Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޚާބަށް އެއް ކެންޑިޑޭޓަކުން ނެރުން

އެއް ކެންޑިޑޭޓަކު ނެރުމަށް ގާސިމާއި ނަޝީދު އަދި ނާޒިމް އެއްބަސްވެވަޑައިގެން، ޕީޕީއެމްއާއި އެމްއާރްއެމްއާ މަޝްވަރާކުރައްވަން ނިންމަވައިފި

މިހާރު އެންމެ ރަނގަޅު ގޮތަކީ ހުރިހާ ޕާޓީތަކުން އެއްބަސްވެވޭ ކެންޑިޑޭޓަކު ނެރުން

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖުލައި 2023 | ބުދަ 11:49
ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު ތިން ބޭފުޅުން މީޑިއާތަކަށް މައުލޫމާތު ދެއްވަނީ

ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު ތިން ބޭފުޅުން މީޑިއާތަކަށް މައުލޫމާތު ދެއްވަނީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އަދި ދަ ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެއްޖެއެވެ.

ބުދަ ދުވަހުގެ މ. ކުނޫޒުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމަލުކުރާނެ ގޮތާއި، ނެރޭނެ ކެންޑިޑޭޓަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

Advertisement - newsAdvertisement

މިބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު ތިން ބޭފުޅުން ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވަފައެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ، މި ބައްދަލުކުރެއްވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރެގެން މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް އޮތްތޯ ބެލުމަށް ބޭއްވި ބައްދަލުކުރެއްވުމެއް ކަމަށެވެ. އަދި އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވުމަކަށް ވަޑައިގެންނެވިފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި ޕީޕީއެމްއާއި އެމްއާރްއެމްއާ ވެސް މަޝްވަރާކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ހުރިހާ ބޭފުޅުންނަށް އެއްބަސްވެވަޑަައިގެންނެވޭ ކެންޑިޑޭޓަކާއެކު ކުރިއަށްވަޑައިގަންނަވާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ކުރިއަށް ގެންދެވުނީ ވަރަށް މުހިންމު މަޝްވަރާ ބައްދަލުވުމެއް ކަމަށާއި، ގައުމުގައި މިހާރު ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި މިހާރު އެންމެ ރަނގަޅު ގޮތަކީ ހުރިހާ ޕާޓީތަކުން އެއްބަސްވެވޭ ކެންޑިޑޭޓަކު ނެރުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ތިން ޕާޓީން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާއިރު، ގާސިމާއި ނާޒިމަކީވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ދެބޭފުޅުންނެވެ.

ޖޭޕީގެ ލީޑަރު، ޤާސިމް އިބްރާހީމްކުރީގެ ރައީސް، މުހައްމަދު ނަޝީދުކާނަލް މުހައްމަދު ނާޒިމް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
16 ފެބުރުއަރީ 2025

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު