Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިސްލާމިކް ސޮލިޑާރިޓީ ގޭމްސް

100 މީޓަރުގެ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑު ސްވިމިން ޓީމުން މުގުރާލައިފި

މިއަހަރުގެ ޓީމު ރެކޯޑު މުގުރާލީ ކުރީގެ ޓައިމިންއަށްވުރެ ނުވަ ސިކުންތު އަވަހަށް ރިލޭ ނިންމައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޯގަސްޓު 2022 | އާދީއްތަ 06:36
ގޭމްސްގައި ދިވެހި އެތުލީޓެއް ފަތަނީ

ގޭމްސްގައި ދިވެހި އެތުލީޓެއް ފަތަނީ

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ސްވިމިން ޓީމުން ހަތަރެއް ގުނަ 100 މީޓަރުގެ ފްރީ ސްޓައިލް ޤައުމީ ރެކޯޑު މުގުރާލައިފިއެވެ.

ރެކޯޑު މުގުރާލި ރާއްޖޭގެ ޓީމުގައި ހިމެނެނީ އަލީ އިމާން, އިބްރާހިމް މައިޝަން ޝަމީން، ޙުސެއިން ހާއިޝް ޙަސަން އަދި ޢަބްދުﷲ މައިޝަން ޝަމީމްއެވެ. މި ޓީމުން ވަނީ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ހަތަރެއް ގުނަ 100 މީޓަރުގެ ފްރީ ސްޓައިލް ރިލޭ 4:01:23 އިން ނިންމާފައެވެ.

މީގެ ކުރިން މި ރެކޯޑު އޮތީ 2018 ވަނަ އަހަރު އޮތް 18 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރި ޓީމުގެ އަތުގައެވެ. އެ އަހަރު ރެކޯޑު ހެދި ޓީމުގައި ހިމެނެނީ، މިއަހަރު ވާދަކުރި ޓީމުގައި ހިމެނޭ އިމާން އާއި ހާއިޝްގެ އިތުރުން މުބާލް އައްޒާމް އިބްރާހިމް އަދި ޙަސަން އަޝްރަފްއެވެ. މިއަހަރުގެ ޓީމު ރެކޯޑު މުގުރާލީ ކުރީގެ ޓައިމިންއަށްވުރެ ނުވަ ސިކުންތު އަވަހަށް ރިލޭ ނިންމައިގެންނެވެ.

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އެހެނިހެން އިވެންޓުތަކަށް ބަލާއިރު، އަންހެން 50 މީޓަރުގެ ބްރެސްޓްސްޓްރޯކްގެ ހީޓު އެކެއްގައި ޒައިނަބް ޢަބްދުﷲ ޝަފީގް ވާދަކުރި އިރު، އަންހެން 100 މީޓަރުގެ ބްރެސްޓްސްޓްރޯކްގެ ދެ ވަނަ ހީޓުގައި އައިޝަތު އުލްޔާ ޝާއިޤް ވަނީ ވާދަކޮށްފައެވެ. މީގެ އިތުރުން ފިރިހެން 100 މީޓަރުގެ ބަޓަފްލައިގެ ދެ ވަނަ ހީޓުގައި ރާއްޖޭގެ ދާއިން އަޙުމަދު ޝަގީފް އާއި ނާވީ ވަނީ ވާދަކޮށްފައެވެ. ފިރިހެން 50 މީޓަރުގެ ބްރެސްޓްސްޓްރޯކްގެ ތިން ވަނަ ހީޓުގައި ވާދަކުރީ ހާއިޝް އާއި މައިޝަންއެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް 2022ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2024

ތަޒްކިޔާ، އިޒްޔާން، މެރާލް އަދި ރިހާން ޤައުމީ ރެކޯޑު އައު ކޮށްފި

07 އޮކްޓޯބަރު 2024
ތަޒްކިޔާ، އިޒްޔާން، މެރާލް އަދި ރިހާން ޤައުމީ ރެކޯޑު އައު ކޮށްފި
06 ފެބުރުއަރީ 2024

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

06 ފެބުރުއަރީ 2024
ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
27 ޑިސެމްބަރު 2023

ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި

27 ޑިސެމްބަރު 2023
ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި
19 ޑިސެމްބަރު 2023

ފަތާ ޓްރެކަށް ނަޖިސް ޖަމާވާ މައްސަލަ، ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަނީ

19 ޑިސެމްބަރު 2023
ފަތާ ޓްރެކަށް ނަޖިސް ޖަމާވާ މައްސަލަ، ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަނީ
10 އޯގަސްޓު 2023

އެޗްޕީއޭގެ އެންގުމަކަށް މާލޭ ސިވިމިން ޓްރެކް ބަންދު ކޮށްފި

10 އޯގަސްޓު 2023
އެޗްޕީއޭގެ އެންގުމަކަށް މާލޭ ސިވިމިން ޓްރެކް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު