Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރުސީގެ ޚިޔާނާތް

ގެއްލުނު ފައިސާގެ ބައެއް ހުރީ ސިންގަޕޫރުގެ ތިޖުރީއެއްގައި: ޔާމީން

13 އޯގަސްޓު 2022 | ހޮނިހިރު 03:47

ގެއްލުނު ފައިސާގެ ބައެއް ސިންގަޕޫރުގައި ހުރި ކަމަށް ވިދާޅުވި ނަމަވެސް ހުރި ފައިސާގެ އަދަދު އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 އޯގަސްޓު 2022 | ހޮނިހިރު 03:47
ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ

ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ގެއްލުނު ފައިސާގެ ތެރެއިން އެއްބައި ހުރީ ސިންގަޕޫރުގެ ބޭންކެއްގެ ތިޖޫރީއެއްގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، ޚިޔާނާތުގެ ފައިސާގެ އެއްބައި ޚަރަދުކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވެ ހުރިހާ ފައިސާއެއް ރިކަވަރ ނުކުރެވޭނެ ކަމަށާއި ނަމަވެސް އެއްބައި ފައިސާ އަދިވެސް ރިކަވަރ ކުރެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އޭރުގެ ރައީސް ހަސަން ލުތުފީ އެމަނިކުފާނާއި ބައްދަލު ކުރަައްވައި ފައިސާ ހުރިތަން ކިޔައިދިން ކަމަށެވެ. އެގޮތުން، ފައިސާ ހުރީ ސިންގަޕޫރުގެ ބޭންކެއްގެ ތިޖޫރިއެއްގައި ކަމަށް އަދީބު ވިދާޅުވި ކަމަށް ލުތުފީ ވިދާޅުވެފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ. މި އެކައުންޓް ހުޅުވޭނީ އަދީބުގެ ލޮލުގެ ރެޓީނާ ސްކޭނަކުން ކަމަށާއި އޭނާ އެ ޤައުމަށް ގެންދިއުމަށް އެދިވަޑައިގަތް ކަމަށް ވެސް ލުތުފީއާއި ހަވާލާދީ ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ލުތުފީ އެގޮތަށް ވިދާޅުވި ނަމަވެސް ބޭރު ޤައުމަކަށް ވަޑައިގެންފިނަމަ އަދީބުއަށް ފިއްލެވުމުގެ ފުރުސަތު އޮތުމުން އެ ފުރުސަތު ދެއްވަން ބޭނުންފުޅު ނުވީ ކަމަށެވެ. އަދި އޭސީސީ އިން އެ ފައިސާ ހޯދަން އުޅުނުނަމަ އެކަން ކުރެވެން އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި އެމަނިކުފާނާއި ގުޅުމެއް ނޯންނާނެ ކަމަށާއި ވެރިކަމަށް ވަޑައިގެންފިނަމަ ގެއްލުނު ފައިސާ ހޯއްދެވުމަށް އިސްކަމެއް ދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ސިންގަޕޫރުގައި ފައިސާ ހުރިކަމަށްވާނަމަ އެ ފައިސާ ވެސް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިއްސާއެއް ނޯންނާނެ ކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ އޭރުގެ އެންމެ ގާތް އެއް އެކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އެ ޚިޔާނާތުގެ މޭސްތިރިއަކީ އެމަނިކުފާނު ކަމަށް ވިދާޅުވެ ހެކިބަސް ދެއްވާފައެވެ. ނާޒިމް ވިދާޅުވިގޮތުގައި އެ ޚިޔާނާތް ހިންގިކަން ޔާމީނަށް އެނގިވަޑައިގަންނަވައެވެ. އެގޮތުން، އެ ޚިޔާނާތްތައް ފެށުނީ ރިޔާސީ އިންތިޚާބުގެ ދަރަނި ދެއްކުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ވިޔަފާރިވެރިންގެ އަތުން އަދީބު ފައިސާ ނަގާ ވާހަކަ ޔާމީނަށް ދެންނެވުމުން ފައިސާ ނަގަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ. އަދި ފައިސާ ނަގަނީ އަދީބު ފޮނުވައިގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިކަމަށް ނާޒިމް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތްއަޙުމަދު އަދީބުކުރީގެ ރައީސް ޢަބްދުﷲ ޔާމީން

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
22 ސެޕްޓެމްބަރު 2025

އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ

22 ސެޕްޓެމްބަރު 2025
އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ
02 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި

02 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
06 ޑިސެމްބަރު 2024

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

06 ޑިސެމްބަރު 2024
ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން
19 ނޮވެމްބަރު 2024

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު
27 އޮކްޓޯބަރު 2024

"އެތިކޮޅެއް" ގެ ވާހަކަ ހަމަ ހަގީގަތަކީބާ؟

27 އޮކްޓޯބަރު 2024
"އެތިކޮޅެއް" ގެ ވާހަކަ ހަމަ ހަގީގަތަކީބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް