Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން

ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް

ޖިންސީ ގޯނާގެ މައްސަލަތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2018އިން 2020 އާއި ހަމައަށް ހުށަހެޅި ޖިންސީގޯނާގެ މައްސަލަތައް އިތުރުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 މެއި 2024 | އަންގާރަ 13:23
އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން

އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން

7 މެއި 2024 ގައި ފާސްކޮށް އާއްމުކޮށްފައިވާ، ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ ހުށަހަޅާފައިވާ ޤަރާރު، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާލުމުން ފާހަގަކުރެވޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން، ފުރަތަމަ ކަމަކީ ޖިންސީ ގޯނާއާ ގުޅިގެން ހުށަހަޅާ މައްސަލަތަކުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ބްލެކްމެއިލްކުރުމާއި ގުޅުން ހުރި މައްސަލަތައް ކަމުގައި ވުމެވެ. އަދި ޖިންސީ ގޯނާއާ ގުޅިގެން ފުލުހުންނަށް ހުށހަަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވަކި ކަމެއް ކުރާނެ ކަމަށް ޑިމާންޑްކޮށް، ބްލެކްމެއިލް ކުރާ މައްސަލަތައްކަން ފާހަގަކޮށްލެވެއެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2018ން 2020އާ ހަމައަށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވި ނަމަވެސް 2021 އިން ފެށިގެން އެ އަދަދު ވަނީ ދަށްވެފައެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދުތަކަށް ބަލާއިރު

* 2018 ވަނަ އަހަރު - 362

* 2019 ވަނަ އަހަރު - 410

* 2020 ވަނަ އަހަރު - 487

* 2021 ވަނަ އަހަރު - 342

* 2022 ވަނަ އަހަރު - 334

* 2023 ވަނަ އަހަރު - 234 މައްސަލަ ހުށަހަޅާފައިވެއެވެ.

މި ރިޕޯޓުގައިވާ އިތުރު ތަފްސީލްތަކުން އެނގޭ ގޮތުން 2018ން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ޕީޖީ އޮފީހުން ވަނީ ކޯޓުތަކަށް 47 މައްސަލަ ހުށަހަޅާފައެވެ. އޭގެ ތެރެއިން އެ މުއްދަތުގެ ތެރޭގައި 10 މައްސަލަ ސާބިތުވާކަމަށް އަދި 8 މައްސަލަ ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ރިޕޯޓުގައި، މިފަދަ މައްސަލަތައް ސާބިތުކުރަން ހުރި ދަތިތައް ހައްލުކުރުމަށް ޖިންސީ ކުށުގެ ޤާނޫނު އިސްލާހުކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެ އިސްލާހާ އެއްގޮތަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ރޭޕް އެވިޑެންސް ކިޓް ފޯރުކޮށްދީފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ރޭޕްކިޓް ބޭނުންކުރުން ލާޒިމްކުރުމަށް ޖިންސީ ކުށުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްސަ އުސޫލަކުން ޢަމަލުކުރުމުގެ ޤާނޫނަށް ވެސް ޖެންނަން ޖެހޭ ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޖިންސީ ގޯނާގެ އަނިޔާ ލިބޭ ފަރާތުގެ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ހެތްކާއި ގަރީނާ ނެގުމަށާއި ޑޮކްޓަރުން ބަލަން ޖެހޭ ކަންކަން ބެލުމަށް އަނިޔާ ލިބޭ ފަރާތް ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންގޮސް ހަދަން ޖެހޭ ޓެސްޓުތައް ހެދޭނެ ވަސީލަތްތައް ގިނަ ރަށްރަށުގައި ޤާއިމްކޮށްފައި ނުވާކަން ވެސް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މިފަދަ މައްސަލަތަކުގައި ދައުވާކުރުމަށް ފޮނުވުމުގެ ކުރިން ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓް ހެދި ނަމަވެސް، އެފަދަ ޚިދުމަތް ދޭ ތަންތަން މަދުވުމުން އެކަށީގެންވާ އަވަސްމިނެއްގައި އެ ޚިދުމަތް ހޯދުމަށް ދަތިވާކަމަށް އެ ރިޕޯޓްގައިވެއެވެ. އަދި އަނިޔާ ލިބުނު މާހައުލުން އަނިޔާ ލިބުނު މީހާ ބަދަލުކުރުމުގެ މަސައްކަތް ކުރާ ކަމަށާއި އެކަން ކުރަނީ ފުލުހުންނާއި މިނިސްޓްރީން ގުޅިގެންކަމަށް ވެސް އެ ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

މި ރިޕޯޓްގައި ކޮމިޓީން ހުށަހަޅާ 4 ކަމެއް ވަނީ ހިމަނާފައެވެ. އެއީ:

1. ޖިންސީ ކުށުގެ ޤާނޫނާއި އެއްގޮތަށް ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ކަމާގުޅޭ އިދާރާތަކުގެ މެދުގައި މަސައްކަތް ކުރާނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުން

2. ޖިންސީ ކުށުގެ ޤާނޫނާއި އެއްގޮތަށް ޖިންސީ ކުށުގެ މައްސަލަތައް ތަހުގީގުކުރުން އަވަސްކުރުމަށާއި، އެފަދަ ކުށްތަކުގެ ޝިކާރައަކަށްވާ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެފަދަ ޚިދުމަތްތައް ލިބޭނެ ގޮތްތައް ޤާއިމްކުރުން

3. ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރުން އަދި އެކަމާ ގުޅޭ އުސޫލުތައް ހެދުން އަދި އެކަމާއި ގުޅޭ އުސޫލުތައް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލަކުން ޢަމަލުކުރުމުގެ ޤާނޫނުގައި ހިމަނާ އެ ޤާނޫނު އިސްލާކުރުން

4. ޖިންސީ ކުށުުގެ ޤާނޫނަށް ގެނައި ފުރަތަމަ އިސްލާހުގެ ދަށުން އެކުލަވާލަން ޖެހޭ ޤަވާއިދުތައް އެކުލަވާލާ ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ރޭޕްކިޓް އެވިޑެންސް 2024 ވަނަ އަހަރުގެ ނިޔަލަށް ސިއްހީ ޚިދުމަތްދޭ ހުރިހާ ތަނަކަށް ފޯރުކޮށްދިނުން މިއެވެ.

މި ރިޕޯޓުން ސާފުކޮށް އެނގޭކަމަކީ މައްސަލަތައް ބެލުމުގައި ރޭޕްކިޓް އެވިޑެންސް ނެތުމާއި، ސިއްހީ ޚިދުމަތްދޭ ތަންތަނުގައި އެފަދަ މަސައްކަތަކާ ގުޅޭ ޓެސްޓްތައް ހެދެން ނެތުމުން މައްސަލަތައް ބެލުން ލަސްވާ ކަމެވެ. އެހެންކަމުން މިފަދަ މައްސަލަތައް އަވަސްކޮށް ޖިންސީ ކުށުގެ އަނިޔާ ލިބޭ މީހާ އަށް އިންސާފު ހޯދައި ދިނުމަށް މިއީ މުހިންމު ފިޔަވަޅަކަށް ވާނެކަން ޔަގީނެވެ.

ރޭޕްމޯލްޑިވްސް ޕޮލިސް ސަރވިސްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު