Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން

މަދަރުސާއެއްގެ ފެންވަރަކީ އިމާރާތުގެ ފުރިހަމަކަމާއި އުސްކަމަށް ނިސްބަތްވާ ކަމެއް ނޫން: އެޑިއުކޭޝަން މިނިސްޓަރ

މަދަރުސާގެ ފެންވަރަކީ އެތަނުން ނިކުންނަ ކުދިންގެ ފެންވަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2022 | ބުދަ 00:46
މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާ

މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާ

މަދަރުސާއެއްގެ ފެންވަރަކީ އިމާރާތުގެ ފުރިހަމަކަމާއި އުސްކަމަށް ނިސްބަތްވާ ކަމެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަދަރުސާގެ ފެންވަރަކީ އެތަނުން ނިކުންނަ ކުދިންގެ ފެންވަރު ކަމަށާއި އަދި އެ ކުދިންގެ އުޅުމުގެ އަބުރުވެރިކަން ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަދަރުސާއެއްގެ މޮޅުކަން ބިނާވެފައިވަނީ އެ ދަރިވަރުންގެ ފަރާތުން މުޖުތަމައު އަށް ކުރާ އަސަރަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވި އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން މަދީޖިއްޔާގެ ފުރަތަމަ 50ގެ އަހަރުތަކަށްވުރެ ދެވަނަ 50ގެ އަހަރުތަށް މަޖީދިއްޔާ އަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. މި ޙާލަތުގައި މާޒީގެ ޝަރަފުވެރި ދުވަސްތައް އަނބުރާ ގެނެވިދާނެތޯ މިނިސްޓަރ ވަނީ ސުވާލު އުފައްދަވާފައެވެ.

އެހެން މަދުރަސާތަކާއި ވާދަކޮށްގެން އެހެން ސްކޫލްތަކުގެ ޙަރަކާތްތައް ނަކަލުކޮށްގެން މަޖީދިއްޔާއަކަށް އުޖަލާމަގެއް ނުކޮށޭނެ ކަމަށާއި މަޖީދިއްޔާގެ ރަންދުވަސްތައް ގެނެވޭނީ މަޖީދިއްޔާއަށް މަޖީދިއްޔާ ހެދިކަންތައްތަކަށް ރުޖޫޢަވެގެން ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މަޖިދީއްޔާ ސްކޫލަކީ ރާއްޖޭގެ ވޭތުވެދިޔަ 95 އަހަރުގެ ތެރޭގައި ކުލަ ގަދަ ޒަމާން ގެނައުމުގައި މުހިންމު ރޯލެއް ކުޅެފައިވާ ތަނެއް ކަމަށެވެ.

މަޖީދިއްޔާއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ މުހިއްމު ހިއްސާދާރެއް ކަމަށާއި ސްކޫލެއްގެ ކާމިޔާބީ ފާހަގަވެގެންދަނީ އެ ސްކޫލެއްގެ ދަރިވަރުންގެ ތެރެއިން ޤައުމީ ޚިދުމަތަށް ނުކުންނަ ދަރިވަރުންގެ ނިސްބަތުން ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ދިވެހި ދައުލަތުގެ އެންމެ ފާހަގަކުރެވޭ މަޤާމުތަކުގައި މަޖީއްދިއްޔާ ސްކޫލަށް ނިސްބަތްވާ ދަރިވަރުން ތިބުމަކީ ސްކޫލްގެ ކާމިޔާބީއެއް ކަމަށް ވެސް ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލަކީ 1927 ވަނަ އަހަރު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ވަނައިގެ އިސްނެންގެވުމަކަށް މަދަރުސަތުއް ސަނިއްޔާގެ ނަމުގައި އުފެއްދި ސްކޫލެކެވެ. އެސްކޫލްގެ ނަން މަޖީދިއްޔާ ސްކޫލަށް ބަދަލުކުރެވުނީ 1947ގައެވެ. 

މަޖީދިއްޔާ ސްކޫލްމިނިސްޓްރީ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު