Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖިންސީ ފުރައްސާރަ

ރޭޕްކުރި މީހާ ހޯދުމަށް އެހީވީ ރޭޕުން އުފަންވި ދަރިފުޅު

ޖިންސީ އަނިޔާ ލިބޭ މީހުންގެ އަދަދު، މިހާރު އެނގިފައިވާވަރަށްވުރެ މަތިވާނެކަން ވަނީ އެކި ސްޓަޑީތަކުން ހާމަވެފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 13 އޯގަސްޓު 2022 | ހޮނިހިރު 18:44
ރޭޕްގެ ސަބަބުން މުޅި ދިރިއުޅުން ބަރުބާދުވެގެންދޭ

ރޭޕްގެ ސަބަބުން މުޅި ދިރިއުޅުން ބަރުބާދުވެގެންދޭ

ކުޑައިރު ރޭޕާއި ޖިންސީ އަނިޔާގެ ޝިކާރައަކަށްވީ އަންހެނުންގެ ނިސްބަތް ހީކުރާވަރަށްވުރެ މަތިކަން މިވަނީ "ހޭޝްޓެގް މީޓޫ" ފަދަ ކެމްޕެއިންތަކުން އެނގި ހާމަވެފައެވެ. އެކަމާ ކުރިމަތިލާން ޖެހުނު ނަމަވެސް އަމިއްލަ ހިތުގައި އަތް އަޅާފައި އެކަން ސިއްރުކުރަނީ އާއިލާއަށް ލިބިދާނެ ހުތުރު ނަމަކަށްޓަކައެވެ. ނަމަވެސް އެއީ އެކަން ވާންވީގޮތެއްނޫނެވެ. އަނިޔާ ލިބުމުން ކެރިގެން ތެދުވެ އިންސާފު ހޯދުމަށް މަސައްކަތްކުރަންވީއެވެ. އޭރުން މަށަށްވެސް ތިކަން ދިމާވިއޭ ކިޔާފައި ނުކުންނާނެ މީހުން ބައިވަރު ތިބޭނެއެވެ.

މީގެ ތިރީހަކަށް އަހަރު ކުރިން އިންޑިޔާގެ އުއްތަރް ޕްރަދޭޝްގައި އުމުރުން އެންމެ 12 އަހަރުގެ އަންހެން ކުއްޖަކު، އަވަށްޓެރި ގެއެއްގައި އުޅުނު ފިރިހެން ދެބެންވެގެން އެތައް މަހެއްވަންދެން ރޭޕްކުރިއެވެ. އެންމެފަހުން އެކުއްޖާ ބަލިވެއިނދެ ވިހަންޖެހުނެވެ. އުމުރުން އެހާކުޑައިރު ތުއްތު ކުއްޖަކު ނުބެލޭނެތީ، ވިހޭ ދަރިފުޅު އެޑޮޕްޝަންއަށްލިއެވެ. ފިރިހެން ކުއްޖެކެވެ. އެކުއްޖާ ބޮޑުވަމުން އައީ އެކުވެރިންނާއި އަވަށްޓެރިންގެ ފުރައްސާރައާ އެކުގައެވެ. ބައްޕަ ކަށަވަރުނުވާ ކުއްޖަކަށްވާތީއެވެ. އެންމެފަހުން އެދަރިފުޅުގެ އުމުރުން 13 އަހަރުގައި ދަރިފުޅު ގެނެސް މަންމައާ ހަވާލުކުރިއެވެ. ދަރިފުޅާ މަންމަ ބައްދަލުވެ މަންމަގެ ހާލު ދަރިފުޅަށް ފެނުމުން މަންމައަށް އަނިޔާ ދިން މީހުން ހޯދުމަށް ދަރިފުޅު ހިތްވަރުދިނެވެ. އަދި 2020 ވަނަ އަހަރު މަންމަ އެމީހުންނާ ދެކޮޅަށް ކޭސް ފައިލްކޮށް، އެކަން ކާމިޔާބުވެސް ކުރިއެވެ.

އިންސާފުގެ ދޮރުތަކުގައި ޓަކި ޖަހަމުން މަންމަ ހިނގިއިރު ފުލުހުންނާއި ގާނޫނީ ވަކީލުންވެސް ބުނަނީ އެހާ ކުރީގެ މައްސަލައަކަށްވާތީ ނުބެލޭނެކަމަށެވެ. ނަމަވެސް އޭނާ ހިތްވަރު ދޫކޮށްނުލައި އެ ދެމީހުން ހޯދުމަށް މަސައްކަތްކުރިއެވެ. ކޮންމެވެސް ގޮތަކުން ފޯނު ނަމްބަރު ހޯދައިގެން ގުޅުމުން އެކަކު ބުނިކަމަށްވެއެވެ. "ކަލޭ އަދިވެސް މަރެއްނުވޭހެއްޔެވެ؟" އަންހެންމީހާ ޖަވާބުގައި ބުނިކަމަށް ވެއެވެ. "މިއީ ކަލޭމެން މަރުވާންވީ ދުވަހެވެ."

އަންހެންމީހާ ރޭޕްކުރި ދެމީހުންގެ ތެރެއިން އެކަކު މީގެ 10 ދުވަސް ކުރިން ހައްޔަރުކޮށްފައިވާއިރު، ބުދަ ދުވަހު ވަނީ ދެވަނަ މީހާ ހައްޔަރުކޮށްފައެވެ.

އަންހެންމީހާ ކިޔައިދިންގޮތުގައި، ކުޑައިރުންފެށިގެންވެސް އޭނާ ހުރީ ކިޔަވައިގެން މޮޅުވެ ޕޮލިސް އޮފިސަރަކަށް ވުމުގެ ހުވަފެން ދެކިދެކިއެވެ. ނަމަވެސް އޭނާއަށް ޖެހުނީ ކިޔެވުމާވެސް ވަކިވާށެވެ. ހަޔާތް މުޅިން އެފުށްމިފުށަށް ޖެހުނެވެ. އޭނާ ކިޔައިދިންގޮތުގައި އޭނާ ފަހުން މީހަކާވެސް އިނެވެ. ނަމަވެސް އޭނާއަކީ ރޭޕްކުރެވި. އެކަމުގެ ސަބަބުން ދަރިއަކު ލިބިފައިހުރި މީހެއްކަން އެނގުމުން ވަރިކޮށްލީއެވެ. އަނެއްކޮޅުން، ލިބުނު ދޮށީ ދަރިފުޅުގެ ބައްޕަގެ ނަން ޖަހާފައި ނެތުމުން ސްކޫލްގައިވެސް ވަރަށް ފުރައްސާރަކުރިއެވެ. ނަމެއް ނެތް ހަޔާތެއް ވޭތުކުރަން ބޭނުންނޫންކަމަށް ބުނެ ދަރިފުޅު އަމިއްލައަށް މަރުވާން އުޅުނެވެ. އެހާހިސާބުން ދަރިފުޅުގެ ހަގީގަތް މަންމަ ދަރިފުޅަށް ކިޔައިދިނެވެ. ނަމަވެސް ރުޅިއައިސް މާޔޫސްވުމުގެ ބަދަލުގައި ދަރިފުޅު މަންމައަށް ދިނީ ހިތްވަރެވެ. މަންމަގެ ހިތުގައި އަޅާވޭން ފެންނާތީއެވެ. އެންމެފަހުން ދެމައިން ހިތްވަރުކޮށްފައި، އަނިޔާ ދިން މީހުން ހޯދީއެވެ.

އިންސާފުން މައްސަލަ ނިންމުމާއި ނުނިންމުން އޮތީ އަދުލުގެ ނިޒާމުގެ އަތްމަތީގައެވެ.  

ރޭޕް

އިތުރަށް ކިޔާލަން

14 މެއި 2024

ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް

14 މެއި 2024
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
23 ޖޫން 2023

ރިސޯޓް ރޭޕް: ތުހުމަތު ކުރެވޭ މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

23 ޖޫން 2023
ރިސޯޓް ރޭޕް: ތުހުމަތު ކުރެވޭ މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި
21 ޖޫން 2023

ރިސޯޓް ރޭޕް: މީހަކު ހައްޔަރު ނުކުރިނަމަވެސް ތަހުގީގު ކުރިއަށްދޭ

21 ޖޫން 2023
ރިސޯޓް ރޭޕް: މީހަކު ހައްޔަރު ނުކުރިނަމަވެސް ތަހުގީގު ކުރިއަށްދޭ
05 ފެބުރުއަރީ 2023

ރޭޕް ރިޕޯޓް ކުރަން އުޅުމުން ހައްޔަރު ކުރި އިންޑިއާގެ ނޫސްވެރިޔާ ދޫކޮށްލައިފި

05 ފެބުރުއަރީ 2023
ރޭޕް ރިޕޯޓް ކުރަން އުޅުމުން ހައްޔަރު ކުރި އިންޑިއާގެ ނޫސްވެރިޔާ ދޫކޮށްލައިފި
11 ޑިސެމްބަރު 2022

ރޭޕްކުރިކަން ސާބިތުވެ 15 އަހަރަށް ޖަލަށް

11 ޑިސެމްބަރު 2022
ރޭޕްކުރިކަން ސާބިތުވެ 15 އަހަރަށް ޖަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު