Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެލޮންޑިއޯ އެވޯޑު 2022

"ބެލޮންޑިއޯ އެވޯޑުގެ ގަދަ 30 ގައި މެސީ ނެތުމަކީ ފުޓުބޯޅައަށް ކުރި މަލާމާތެއް"

މެސީ އަށް ބެލޮންޑިއޯ އެވޯޑު ނުދެވިދާނެ ކަމަށާއި، ނަމަވެސް ގަދަ 30 ކުޅުންތެރިންގެ ލިސްޓުގައި މެސީ ނުހިމެނުމަކީ ވަރަށް ބޮޑު ބޭއިހްތިރާމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2022 | ހޮނިހިރު 06:17
ގަދަ 30 ގައި މެސީ ނެތުމުން މިގޭލް ބްލަޒްކެޒް ވަނީ ފާޑު ކިޔާފައި

ގަދަ 30 ގައި މެސީ ނެތުމުން މިގޭލް ބްލަޒްކެޒް ވަނީ ފާޑު ކިޔާފައި

ފްރާންސް ފުޓުބޯޅައިން ދޭ ބެލޮންޑިއޯ އެވޯޑުގެ ނޮމިނޭޝަންގެ ގަދަ 30 ގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ނުހިމެނުމަކީ ފުޓުބޯޅައަށް ކުރި މަލާމާތެއް ކަަމަށް ބުނެ ސްޕެއިންގެ ނޫސްވެރިޔަކު އެކަމަށް ފާޑު ކިޔައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ފްރާންސް ފުޓުބޯޅައިން ވަނީ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިން ހާމަކޮށްފައެވެ. ފުރަތަމަ ހާމަކޮށްފައިވަނީ 30 ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ބެލޮންޑިއޯ އެވޯޑު އެންމެ ގިނަ ފަހަރު ހޯދާފައިވާ މެސީ ހިމެނިފައެއް ނުވެއެވެ. މިއީ ގިނަ ބަޔަކަށް ސިހުން ގެނުވި ކަމަށް ވަނީވެފައެވެ. މިފަހަރުގެ އެވޯޑުގެ ނޮމިނޭޝަންގައި މެސީ ނުހިމެނުމާއެކު، މިއީ 2005 ވަނަ އަހަރުގެ ފަހުން މެސީ މި އެވޯޑަށް ނޮމިނޭޓްނުވެ ދިޔަ ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން ސްޕެއިންގެ ނޫސްވެރިޔާ މިގޭލް ބްލަޒްކެޒް ވަނީ ފާޑު ކިޔައި ޓުވީޓެއްކޮށްފައެވެ. އެ ޓުވީޓުގައި އޭނާ ބުނީ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓުން މެސީ ބާކީ ވުމަކީ ފުޓުބޯޅައަށް ކުރި މަލާމާތެއް ކަމަށެވެ. އިތުރަށް އޭނާ ބުނީ، މެސީ އަށް ބެލޮންޑިއޯ އެވޯޑު ނުދެވިދާނެ ކަމަށާއި، ނަމަވެސް ގަދަ 30 ކުޅުންތެރިންގެ ލިސްޓުގައި މެސީ ނުހިމެނުމަކީ ކުރެވުނު ވަރަށް ބޮޑު ބޭއިހްތިރާމެއް ކަމަށެވެ.

މީގެ ކުރިން އަހަރަކު އެއް ފަހަރު ބެލޮންޑިއޯ އެވޯޑު ދޭ ގޮތަށް އޮތް ނަމަވެސް، މިއަހަރުގެ މާރޗު ފަހު ވަނީ އެ ފޯމެޓު ބަދަލުކޮށްފައެވެ. އައު ފޯމެޓުގެ ދަށުން ބެލޮންޑިއޯ އެވޯޑު ދޭނީ ސީޒަނަކު އެއް ފަހަރުއެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ކުޅެދިން 34 މެޗުގައި މެސީއަށް ޖެހުނީ 11 ލަނޑެވެ. ޕީއެސްޖީއާއިއެކު މިދިޔަ ސީޒަންގައި ކާމިޔާބުކުރެވުނީ ފްރާންސް ލީގު އެކަންޏެވެ.

މެސީ އަކީ ބެލޮންޑިއޯ އެވޯޑު އެންމެ ގިނަ ފަހަރު ހޯދި ކުޅުންތެރިޔާއެވެ. އޭނާ ވަނީ 2009، 2010، 2011، 2012، 2015، 2019 އަދި 2021 ގައި ބެލޮންޑިއޯ އެވޯޑު ހޯދާފައެވެ. މިއީ މި އެވޯޑު ހޯދާފައިވާ ރެކޯޑު އަދަދެކެވެ. އަދި މެސީއަކީ ޖެހިޖެހިގެން އެންމެ ގިނަ ފަހަރު މި އެވޯޑު ހޯދި ވެސް ކުޅުންތެރިޔާއެވެ. މެސީއާއި އެންމެ ގާތުން ގިނަ ފަހަރު މި އެވޯޑު ހޯދީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ ފަސް ފަހަރު އެވޯޑު ހޯދާފައެވެ. މިއަހަރުގެ ބެލޮންޑިއޯ އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 17 ގައެވެ.

ލިއޮނެލް މެސީބަލޮންޑޯ އެވޯޑްފްރާންސް ފުޓުބޯޅަ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު