Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

ރޭޕް ރިޕޯޓް ކުރަން އުޅުމުން ހައްޔަރު ކުރި އިންޑިއާގެ ނޫސްވެރިޔާ ދޫކޮށްލައިފި

ސިއްދީގީ ހައްޔަރު ކޮށްފައިވަނީ ޤައުމުގެ މަސްލަހަތު ނަގާލައި އާއްމުންނާއި ސިފައިންނާ މެދު ހަމަނުޖެހުން އުފައްދަން ރޭވުމުގެ ތުހުމަތުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 5 ފެބުރުއަރީ 2023 | އާދީއްތަ 02:11
ސިއްދީގީ (ވ2) އޭނާގެ އާއިލާއާއި ވަކީލާއެކު

ސިއްދީގީ (ވ2) އޭނާގެ އާއިލާއާއި ވަކީލާއެކު

ރޭޕުގެ މައްސަލައެއް ރިޕޯޓު ކުރަން އުޅެނިކޮށް އިންޑިއާއިން ހައްޔަރު ކުރި އެ ޤައުމުގެ ނޫސްވެރިޔާ، ދެ އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ފަހުން ދޫކޮށްލައިފިއެވެ.

އިންޑިއާގެ އުއްތަރުޕްރަދޭޝްގެ ސިފައިން ނޫސްވެރިޔާ ސިއްދީގީ ކައްޕަން ހައްޔަރު ކުރީ އެ ސަރަހައްދުގެ މަތީ ފަންތީގެ ބަޔަކު ވެގެން ދަށު ފަންތީގެ އަންހެނަކު ރޭޕް ކުރުމުން އެ މައްސަލަ ރިޕޯޓް ކުރުމަށް މަސައްކަތް ކުރުމުންނެވެ. މި ހާދިސާގައި އެ އަންހެން މީހާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ވަނީ މަރުވެފައެވެ. މި މައްސަލައިގައި އިންޑިއާގައި ގިނަބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

މި މައްސަލައިގައި ސިއްދީގީ ހައްޔަރު ކޮށްފައިވަނީ ޤައުމުގެ މަސްލަހަތު ނަގާލައި އާއްމުންނާއި ސިފައިންނާ މެދު ހަމަނުޖެހުން އުފައްދަން ރޭވުމުގެ ތުހުމަތުގައެވެ. އޭނާ ހައްޔަރު ކުރީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އޭނާއާއެކު އެވަގުތު ކާރުގައި ތިބި އިތުރު ތިން މީހަކު ވެސް ހަމަ އެ ތުހުމަތުގައި ވަނީ ހައްޔަރު ކޮށްފައެވެ.

ސިއްދީގީ ހައްޔަރު ކުރުމާ ގުޅިގެން އެ ޤައުމުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެއީ ޤައުމުގައި ނޫސްވެރިންނަށް ނުރައްކާތެރިކަން އިތުރުވާ ފަދަ އަމަލެއް ކަމަށް ވަނީ ބުނެފައެވެ. އިންޑިއާ އޮތީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދުނިޔޭގެ 150 ވަނައިގައެވެ.

ސިއްދީގީގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާއިރު ފުރަތަމަ ދައުވާއިން އޭނާ ސަލާމަތްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި މިހާރު އޭނާ ވަނީ ކަފާލާތުގެ ދަށުން މިނިވަން ވެފައެވެ.

މިނިވަންވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަމުން ސިއްދީގީ ބުނީ އޭނާ ކުރިއަށްދާނީ އަދިވެސް ނޫސްވެރިކަމުގެ ދާއިރާއިން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް، އުއްތަރުޕްރަދޭޝްގެ ސިފައިން އޭނާއަށް އަނިޔާ ކުރިކަމަށާއި ހަކުރުބައްޔަށް ބޭސް ނުލިބޭ ގޮތް ވެސް ހެދި ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.

މި ވާހަކަތަކަށް އެ ސަރަހައްދުގެ ސިފައިން ވަނީ ދޮގުކޮށްފައެވެ. އަދި އޭނާއާ ޓެރަރިސްޓް ޖަމާއަތަކާ ގުޅުން އޮންނަ ކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

އިންޑިއާރޭޕް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު