Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމިނުގެ ވެރިކަން

ރައީސް ޔާމިނުގެ ވެރިކަމުގައި ހިނގާދިޔަ ވައްކަމާއި ކޮރަޕްޝަން އާއި އަނިޔާވެރިކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ އެމަނިކުފާނު: ނާޒިމް

ރައީސް ޔާމީނަށް ކަންކަން އެނގިވަޑައިނުގަތީ ޒިންމާ އަދާ ނުކުރެވޭތީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 އޯގަސްޓު 2022 | ހުކުރު 11:06
މުހައްމަދު ނާޒިމް - އެމްއެންޕީގެ ރައީސް

މުހައްމަދު ނާޒިމް - އެމްއެންޕީގެ ރައީސް

ކުރީގެ ރައީސް ޔާމީނުގެ ވެެރިކަމުގައި ހިނގާދިޔަ ވައްކަމާއި ކޮރަޕްޝަން އާއި އަނިޔާވެރިކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ، ދައުލަތާއި އަދި ސަރުކާރުގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނު ކަމަށް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަދި  މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ހުކުރު ދުވަހު ކުރެއްވި ޓުވީޓް އެއްގައި ވިދާޅުވީ އެމަނިކުފާނަށް ކަންކަން އެނގިވަޑައިނުގަތީ ޒިންމާ އަދާ ނުކުރެވޭތީ ކަމަށެވެ.

ނާޒިމް މިހެން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގާފަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ބައިވެރިވުމާ އެކު މުޅި ދައުލަތް ބޭނުންކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވެސް ވަނީ ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހުގެ ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެމަނިކުފާނުގެ ބައިވެރިވުމެއް ނެތް ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވާފައެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކުރަން ފެށީ ރައީސް ޔާމީންގެ ޒައާމަތުގައި ކަަމަށް ވާއިރު، އެފަދަ ކަމެއް ކުރެއްވި ނަމަ އެ ތަހުގީގުކުރައްވަންވީ ކޮން ސަބަބަކާއި ހުރެތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިއީ ސިޔާސީ ބޭނުމަށް ހިންގާ ޝަރީއަތެއް ކަމަށް ވެސް ރައީސް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެ.

ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު ވ. އާރަށް ކުއްޔަށްދިނުމާއި ކޮރަޕްޝަންއާއި މަނީ ލޯންޑަރިންގގެ މައްސަލަތަކުގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ހެކި ބަސްދޭން ތިބި މީހުންނަށް ބިރުދައްކަވައި ނުފޫޒު ފޯރުއްވާތީ، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް މޯލްޑިވްސް ލީގަލް ބިއުރޯ (އެލްއެލްޕީ)ން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްއާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދްއަށް ފޮނުވި ސިޓީއެއްގައި ވަނީ ބުނެފައެވެ.

ސިޓީގައި ބުނެފައިވަނީ، މި މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނާއި ހެއްކަށް ނުފޫޒު ފޯރުއްވުމުގެ ގޮތުން ތަފާތު އެކި ގޮތްގޮތުން ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް މީހުންނާ ދެކޮޅަށް އެމީހުން ދިރިއުޅޭ ގައުމުތަކުގައި ފިއްތުންތައް ކުރިމަތިކޮށް، އަސޭލަމް ކެންސަލްކުރުމުގެ ގޮތުން އެ ގައުމުތަކުގައި ހުރި ލޯފަރމްތައް މެދުވެރިކޮށް، ތަފާތު ބާވަތްތަކުގެ ފިއްތުންތައް ކުރިމަތިކުރުވަމުންދާކަމަށެވެ.

މީގެއިތުރުން މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރައްވައިގެން ބިރުދެއްކުމުގެ އަމަލުތައް ސީދާ ރައީސް ޔާމީން ހިންގަވަމުން ގެންދަވާކަމަށް ތުހުމަތުކުރައްވައި އެލްއެލްޕީން ބުނެފައިވަނީ، މިފަދައިން ހެކިބަސް ދޭން ހުރި މީހަކަށް ބިރުދައްކައި ނުފޫޒު ފޯރުވުމަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން އެކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމަށެވެ. އެހެންކަމުން އެ ގާނޫނަށް ރިޔާއަތްކޮށް ރައީސް ޔާމީނާމެދު އަވަސް ފިޔަވަޅެއް އެޅުމަށް ވަނީ އެދިފައެވެ.

ކާނަލް މުހައްމަދު ނާޒިމް

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2023

އަޒުލުކުރުމާ ގުޅުންހުރި މާއްދާތައް ފާސްކޮށްފައިވަނިކޮށް، ސިޔާސީ ލީޑަރުންތަކަކާ ރައީސް ބައްދަލުކުރައްވައިފި

20 ޑިސެމްބަރު 2023
އަޒުލުކުރުމާ ގުޅުންހުރި މާއްދާތައް ފާސްކޮށްފައިވަނިކޮށް، ސިޔާސީ ލީޑަރުންތަކަކާ ރައީސް ބައްދަލުކުރައްވައިފި
06 އޯގަސްޓު 2023

ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

06 އޯގަސްޓު 2023
ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި
19 ޖުލައި 2023

އެއް ކެންޑިޑޭޓަކު ނެރުމަށް ގާސިމާއި ނަޝީދު އަދި ނާޒިމް އެއްބަސްވެވަޑައިގެން، ޕީޕީއެމްއާއި އެމްއާރްއެމްއާ މަޝްވަރާކުރައްވަން ނިންމަވައިފި

19 ޖުލައި 2023
އެއް ކެންޑިޑޭޓަކު ނެރުމަށް ގާސިމާއި ނަޝީދު އަދި ނާޒިމް އެއްބަސްވެވަޑައިގެން، ޕީޕީއެމްއާއި އެމްއާރްއެމްއާ މަޝްވަރާކުރައްވަން ނިންމަވައިފި
26 މެއި 2023

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް އަރުވައި ކެމްޕޭން ފަށައިފި

26 މެއި 2023
އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް އަރުވައި ކެމްޕޭން ފަށައިފި
05 އެޕްރީލު 2023

ނާޒިމް ދެއްކެވި ވިސާގެ ވާހަކައަށް ރައްދު ދިނީ ޕާކިސްތާން އެމްބަސީން

05 އެޕްރީލު 2023
ނާޒިމް ދެއްކެވި ވިސާގެ ވާހަކައަށް ރައްދު ދިނީ ޕާކިސްތާން އެމްބަސީން
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދި ގަރާރެއް ހުށަހަޅައިފި

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދި ގަރާރެއް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް