Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމެރިން އެކްސްޕޯ

60 ބައިވެރިންނާއެކު 7 ވަނަ މެރިން އެކްސްޕޯ ފަށައިފި

އެކްސްޕޯ ކުރިއަށް ދާނީ 3 ދުވަހުގެ މުއްދަތަކަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 އޯގަސްޓު 2022 | ބުރާސްފަތި 22:12
މެރިން އެކްސްޕޯގެ ތެރެއިން

މެރިން އެކްސްޕޯގެ ތެރެއިން

60 ބައިވެރިންނާއެކު، 7 ވަނަ މެރައިން އެކްސްޕޯ ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ އެކްސްޕޯ ހުޅުވައިދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމްއެވެ. މި އެކްސްޕޯއަކީ މޯލްޑިވްސް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެއް ކަމަށް ވާއިރު، މި އެކްސްޕޯ ކުރިއަށް ދާނީ 3 ދުވަހުގެ މުއްދަތަކަށެވެ. މި އެކްސްޕޯއާ މެދު ވާހަކަދައްކަވަމުން މޯލްޑިވްސް ބޯޑިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ހަމީދު ވިދާޅުވީ މިފަދަ އެކްސްޕޯއެއް ބޭއްވުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މިފަދަ އިވެންޓްތައް ބާއްވާނެ ރަނގަޅު ތަނެއް ނެތުން ކަމަށެވެ. އެގޮތުން މޫސުން ގޯސްވުމުގެ ސަބަބަބުން މިފަހަރުގެ އެކްސްޕޯއަށް ވެސް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަމަށް އޭނާ ވިދާޅުވިއެވެ.

މި އެކްސްޕޯ މިފަހަރު ބާއްވާފައިވަނީ 1 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ. އެހެންނަމަވެސް މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ކާމިޔާބުކަމާއެކު އެކްސްޕޯ މިވަނީ ފަށާފައެވެ.

މި އެކްސްޕޯއަކީ ދިވެހިރާއްޖެގައި ބާއްވާ އެންމެ ދިގު މުއްދަތެއްވީ އަދި މި ސިނާޢަތުގައި ބާއްވާ އެންމެ ބޮޑު އިވެންޓެވެ. މި އެކްސްޕޯގައި ދިވެހިރާއްޖޭގެ އެންމެ މަޤްބޫލު ބޯޓް ބިލްޑަރުންނާއި، އިންޖީނު ބްރޭންޑްތަކާއި، ބައިނަލްއަޤްވާމީ މެރިން ބްރޭންޑްތަކުގެ އިތުރުން ވޯޓަރ ސްޕޯރޓްސްއާއި ޑައިވް ބްރޭންޑްތައް ބައިވެރިވެއެވެ. އަދި މި އެކްސްޕޯގެ ތެރެއިން އައު ޕްރޮޑަކްޓްތައް ލޯންޗްކުރުމާއި، ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުންފަދަ ސެޝަންތައް ފޯރުކޮށްދޭ ޕެނަލް ޑިސްކަޝަންތަކުގެ އިތުރުންވެސް އެތައް ހަރާކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މެރިން އެކްސްޕޯގައި 60 ކުންފުންޏަކުން ބައިވެރިވެއެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްމޯލްޑިވްސް މެރިން އެކްސްޕޯ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2023

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް
27 އޮކްޓޯބަރު 2023

ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

27 އޮކްޓޯބަރު 2023
ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު
26 އޮކްޓޯބަރު 2023

1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .

26 އޮކްޓޯބަރު 2023
1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .
26 އޮކްޓޯބަރު 2023

ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް

26 އޮކްޓޯބަރު 2023
ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް
25 އޮކްޓޯބަރު 2023

40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް

25 އޮކްޓޯބަރު 2023
40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު