Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަންނުވެށި އިފްތިތާހުކުރުން

ފަންނުވެށިން ދަރިވަރުންނަށް ދިރިއުޅުމަށް ބޭނުންވާ ހުނަރާއި ވަޒީފާގެ ފުރުސަތު ތަނަވަސްވާނެ: އެޑިއުކޭޝަން މިނިސްޓަރ

ފަންނުވެށީގެ ދަށުން 4 ޕްރޮގްރާމް އެއް ވަނީ ތައާރަފު ކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2022 | ހުކުރު 13:20
ފަންނުވެށި އިފްތިތާހު ކުރުން

ފަންނުވެށި އިފްތިތާހު ކުރުން

އިންކްލޫސިވް އެޑިއުކޭޝަންގެ ދަށުން ފެށި ފަންނުވެށި ޕްރޮގްރާމް އިން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ދިރިއުޅުމަށް ބޭނުންވާ ތަފާތު ފަންނުތަކާއި ހުނަރުތައް ދަސްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ފަންނުވެށި ޕްރޮގްރާމް ތައާރަފު ކުރުމަށް ބުރާސްފަތި ދުވަހުގެރޭ އިމާދުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ ޕްރޮގްރާމް ވެގެންދާނީ ޤައުމީ މަންހަޖުގެ ތެރެއިން ކޮންމެ ދަރިވަރަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ހަރަކާތެއް ކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ މުސްތަގުބަލު އުޖާލާކޮށްދޭނެ އަލިގަދަ ދަންމަރަކަށް ފަންނުވެށި ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ފަންނުވެށިން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދޭއިރު މި ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް ސްކޫލް ނިންމާއިރު ދިރިއުޅުމަށް ބޭނުންވާ ހުނަރާއި ވަޒީފާގެ ފަހި ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ދަރިންގެ ކުރިމަގު ބިނާކޮށް އެ ދަރިފުޅު ކިބައިގައި ހުރި ކުޅަދާނަކަން ފާހަގަކޮށް އެ ކުޅަދާނަކަމާއި ހުނަރުވެރިކަން ނެރެދެނީ ސްކޫލްތަކުގެ މުދައްރިންސުން ކަމަށެވެ. އެހެންކަމުން ފަންނުވެށިން އެފަދަ އެތައް ހުނަރަކާއި ދިރިއުޅުމަށް ބޭނުންވާ އެތައް ފަންނުވެރި މަސައްކަތްތައް ދަރިވަރުންނަށް ދަސްކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން މާދަމާ ދިވެހި ފަސްގަނޑުގައި ކާމިޔާބު ފަންނުވެރިންގެ ގޮތުގައި ތަފާތު ދާއިރާތަކުން ފެނިގެންދިއުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފަންނުވެއްޓަކީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަށްޓަކައި ގާއިމްކުރާ ހަބް، ސްކޫލްތަކުގެ ތެރެއިން ހުނަރާއި އީޖާދުގެ މަރުކަޒެވެ. ފަންނުވެށީގެ ދަށުން އިފްތިތާހުކުރެވިގެން ދިޔަ 4 ޕްރޮގްރާމް އަކީ، ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ކައްކާވަތި، ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ނަލަވަތި، ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ޓެކްވަތި، އަދި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ފަހާވަތި ޕްރޮގްރާމެވެ. މީގެ އިތުރުުން ވެސް މުސްތަގުބަލުގައި އިތުރު ފަންނުތައް ދަސްކޮށްދިނުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ފަންނުވެށިން ދަސްވެނި ވާ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ އިން ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 3ގެ ސަނަދަކާއެކު ދަސްވެނިވާ ދަރިވަރުންނެވެ. އަދި މި ވެށީގައި އުނގެނޭ ދަރިވަރުންނަށް މި ހުނަރާއި ފަންނު އިތުރަށް ތަރައްގީކުރުމަށްޓަކައި އަމަލީގޮތުން ވެސް މަސައްކަތްކުރާނެ ފުރުސަތު ލިބިގެންދާނެއެވެ.

ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ގެނެވުނު މި އިންގިލާބީ ބަދަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިމާދުއްދީން ސްކޫލުގައެވެ.

ފަންނުވެށިޑރ. އާއިޝަތު އަލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ދަރިވަރުން މަންހަޖު އުނގެނެން ހޭދަކުރާ ވަގުތު ކުރުކުރުމަކީ ހެޔޮވާނެކަމެއް ނޫން: އައިޝަތު އަލީ

ދަރިވަރުން މަންހަޖު އުނގެނެން ހޭދަކުރާ ވަގުތު ކުރުކުރުމަކީ ހެޔޮވާނެކަމެއް ނޫން: އައިޝަތު އަލީ

22 ނޮވެމްބަރު 2023
އެޑިޔުކޭޝަން ވޯލްޑް ފޯރަމްގައި އެޑިއުކޭޝަން މިނިސްޓަރ ބައިވެރިވެވަޑައިގެންފި

އެޑިޔުކޭޝަން ވޯލްޑް ފޯރަމްގައި އެޑިއުކޭޝަން މިނިސްޓަރ ބައިވެރިވެވަޑައިގެންފި

09 މެއި 2023
ވ. އަތޮޅު މަދުރަސާގެ މަލްޓިޕަރޕަސް ހޯލުގެ މިހާރު ކުރިއަށްދަނީ ފައުންޑޭޝަނަށް ތައްޔާރުވުމުގެ މަސައްކަތް - އެޑިއުކޭޝަން

ވ. އަތޮޅު މަދުރަސާގެ މަލްޓިޕަރޕަސް ހޯލުގެ މިހާރު ކުރިއަށްދަނީ ފައުންޑޭޝަނަށް ތައްޔާރުވުމުގެ މަސައްކަތް - އެޑިއުކޭޝަން

14 މާރިޗު 2023
ހަނގާގެ ޝިކާރައަކަށްވުމުގެ ކުރިން ދަރިވަރުންނަށް ހަނގާ ނުކުރުމަށް ދަސްކޮށްދޭންޖެހޭ: އެޑިއުކޭޝަން މިނިސްޓަރ

ހަނގާގެ ޝިކާރައަކަށްވުމުގެ ކުރިން ދަރިވަރުންނަށް ހަނގާ ނުކުރުމަށް ދަސްކޮށްދޭންޖެހޭ: އެޑިއުކޭޝަން މިނިސްޓަރ

26 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު