Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިސޯޓެއްގައި ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް

ރިސޯޓް ރޭޕް: ތުހުމަތު ކުރެވޭ މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

23 ޖޫން 2023 | ހުކުރު 14:53

ތުހުމަތު ކުރެވެނީ 30 އަހަރުގެ ފިރިހެނެކަށް

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޖޫން 2023 | ހުކުރު 14:53
ކްރައިމް ސީނެއް

ކްރައިމް ސީނެއް

ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްގައި ފަތުރުވެރިއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ފުރުން މަނާ ކުރުމުގެ އަމުރަކަށް ކޯޓުގައި އެދުމުން 22 ޖޫން ވީ ބުރާސްފަތި ދުވަހުން ފެށިގެން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނެރެދީފައިވާ ކަމަށެވެ. އެއީ 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ކ އަތޮޅު ރަށެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ރޭޕްކޮށްފައިވާ މައްސަލައެއް ޖޫން 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި ރިޕޯޓު ކުރުމާ ގުޅިގެން އެ ރިސޯޓަށް ފޮރެންސިކް ޓީމް ފޮނުވާފައިވާފައި ވާކަމަށާއި، ފޮރެންސިކް ސާމްޕަލާއި މީހުންގެ ބަޔާން ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ.

ފުލުހުން ބުނީ މިމައްސަލާގައި މިހާރު ލިބިފައިވާ އެވިޑެންސާއެކު ތަހުގީގު ކުރިއަށްދާއިރު، މައްސަލައާ ގުޅުންހުރި އިތުރު މީހުންގެވެސް ސާމްޕަލް ނަގާފައިވާކަމަށެވެ. އަދި ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާނެކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ރޭޕްގެ ޝިކާރައަކަށްވިކަމަށް ބުނާ އަންހެން މީހާއަށް ސިއްހީ ފަރުވާ ދީފައިވާކަމަށާއި، ރައްކާތެރިކަން ކަށަވަރުކޮށްދެވުނު ކަމަށެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން ދާއިރު، ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް ރިސޯޓުން ބުނެފައިވަނީ ރޭޕް މައްސަލައިގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށެވެ.

ރޭޕްގެ ޝިކާރައަކަށްވިކަމަށް ބުނާ ޗައިނާ ފަތުރުވެރިޔާ މީސް މީޑިއާގައި ބުނެފައިވަނީ އޭނާ ރާއްޖެ އައީ ޖޫން މަހުގެ ހަވަނަ ދުވަހު، ޑައިވް ގުރޫޕަކާ އެކުގައި ކަމަށެވެ. 26 އަހަރުގެ މި އަންހެން މީހާ ވަނީ އިންސާފު ހޯދައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފައެވެ. އަދި އެސިޓީވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެއެވެ.

ރޭޕްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް