Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްޓީއޯގެ ޑިޖިޓަލް ބޭންކް

ޑިޖިޓަލް ބޭންކު އޮޕަރޭޓްކުރުމުގެ ލައިސަންސަށް މިއަހަރުގެ ފަހުކޮޅު ހުށައަޅާނަން: އަމްރު

12 އޯގަސްޓު 2022 | ހުކުރު 11:17

ލައިސަންސް ލިބޭތާ 6 މަސްދުވަހުގެތެރޭ ޙިދުމަތް ދޭން ފަށާނަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 އޯގަސްޓު 2022 | ހުކުރު 11:17
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

ޑިޖިޓަލް ބޭންކު އޮޕަރޭޓްކުރުމުގެ ލައިސަންސް އަށް މިއަހަރުގެ ފަހުކޮޅު ހުށައަޅުއްވާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ކުރެއްވި ޓުވީޓް އެއްގައި އަމްރު ވިދާޅުވީ އެމްއެމްއޭ އިން އިސްލާހުކުރަން އެންގި ކަންކަން ރަނގަޅުކުރުމަށްފަހު ލައިސަންސް އަށް އެދި މިއަހަރު ފަހުކޮޅު ހުށައަޅުއްވާނެ ކަަމަށެވެ. އަދި އެ ލައިސަންސް ލިބޭތާ 6 މަސްދުވަހުގެތެރޭ ޙިދުމަތް ދޭން ފަށާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

އެކުންފުނިން މި ބޭންކް ޤާއިމުކުރުމަށް މިދިޔަ އަހަރު ފަހުކޮޅުވެސް ލައިސަންސް އަށް އެދި އެމްއެމްއޭއަށް ހުށަހެޅިއެވެ. ނަމަވެސް އެކަމުގައި އެމްއެމްއޭއިން ވަނީ އިސްލާހު ކުރަންޖެހޭ ބައެއް ކަންކަން ފާހަގަކޮށް ލައިސަންސް އެވަގުތު ނުދޭން ނިންމައި އެހުށައެޅުން އަނބުރާ ފޮނުވާލާފައެވެ.

ޑިޖިޓަލް ބޭންކު އޮޕަރޭޓުކުރުމުގެ ލައިސަންސް ހޯދުމަށްފަހު، ރާއްޖެއިން ބޭރުގައި ބޭންކިންގ ޙިދުމަތް ދިނުމަށް އެސްޓީއޯއިން މަސައްކަތްކުރާނެކަމަށް ވެސް އަމްރު ވަނީ ރާއްޖޭގެ މީޑިއާކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ. އަމްރު ފާހަގަކުރެއްވިގޮތުގައި ޑިޖިޓަލް ބޭންކިންގގެ ދާއިރާއަށް ކުރީބައިގައި ވަނުމަކީ އޭގެއިން ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ. މިގޮތުން މި ހިދުމަތް ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ދިނުމަށް އެސްޓީއޯއަށް މަގު ފަހިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ދޭން ހަމަޖެހިފައިވާ ނަމަކީ "އިވޯލްވް" އެވެ.

މި ބޭންކުގެ ޚިދުމަތް މައިކްރޯ ލޯނުން ފަށާއިރު އެ ލޯން ދޫކުރާނީ އަމިއްލަ ފަރުދުންނަށާއި ކުދި ވިޔަފާރިތަކަށް ކަމަށް މީގެކުރިން އެސްޓީއޯ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ޚިދުމަތް ފުޅާކުރަމުން ގޮސް މެދުފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ވިޔަފާރީތަކަށްވެސް ލޯން ދޫކުރާނެއެވެ. އޮންލައިންކޮށް މުޢާމަލާތު ކުރެވޭ މި ބޭންކުން 5 މިނެޓު ތެރޭގައި އެކައުންޓް ހުޅުވޭނެ ކަމަށާއި، މިނެޓެއްގެ ތެރޭގައި ލޯނު ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. ޑިޖިޓަލް ބޭންކަކީ އާދައިގެ ބޭންކުތަކާ ޚިލާފަށް ހިންގާ ބޭންކެއް ކަމަށާއި، މި ބޭންކުގައި އެއްވެސް ގޮތަކަށް މީހަކާ ބައްދަލުކުރަން ނުޖެހި އެކައުންޓު ހުޅުވުމާއި އެހެނިހެން މުޢާމަލާތު ތައް ކުރެވޭނެއެވެ.

އެސްޓީއޯގެ ޑިޖިޓަލް ބޭންކްހުސެއިން އަމްރު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު

12 ޑިސެމްބަރު 2025
ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު
29 ނޮވެމްބަރު 2025

ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު

29 ނޮވެމްބަރު 2025
ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު
19 އޮކްޓޯބަރު 2025

ރައްޔިތުން ބޭނުންވަނީ ރަސްމާލެއެއް ނޫން، ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް: އަމްރު

19 އޮކްޓޯބަރު 2025
ރައްޔިތުން ބޭނުންވަނީ ރަސްމާލެއެއް ނޫން، ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް: އަމްރު
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
27 ސެޕްޓެމްބަރު 2025

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025
މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު
26 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު
21 ސެޕްޓެމްބަރު 2024

ބަންކަރިންގެ ޚިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ޒަމާނެއް ސާފުކޮށްދޭން ޖެހޭ: އަމްރު

21 ސެޕްޓެމްބަރު 2024
ބަންކަރިންގެ ޚިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ޒަމާނެއް ސާފުކޮށްދޭން ޖެހޭ: އަމްރު
26 އޯގަސްޓު 2024

ޑޮލަރ އެކްސްޖޭންޖް ވިޔަފާރި ތެރޭގައި ތިބީ ބިދޭސީން، އެކަން އިސްލާހުކުރަން ޖެހޭ - އަމްރު

26 އޯގަސްޓު 2024
ޑޮލަރ އެކްސްޖޭންޖް ވިޔަފާރި ތެރޭގައި ތިބީ ބިދޭސީން، އެކަން އިސްލާހުކުރަން ޖެހޭ - އަމްރު
15 ސެޕްޓެމްބަރު 2023

އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނަގަންޖެހޭ: އިލްޔާސް

15 ސެޕްޓެމްބަރު 2023
އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނަގަންޖެހޭ: އިލްޔާސް
26 މާރިޗު 2023

އަމްރު އަށް ނަޝީދުގެ ތައުރީފު

26 މާރިޗު 2023
އަމްރު އަށް ނަޝީދުގެ ތައުރީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް