Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޭޕްކުރުން

ރޭޕްކުރިކަން ސާބިތުވެ 15 އަހަރަށް ޖަލަށް

ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، ތަންފީޒުކުރަންޖެހޭ އަދަބަކީ 11 އަހަރާއި 9 މަހާއި 24 ދުވަސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ޑިސެމްބަރު 2022 | އާދީއްތަ 12:55
ރޭޕް ކުރެވޭ މީހުުން ރަމްޒް ކޮށްދޭ ފޮޓޯ އެއް

ރޭޕް ކުރެވޭ މީހުުން ރަމްޒް ކޮށްދޭ ފޮޓޯ އެއް

ރޭޕްކުރިކަން ސާބިތުވެ މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ށ.މިލަންދޫ / ބްލޫހައުސް، ޔޫސުފް ޙުސާމް، 2019 އޮކްޓޯބަރު 04 ވަނަ ދުވަހުގެ ރޭގަނޑު 11:00 އެހާކަންހާއިރު، އަންހެނަކު ގެއަކަށް ގެންގޮސް، ރޭޕްކޮށްފައިވާ ކަމަށްބުނެ ކޮށްފައިވާ ދައުވާއެކެވެ.

Advertisement - newsAdvertisement

ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ދައުލަތުން ދަޢުވާކުރި ރޭޕުކުރުމުގެ ކުށުގެ މި ދަޢުވާއަށް ޔޫސުފް ޙުސާމް އިންކާރުކޮށްފައިވީނަމަވެސް، ދަޢުވާގައި ބަޔާންކޮށްފައިވާ ވާޤިޢާ އެގޮތުގައި ހިނގާފައިވާކަމަށް އިޤުތިނާޢުވެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާތީ، ޔޫސުފް ޙުސާމްގެ މައްޗަށް ދައުލަތުން ކުޅަ ރޭޕްކުރުމުގެ ކުށުގެ ދަޢުވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅާފައިވެއެވެ.

ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ރޭޕްކުރުމުގެ ކުށުން ށ.މިލަންދޫ / ބްލޫހައުސް، ޔޫސުފް ޙުސާމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޔޫސުފް ޙުސާމް 15 (ފަނަރަ) އަހަރު ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޔޫސުފް ޙުސާމް މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ހޭދަކުރި 3 އަހަރާއި 2 މަހާއި 6 ދުވަސް ޔޫސުފް ޙުސާމްގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކުރުމުން، ތަންފީޒުކުރަންޖެހޭ އަދަބަކީ 11 އަހަރާއި 9 މަހާއި 24 ދުވަސް ކަމަށް ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފައިވެއެވެ

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ ޤާޟީ އާދަމް މުޙައްމަދުއެވެ.

ރޭޕްކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝީޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝީޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު