޮތެއް ނިންމެވުމަށް އެދިފައެވެ. ނަމަވެސް އެއީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ހުށައެޅިދާނެ ކަމެއްކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

މި އަޑުއެހުމުގައި އިސްގާޒީ ޝަކީލު ވަނީ، އާތިފްގެ މައްޗަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވާފައެވެ.

އޭގެ އިތުރުން، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ދެފަރާތަށްވެސް 10 ދުވަހުގެ ފުރުސަތެއް ގާޒީ ވަނީ މި އަޑުއެހުމުގައި ދެއްވާފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އޯގަސްޓު މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަންޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާއިން މަނީ ލޯންޑަރިންގކަމަށް ތުހުމަތުކުރެވޭ މުއާމަލާތްތައް ހިންގިއިރު އެކަން ފުލުހުންނަށް ނުފޮނުވަން ނިންމެވީ އާތިފް ޝަކޫރުކަން އޭސީސީގެ ތަހުގީގުގަށްފަހު ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން އެފްއައިޔޫއަށް ލިބިފައިވާ އެސްޓީއާރްގައި، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހިމެނިފައި ވީނަމަވެސް، އެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ނުފޮނުވަން ނިންމާފައިވަނީ އާތިފް ޝަކޫރުކަން އޭނާގެ އިއުތިރާފުންނާއި ތަހުގީގުން ހާމަވާކަމަށް އޭސީސީގެ ރިޕޯޓްގައި ބުނެފައިވެއެވެ.

އެމްއެމްޕީއާރްސީއެމްއެމްޕީއާރްސީ ޚިޔާނާތްކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު