Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޑިއުކޭޝަން މިނިސްޓަރަށް ކުރައްވާ ތުހުމަތު

ރައީސް ނަޝީދުގެ ކެމްޕޭން ގަޑިއާ ދިމާކޮށް ޕްރިންސިޕަލުން ބައްދަލުވުންތައް ބާއްވާ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް: މިނިސްޓަރު

ހުރިހާ ޕްރިންސިޕަލުންނަށް އަންގަވާ އެއްވެސް ހާލެއްގައި އެއްވެސް ސިޔާސީ ހަރަކާތަކަށް ހުރަސް ނޭޅެނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ޖެނުއަރީ 2023 | ބުރާސްފަތި 05:40
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ގަޑިއާ ދިމާކޮށް ރަށްތަކުގެ ސްކޫލުތަކުގެ ޕްރިންސިޕަލުން ޕޭރަންޓު-ޓީޗަރ މީޓިންގ ބާއްވާ ވާހަކަ އަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ބ. ގޮއިދޫގައި ރައީސް ނަޝީދު ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ވަނީ މީހަކު ނުކުމެދާނެތީ މަދަރުސާގެ ޕްރިންސިޕަލުން ލައްވާ ޕޭރަންޓް-ޓީޗަރ މީޓިންގ މެންދުރު 14:00 ޖަހާއިރު ބާއްވާފައި ކަމަށް ތުހުތަމު ކުރައްވާފައެވެ. އަދި ކެމްޕޭނަށް ރަށްރަށަށް ދަނީ މަދަރުސާ ކުދިންގެ ގަޑިތައް ވެސް ހޯދައިގެން ކަމަށާއި މި ގޮތަށް ރަށްތަކަށް ވަޑައިގަންނަވާއިރު ދަރިވަރުންގެ މައިންބައިފަންނާ ވެސް ބައްދަލު ކުރެއްވުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ސިޔާސީ ބޭނުމަށް މިކަހަލަ ކަންތައްތައް ނުކުރުމަށް ނަޝީދު އިލްތިމާސްކުރެއްވިއެވެ. އަދި ސިޔާސީ ހަރާކަތަށް ހުރަސް އެޅުމަކީ ހީކުރާ ވަރަށް ވުރެން ބޮޑު ގޯހެއް ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި ތުހުމަތުތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި މިވަގުތު އިތުރު އެއްޗެއް ވިދާޅުވާން ނެތް ކަމަށެވެ.

މި ބައްދަލުވުމުގައި ނަޝީދު އިތުރަށް ވިދާޅުވީ ސިޔާސީ ހަރަކާތްތައް ހިންގަނީ ތަރައްޤީއަށްޓަކައި ކަމަށާއި ތަރައްޤީ ހޯދެން އޮތީ ޑިމޮކްރޮސީގެ އުސޫލުންކަން ކަށަވަރުވާ ކަމަށެވެ. އެމްޑީޕީން މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ރައްޔިތުންނާއެކު ތިބުން ވެސް ހުއްޓާނުލައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުބ.ގޮއިދޫމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީ ޕްރައިމަރީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު