Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖޭގެ ފަތުރުވެރިކަން

ރާއްޖެ އައި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ޗެކްރިޕަބްލިކްގެ ރައްޔިތެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 އޯގަސްޓު 2022 | ހުކުރު 08:16
ރާއްޖެ އައި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން

ރާއްޖެ އައި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ޗެކްރިޕަބްލިކްގެ ރައްޔިތެކެވެ. އޭނާ އަކީ ރާއްޖެއަށް ބައިވެރިޔާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށް އައި ފަތުރުވެރިއެކެވެ.

އޭނާއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ހާސިލްކުރެވޭނެ ލަފާކުރެވޭކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު ޞާލިޙު ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 2022 ވަނަ އަހަރު ރާއްޖެއިން 1.6 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ލަނޑުދަނޑި ކަނޑައަޅާފައިވާކަން އިއުލާން ކުރައްވާފައެވެ.

2022 ވަނަ އަހަރުގެ ޖުލައި 31 ގެ ނިޔަލަށް 136،828 ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންކަން ފާހަގަކޮށްލެވެއެވެ. އަދި ރާއްޖެއަށް 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓެއްގެ ގޮތުގައި އޮތީ 109،926 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. މި އަހަރު ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓްތަކުގެ ތެރޭގައި ހިމެނެނީ ރަޝިޔާ، ޖަރުމަނުވިލާތް އަދި އިޓަލީއެވެ.

މި އަހަރުގެ މިހާތަނަށް ގަދަ 10 ސޯސް މާކެޓްގެ ލިސްޓުގައި ދެން ތިބި ޤައުމުކަށް ބަލާއިރު އެމެރިކާ، ފަރަންސޭސިވިލާތް، ސައުދީ އަރަބިއްޔާ، ސްވިޒަލޭންޑް، އަދި ސްޕެއިން ފަދަ ގައުމުތައް ފާހަގަކޮށްލެވެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ބައިނަލްއަގްވާމީ ދަތުރުފަތުރަށް ޗައިނާގެ ބޯޑަރުތައް ބަންދުކުރި ފަހުން، އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ތިން މާކެޓުގެ ލިސްޓުގައި ހިމެނި އެމަޤާމް ދަމަހައްޓާފައިވާ ގައުމެކެވެ. ޗައިނާގެ ބޯޑަރުތައް އަދިވެސް އޮތީ ބައިނަލްއަގްވާމީ ދަތުރުފަތުރަށް ބަންދުކޮށްފައެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށާއި، މުހިންމު މާކެޓްތަކުގައި ޑެސްޓިނޭޝަން ޕްރެޒެންސް ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެގޮތުން އިންޑިއާގައި މިހާތަނަށް 16 ކެމްޕޭނެއް ހިންގާފައިވާއިރު، އޭގެ ތެރޭގައި އޯޓީއެމް، ސާޓޭ، ޓީޓީއެފް ޓްރެވަލް އެންޑް ޓޫރިޒަމް ފެއަރ، އަދި މިލްޓް ކޮންގްރެސް ފަދަ ލީޑިންގ ފެއަރތަކުގައި ބައިވެރިވުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ރޯޑްޝޯއަކާއި މަޝްހޫރު ޕަބްލިކޭޝަންތަކާއި ޓޫރިޒަމް ކުންފުނިތަކާ ގުޅިގެން ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ވެބިނާތަކާއި ޖޮއިންޓް ކެމްޕޭންތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި އަހަރު ރާއްޖޭގެ ޓޮޕް ސޯސް މާކެޓްގެ ގޮތުގައި އިންޑިއާ ޕޮޒިޝަން ކުރުމުގައި މި ހަރަކާތްތަކުން ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ޓުއަރިޒަމް އެމްވީފަތުރުވެރިން

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

24 ޑިސެމްބަރު 2024
"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

24 ޑިސެމްބަރު 2024
އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

26 އޮކްޓޯބަރު 2024
ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

21 އޮކްޓޯބަރު 2024
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

14 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު