Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނި މެނޭޖްކުރުން

ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ

ސިއްޙީގޮތުންނާއި، ރަށުގެ ތިމާވެއްޓަށް ނޭދެވޭ އެތަކެއް އަސަރުތައް ކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ސެޕްޓެމްބަރު 2023 | ބުދަ 09:31
ފަޅުތެރެއަށް އަޅާފައިވާ ކުނި ސާފުކުރުން

ފަޅުތެރެއަށް އަޅާފައިވާ ކުނި ސާފުކުރުން

ރިސޯޓުތަކުންނާއި ސިނާއީ އެކިއެކި މަސައްކަތްކުރާ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް ކަމަށް އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭއިން ބުނީ، ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން ރިސޯޓުތަކުގައާއި ޓޫރިސްޓު ހޮޓާތަކުގައާއި ޞިނާޢީ އެހެނިހެން މަސައްކަތްކުރާ ތަންތަނުގައި އުފެދޭ އަދި އުފައްދާ ކުނި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒަށް އެޅުމަކީ ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ގިނަ ރަށްރަށަށް ތިމާވެށީގެ ގޮތުން ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ރަށްރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތެއްގައި ނައްތާލެވޭނެ އިންތިޒާމެއް ނެތުންކަން ފާހަގަކޮށް އީޕީއޭއިން ބުނީ، އޭގެ ނަތީޖާއެއްގެ ގޮތުން އެ ރަށްރަށުގައި އުފެދޭ ކުނިތަށް ރައްކާތެރި ގޮތުގައި ނައްތާނުލެވި ގިނަ ދުވަސްތަކެއް ވަންދެން އެ ރަށްރަށުގައި ޖަމާވެފައި ހުންނަންޖެހޭ ކަމަށެވެ.

އަދި އޭގެ ސަބަބުން ސިއްޙީގޮތުންނާއި ރަށުގެ ތިމާވެއްޓަށް ނޭދެވޭ އެތަކެއް އަސަރުތައް ކުރާކަން އެ އެޖެންސީއަށް ފާހަގަ ކުރެވިފައިވާކަމަށްވެސް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ، ބައެއް ރިސޯޓުތަކުންނާއި ސިނާއީ އެކިއެކި މަސައްކަތްކުރާ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދާކަމުގެ މައުލޫމާތާއި ޝަކުވާ އެ އެޖެންސީއަށް މިހާރަކަށް އައިސް ގިނަ އަދަދަކަށް ލިބެމުންދާކަމަށެވެ.

އަދި އެފަދައިން ރިސޯޓުތަކުންނާއި ސިނާއީ އެކިއެކި މަސައްކަތްކުރާ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދަނީ އެ ރަށު ކައުންސިލާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންކަމުގައިވެސް އެ އެޖެންސީއަށް މަޢުލޫމާތު ލިބިފައިވާކަން ފާހަަގަކޮށްފައިވެއެވެ.

އީޕީއޭއިން އިތުރަށް ބުނީ، ދެފަރާތް ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫން ގޮތަކަށްވެސް ރިސޯޓުތަކުންނާއި ސިނާއީ އެކިއެކި މަސައްކަތްކުރާ ރަށްރަށުން އުފެދޭ ކުނ،ި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް ކަމަށެވެ.

ވުމާއެކު، އެ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ކުރަމުން ގެންދިއުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކޮށް އީޕީއޭއިން ވަނީ ނަސޭޙަތްތެރިވެފައެވެ.

ކުނިއީޕީއޭ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
09 މެއި 2024

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ
29 އެޕްރީލު 2024

ކުނީގެ މައްސަލައަކީ ސިޓީ ކައުންސިލާ ހަވާލުވި އިރުވެސް ހައްލު ނުވެ އޮތް މައްސަލައެއް - އާޒިމް

29 އެޕްރީލު 2024
ކުނީގެ މައްސަލައަކީ ސިޓީ ކައުންސިލާ ހަވާލުވި އިރުވެސް ހައްލު ނުވެ އޮތް މައްސަލައެއް - އާޒިމް
23 މާރިޗު 2024

މާލޭގައި އާއްމުކޮށް ކުނި އަޅާ 10 ތަނެއް އާއްމުކޮށްފި

23 މާރިޗު 2024
މާލޭގައި އާއްމުކޮށް ކުނި އަޅާ 10 ތަނެއް އާއްމުކޮށްފި
23 މާރިޗު 2024

މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހޮޓްލައިނެއް ޤާއިމުކޮށްފި

23 މާރިޗު 2024
މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހޮޓްލައިނެއް ޤާއިމުކޮށްފި
18 މާރިޗު 2024

ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

18 މާރިޗު 2024
ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟
14 މާރިޗު 2024

މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރަނީ

14 މާރިޗު 2024
މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރަނީ
13 މާރިޗު 2024

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު