Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޭޕް ވިކްޓިމްސް އަށް ދިމާވާ ގޮންޖެހުންތައް

ރޭޕް ކުރަނީ އުޅޭ ގޮތަކުން، ނޫނީ ލާ ހެދުމުގެ ސަބަބުން ނެއް ނޫން!

ރޭޕްގެ ޝިކާރައަކަށް ވާ މީހުންނަށް މަލާމާތާއި ޖެއްސުން ރައްދުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 އޯގަސްޓު 2022 | ހުކުރު 11:41
އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާއި، ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން

އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާއި، ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން

"އޭނަ؟ ބަލާލާފައި ހިޔެއްވެސް ނުވޭ އެކަހަލަ ކަމެއް ވެގެން އުޅޭހެން"، "ވަރަށް ކުރު އެއްޗެހި ދޯ އޭނަ ލަނީވެސް، ދެން އެކަހަލަ ކަމެއްވީމަ އެ ވާހަކަ އެ ދައްކަނީ"، "އެހެންނު ވާނީ އަބަދު އުޅެނީ ކޮންމެވެސް އެއް ފިރިހެން ކުއްޖަކާއި އެއްކޮށް"، "އެހާ ލަސްވަންދެން އޭނަ ބޭރުގައި އުޅުނީ ކީއްކުރަން؟"، "މީހުންނާ ހިތާވެގެން އުޅެފައި މައްސަލަ ޖެހުނީމަ މި ބުނަނީ ރޭޕްކުރީއޭ؟"، "އެއީ ތިބުނާހާ ރަނގަޅަށް އުޅޭ މީހެއް ނޫން." !!!!

މިއީ ކިޔާލަން ނޫނީ އަޑު އަހާލަންވެސް އުނދަނގޫ ވާހަކަތަކެއް އެހެންނޫންތޯއެވެ؟ މިއީ ހައްތަހާވެސް ރޭޕްގެ ޝިކާރައަކަށްވި މީހުންނަށް ނިސްބަތްކޮށް އަހަރުމެންގެ ތެރެއިން ބައެއް މީހުން ދައްކާފައި ހުރި ވާހަކަތަކެވެ. މިއީ މީސްމީޑިއާގައި ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާގެ ކޮމެންޓް ސެކްޝަން އިން ފެންނަން ހުރި ކޮމެންޓްތަކެވެ. މިއީ އޭނާގެ އިންބޮކްސް އަށް ލިބެމުންދާ މެސެޖުތަކުގެ ތެރެއިން ފެންނަ ހުތުރު މަންޒަރުގެ ވާހަކައެވެ. މިއީ ރޭޕްގެ ވާހަކަ ދައްކާ އަންހެން ކުއްޖާ އަށް ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ ވާހަކަތަކެވެ. ލަދުގަންނަން ޖެހޭ ނޫންތޯއެވެ.

މިއީ ރޭޕް ނުވަތަ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވާ މީހާ އަށް ދެވޭ އިތުރު އަނިޔާއަކަށް ނުވޭބާއެވެ؟ މިއީ ރޭޕް އާއި ޖިންސީ ގޯނާގެ އަނިޔާ ލިބުނު ވާހަކަ ދައްކާ ހިސާބުން އެ ކަމަށް އިންސާފު ލިބުމުގެ ބަދަލުގައި އިތުރު އަނިޔާ އާއި މަލާމާތުގެ ތެރެއަށް އެކަމުގެ ޝިކާރައަކަށްވި މީހާ ވައްޓާލުން ނޫންބާއެވެ؟

ޖިންސީ އަނިޔާ ނުވަތަ ރޭޕްގެ މައްސަލަތައް ބަލަން ބޭނުންވާ ޤާނޫނުތައް އަހަރުމެންގެ ތެރޭގައި ވަރުވަރުން ހަދާފައި ހުއްޓެއް ކަމަކު އެ ޤާނޫނުތަކުގެ ދަށުން މައްސަލަ އެއް ބަލާ އިންސާފާއި ހަމައަށް ވާސިލް ވުމަކީ އަދިވެސް ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ކަމާއި ބެހޭ އިދާރާތަކުން މައްސަލަ ނުބަލާތީކީ ނޫނެވެ. މިފަދަ މައްސަލަތަކަކީ ގިނަފަހަރު އޭގެ ޒާތުގައި ހެކި ހޯދަން އުނދަނގޫ މައްސަލަތަކަށް ވަނީއެވެ. ބައެއް ފަހަރު މިފަދަ ކަންކަމުގެ ޝިކާރައަކަށް ވާމީހާ އަށް އެ ވާހަކަ ދައްކަން ހިއްވަރު ލިބެނީ ވެސް އެހާމެ އުނދަނގުލުންނެވެ. ބައެއް ފަހަރު އެތައް އަހަރެއް ވާއިރު ވެސް މިފަދަ ކަންކަމުގެ ޝިކާރައަކަށް ވާ ފަރާތްތަކަށް އެ މީހުންގެ ހައްގުގައި އަޑުއުފުލުމުގެ ސާބިތުކަމެއް ނުލިބެއެވެ. އަދި ނުހަނު ހިއްވަރާއި އެކު މައްސަލަ އެއް ހުށަހެޅިޔަސް މައްސަލަ ތަހުގީގުކޮށް، ޝަރީއަތުގެ މައިދާނަށް ހުށަހެޅުމާއި މެދު ދިގު އިންތިޒާރެއް ކުރަން ޖެހެއެވެ. އެއަށް ފަހު ކޯޓު މަރުހަލާގައި އެތައް ދުވަހެއް ވަންދެން އިންސާފުގެ އިންތިޒާރުގައި ތިބެން ޖެހެއެވެ.

ކަން މިހެން އޮތް އިރު ރޭޕް ފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ މީހާ އަށް މި މުއްދަތުގެ ތެރޭގައި ކުރިމަތިލާން ޖެހޭ ވޭނާއި ތުރާލުގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭކަށް ނެތެވެ. މީހަކު ނޫނީ ކުއްޖަކު ރޭޕްގެ ޝިކާރަޔަކަށް ވެއްޖެކަމުގެ ވާހަކަ އަޑު އިވޭ ހިސާބުން އަހަރުމެންގެ ތެރެއިން އެއް ބަޔަކު ބަލަނީ އެ މީހެއްގެ ފަތިފުށް ބެލޭތޯއެވެ. އެ މީހެއްގެ މާޒީ އާއި އެ މީހެއްގެ ހަސަބާއި ނަސަބު ބެލުމަށް ފަހު އެއީ ތިމާ ގަބޫލުކުރާ އިޖުތިމާއީ އުސޫލުތަކާއި ޚިލާފު މީހެއް ނަމަ އެ މީހާ ދައްކާ ވާހަކަ ގަބޫލުކުރެވޭކަމަކަށް ނުވެއެވެ. ދަންނަވަން މި އުޅޭ ވާހަކަ އަކީ ނޭނގި ނަމަވެސް ރޭޕްގެ ޝިކާރައަަކަށް ވަނީ މީހާގެ އުޅުމާއި ހަސީލަތް ހުންނަ ގޮތުން ކަމަށް ގަބޫލުކުރާ ބަޔަކު މި ދިވެހި މުޖުތަމައުގައި ވެސް ތިބިކަމުގެ ވާހަކައެވެ.

ވަކި ކަހަލަ ފޭރާމެއް ލައިގެން އުޅުމާއި، ވަކި ވަގުތެއްގައި މަސައްކަތް ކުރުމާއި، ވަކި ކަހަލަ ވަޒީފާއެއްގައި އުޅުން އަދި ވަކި ވަގުތުތަކެއްގައި ބޭރުގައި އުޅޭ ނަމަ އެ މީހަކަށް ދިމާވި ކަމަކީ އެމީހެއްގެ އަމިއްލަ އިހުމާލުކަމަށް ގަބޫލުކުރާ ކަހަލައެވެ. ސަކަ މިޒާޖުގެ ހަލަނިކޮށް އުޅޭ އަންހެން ކުއްޖަކަށް އެފަދަ ކަމެއް ދިމާވެއްޖެ ނަމަ އެއީ އޭނާގެ ވިޔާނުދާ ކަމުން ވީކަމެއް ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. އާއިލާ އާއި ރަހުމަތްތެރިންނާއި އެކުނަމަވެސް ދަންވަރު ގަޑީގައި ބޭރަށް އެކު ދިއުމަކީ އެފަދަ ކަންކަމަށް އަމިއްލަ އަށް ހުށަހެޅުން ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

އެކަމަކު އެހެންވާންވީ ކީއްވެގެންހެއްޔެވެ؟ މަގުމަތިން ދާއިރު ބޮޑު ޖުއްބާލާ ނިވާވެފައި ތިބި މީހުންނާއި ފޮށެނީ ވަކި މަދަކުން ނޫނެވެ. ހެވާއި ނުބައި ވަކި ނުވާ ވަރުގެ ކުޑަ ކުދިންނަށް ރޭޕް އާއި ޖިންސީ އަނިޔާގެ މައްސަލަތައް ދިމާވަނީ ހީ ނުކުރާހާ ގިނައިންނެވެ. ރޯމާ ދުވާލު މީހުން ބައިބޯ ހިސާބުތަކުގައި ތިބެ މަގުމަތިން ދާ އަންހެނުންނަށް ޖިންސީ ގުނަވަންދެއްކުން ފަދަ ލަދުކުޑަ އަމަލުތައް ހިންގި މައްސަލަ އެތައް ފަހަރަކު ވަނީ ފެންމަތިވެފައެވެ. އެހެންވީމަ މުޖުތަމައުގެ ތެރޭގައި ތިބި މިފަދަ މުޑުދާރު އަމަލުތައް ހިންގާ މީހުން ހިމާޔަތް ވާގޮތަށް، އަނިޔާ ލިބޭ މީހާ ނިކަމެތިކޮށްލަންވީ ސަބަބެއް އެބައޮތްހެއްޔެވެ؟

ފުލުހުންނަށް މައްސަލަ ހުށަހަޅާ، ކޯޓުތަކާއި ހަމައަށް ދިއުމުގެ ކުރިން އަނިޔާ ލިބުނު މީހާ އަކީ ކުށްވެރިއެއް ކަމަށް ނިންމައެވެ. އޭނާގެ އުޅުމާއި އޭނާގެ ދިރިއުޅުމުގެ މާޒީ ކޮނެ، އެ މާޒީގައި ކިރިޔާ ނުކިއްސަރު ކަމެއް އޮތަސް އެ ވާހަަކަ ދައްކައެވެ. ރޭޕް ކުރި މީހާ ނޫނީ ޖިންސީ އަނިޔާ ކުރި މީހާ އަށް ވުރެ ބޮޑަށް ފަޟީހަތް ވަނީ ރޭޕްގެ ޝިކާރައަކަށްވި މީހާއެވެ. އާއްމުންގެ އަދުލުގެ ކުރިމަތީގައި އޭނާ އަށް އޭނާގެ މައުސޫމްކަން ސާބިތުކޮށްދޭން ޖެހޭ ކަހަލައެެވެ. "އެހެން ނޫޅުނު ނަމަ"، "އެތަނަށް ނުދިޔަ ނަމަ" އެހެނެއް ނުވީސް ނޫންހޭ" ބުނެ ދައްކާ ވާހަކަތަކުން ރޭޕްގެ ޝިކާރައަކަށް ވާ މީހާ އަށް ކުރާނެ އަސަރު ވިސްނާވެސް ލެވޭ ބާވައެވެ.

ހަގީގަތަކީ ރޭޕްގެ މައްސަލަތައް ދިމާވަނީ އަނިޔާ ލިބުނު މީހާގެ އަމަލުތައް ހުންނަ ގޮތަކުން ނޫންކަމެވެ. އެފަދަ ކަންކަން ދިމާވަނީ އެކަންކަން ކުރާ މީހުންގެ އަހުލާގީ މިންގަނޑު ދަށްކަމުންނެވެ. އަނެކާޔާއިމެދު އެމީހުންގެ ހިތުގައި ކުޑަވެސް ރަހުމެއް ނުހުންނާތީ އެވެ. މައުސޫމް ތުއްތު ކުދިންގެ އިއްފަތް ފޭރިގަނެ އެކުނިންގެ މުޅިއުމުރަށް ނުފިލާ ހުންނާނެ "ލަކުނު" ލައްވާލަނީ އެކަން ކުރާމީހުން ހަމަ ގޯސްވެފަ މިނަށްވުރެ ވަޚުޝީ ވީމައެވެ. އެއީ އެއްގޮތަކަށްވެސް ހިމާޔަތް ދޭންޖެހޭ ވަރުގެ ބައެއް ނޫނެވެ. ރޭޕްގެ ޝިކާރައަކަށް ވާ މީހުން އިތުރަށް ވިކްޓިމައިޒްވާ ގޮތަށް، އަދި އެކަން ކުރި މީހުންނަށް ހިއްވަރު ލިބޭގޮތަށް ދެކެވޭ ވާހަކަތަކަކީ މިފަދަ މަައްސަލަތައް ރިޕޯޓު ކުރަން މީހުން މިހާރުވެސް ޖެހިލުންވާ އެއްސަބަބެވެ. މީހުން އެ ވާހަކަދައްކަން ފަސްޖެހެނީ އެހެންވެގެންނެވެ. ލިބުނު އަނިޔާ އަށް ކެތްކޮށް ފަރުޖައްސާލަން ނިންމަނީ މިހެންވެގެންނެވެ. ލޯބިވާ ދަރިފުޅު، ދައްތަ ނޫނީ މަންމަ އަށް ދިމާވާ މިފަދަ ކަންކަން ރިޕޯޓުކުރަން ފަސް ޖެހެނީ "މީހުން ބުނާނީ ކީކޭބާ އޭ" ހިތަށް އަރާ ހިސާބުންނެވެ.

ތިމަންނަގެ ލޯބިވާ ދަރިފުޅަށް، ކޮއްކޮއަށް، ދައްތައަށް އަދިނޫނީ މަންމައަށް ނަމަވެސް އެހެން މީހަކު އެފަދަ ކަމެއް ކޮށްފިނަމަ ތިމަންނަ ވާނެ ދެރަޔާ ހިތަށް ކުރާނެ އަސަރުގެމަތިން، ރޭޕް ކޮށް ޖިންސީ އަނިޔާ ދޭމީހުން ހަނދާން ކުރާނަމަ ހަދަހާ ރަގަޅޭ ހިތަށް އަރައެވެ.

ރޭޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް

ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް

14 މެއި 2024
ރިސޯޓް ރޭޕް: ތުހުމަތު ކުރެވޭ މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ރިސޯޓް ރޭޕް: ތުހުމަތު ކުރެވޭ މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

23 ޖޫން 2023
ރިސޯޓް ރޭޕް: މީހަކު ހައްޔަރު ނުކުރިނަމަވެސް ތަހުގީގު ކުރިއަށްދޭ

ރިސޯޓް ރޭޕް: މީހަކު ހައްޔަރު ނުކުރިނަމަވެސް ތަހުގީގު ކުރިއަށްދޭ

21 ޖޫން 2023
ރޭޕް ރިޕޯޓް ކުރަން އުޅުމުން ހައްޔަރު ކުރި އިންޑިއާގެ ނޫސްވެރިޔާ ދޫކޮށްލައިފި

ރޭޕް ރިޕޯޓް ކުރަން އުޅުމުން ހައްޔަރު ކުރި އިންޑިއާގެ ނޫސްވެރިޔާ ދޫކޮށްލައިފި

05 ފެބުރުއަރީ 2023
ރޭޕްކުރިކަން ސާބިތުވެ 15 އަހަރަށް ޖަލަށް

ރޭޕްކުރިކަން ސާބިތުވެ 15 އަހަރަށް ޖަލަށް

11 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު