Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީޕީއޭއިން ތުލުސްދޫ ކައުނސިލް ޖޫރިމަނާ ކުރުން

އީޕީއޭއިން ކުރި ޖޫރިމަނާ ނުދައްކާނެ ކަމަށް ތުލުސްދޫ ކައުންސިލް އިން ބުނެފި

އީޕީއޭއިން ތުލުސްދޫ ކައުންސިލް ޖޫރިމަނާ ކުރީ 45،000 ރުފިޔާއިން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 12 އޯގަސްޓު 2022 | ހުކުރު 17:41
ތުލުސްދޫ

ތުލުސްދޫ

ކ. ތުލުސްދޫގައި ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގެ ކުނި މޫދަށް އަޅަމުން އަންނަކަމަށް ބުނެ އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރި ޖޫރިމަނާ ފައިސާ ނުދައްކާނެ ކަމަށް އެ ރަށު ކައުންސިލް އިން ބުނެފިއެވެ.

އީޕީއޭއިން އެ ރަށުގެ ކައުންސިލް ޖޫރިމަނާ ކުރީ 10 އޮގަސްޓުގައެވެ. އެގޮތުން، އެ ކައުންސިލް 45،000 ރުފިޔާއިން އީޕީއޭއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ތުލުސްދޫ ކައުންސިލްއިން ނެރުނު ނޫސްބަޔާނުގައި ބުނީ އެ ކައުންސިލުން ހަދައިގެން އަމަލުކުރި ގަވާއިދެއްގެ ދަށުންކަމަށް ބުނެ ޖޫރިމަނާ ކުރި ނަމަވެސް އެފަދަ އެއްވެސް ގަވާއިދެއް އެ ކައުންސިލުން ހަދައި އަދި އަމަލުކޮށްފައި ނޯންނާނެކަމަށެވެ. އެހެންކަމުން، އެ ފައިސާއަކީ ދައްކަން ޖެހޭ އެއްޗެއް ނޫން ކަމަށް ދެކޭ ކަމަށް އެ ރަށު ކައުންސިލް އިން ވަނީ ބުނެފައެވެ.

ތުލުސްދޫ ކައުންސިލް އިން ބުނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ގަވާއިދުގައި ބުނާގޮތުން، ކުނި މެނޭޖުކުރުމުގެ ގަވާއިދާ ޚިލާފުކަމެއް ހިނގާނަމަ، ޖޫރިމަނާކުރުމުގެ ކުރިން ތަންފީޒީ އިދާރާއަކުން ބަލާ ފާސްކޮށް، ކުނި މެނޭޖުކުރާ ފަރާތަށް ރިޕޯޓެއް ހަދާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޖޫރިމަނާ ކުރިއިރުވެސް އެފަދަ ރިޕޯޓެއް ކައުންސިލަށް ލިބިފައި ނުވާކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުން 18 ނޮވެމްބަރު 2020ވަނަ އަހަރު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް އީޕީއޭ އިން ހަމަ އެފަދަ މައްސަލައެއް އެ ކައުންސިލަށް އަންގާފައިވާކަމަށާއި އެ އެންގުމާ ގުޅިގެން ރަށުގައި ބަހައްޓާފައި ހުރި ޑަސްބިންތައް ނެގުމުން ރަށް އިތުރަށް ހަޑިވެ، މެހީގެ އުނދަގޫ ބޮޑުވެ ރަށުތެރޭގައި ބަލިމަޑުމަކެއް އުފެދިދާނެކަމުގެ ބިރުވެރިކަން ބޮޑުވެގެންދިޔަ ކަމަށް ތުލުސްދޫ ކައުންސިލުން ބުނެފައިވެއެވެ. އެހެންކަމުން، މިހާރު ކުނި މެނޭޖް ކުރަނީ އެލްޖީއޭއިން އެ ކައުންސިލަށް އަންގާފައިވާ ގޮތުގެމަތިން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މިދިޔަ އަހަރު އެންވައެންވަޔަރުމެންޓް މިނިސްޓްރީއާއި ތުލުސްދޫ ކައުންސިލް އާއިއެކު އެރަށުގައި ވޭސްޓް މެނޭޖްމަންޓު ސެންޓަރެއް ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެ އެއްބަސްވުމާއި އެއްގޮތަށް އެއްވެސް މަސައްކަތެއް އެރަށުގައި ކޮށްފައިނުވާކަން ވެސް އެ ބަޔާނުގައި ފަހަގަކޮށްފައިވެއެވެ. އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ރަށުގެ ކުނިގޮނޑު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ނުވަތަ އެކަމާ ގުޅޭ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މިނިސްޓްރީގައި ބުނި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އީޕީއޭއިން އަމަލުކުރިގޮތުން ރަށުގެ ނަން ކިލަނބުވެ ލޯކަލް ޓޫރިޒަމް އަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށް ވެސް ތުލުސްދޫ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކ. ތުލުސްދޫއީޕީއޭ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ތުލުސްދޫގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމު ގެ ޚިދުމަތް ރައީސް މުއިއްޒު ފައްޓަވައިދެއްވައިފި

28 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ތުލުސްދޫގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމު ގެ ޚިދުމަތް ރައީސް މުއިއްޒު ފައްޓަވައިދެއްވައިފި
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
09 މެއި 2024

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ
13 މާރިޗު 2024

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
20 ސެޕްޓެމްބަރު 2023

ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

20 ސެޕްޓެމްބަރު 2023
ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
13 ސެޕްޓެމްބަރު 2023

ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ

13 ސެޕްޓެމްބަރު 2023
ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ
23 މެއި 2023

އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ

23 މެއި 2023
އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ
07 ފެބުރުއަރީ 2023

މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި

07 ފެބުރުއަރީ 2023
މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު