Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސީރިޔާ މައްސަލަ

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

އޭޕްރީލް ގައި ސީރިޔާގައި ދިން ކެމިކަލް ހަމަލާ އާއި ގުޅިގެން އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 18 މެއި 2017 | ބުރާސްފަތި 15:10
 މަރާލުމަށް ފަހު އިންސާނުންގެ ހަށިގަނޑު އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ތަން

މަރާލުމަށް ފަހު އިންސާނުންގެ ހަށިގަނޑު އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ތަން

އޭޕްރީލް މަހު ސީރިޔާގައި ދިން ކެމިކަލް ހަަމަލާއާ ގުޅިގެން، އެކަމުގެ ރައްދުގައި އެމެރިކާއިން ވައިގެ ހަމަލާ ދިނެވެ. ސަރުކާރުގެ އެޖެންސީ އަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅިއެެވެ.

މީގެ މަދު ދުވަސްތަކެއް ކުރިން އެމެރިކާ އިން ސީރިޔާއަށް ވަނީ ބޮޑުވެގެންވާ ތުހުމަތެއް ކޮށްފައެވެ. އެއީ ސީރިޔާ ސަރުކާރުން ވެރިރަށް ދިމިސްކްއާ ކައިރި ހިސާބެއްގައި ހުންނަ ޖަލެއްގައި އެތައް ބަޔަކު މަރާލުމަށް ފަހު ހާއްސަ ތަނެއްގައި އެ އެންމެން އަންދާލި ވާހަކައެވެ.

އެމެރިކާ އިން ބުނާ ގޮތުން ސީރިޔާ ސަރުކާރުގެ މި އަމަލުތަކުގެ ހެކިވެސް އެބަހުއްޓެވެ. އެމެރިކާ އިން ބުނަމުން ދަނީ ބައްޝާރުގެ ސަރުކާރުން މަރާފައިވާ އެތައް ސަތޭކަ ބައެއްގެ ހަށިގަނޑު އަންދާ އަޅިއަށް ހަދާލުމަށް، މީހުން އެންދުމަށް ބޭނުންކުރާ އިތުރު މެޝިންތައް އަސްކަރީ ޖަލުތަކުގައި ޤާއިމްކުރުމަށް ސީރިޔާ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އެމެރިކާއިން ސީރިޔާއަށް ކުރި ތުހުމަތާ ގުޅިގެން ސީރިޔާގެ ފޮރިން މިނިސްޓްރީއިން ބުނެފައި ވަނީ އެއީ "އާ ހޮލީވުޑް ޕްލޮޓެއް" ފަދަ ވާހަކައެއް ކަމަށެވެ. އެފަދަ ވާހަކަތަކުގެ ބޭނުމަކީ ސީރިޔާ އަށް އެމެރިކާ އިން "ވެރިވެގެން ތިބޭ ތިބުމަކީ ހައްގު ތިބުމެއް ކަން"، ސާބިތު ކުރުމަށް ދައްކާ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ސީރިޔާ ސަރުކާރުން ބުނެއެވެ. ސީރިޔާ ސަރުކާރުން އިތުރަށް ބުނެފައި ވަނީ އެމެރިކާގެ މާޒީ އަށް ބާލާއިރު އަސްކަރީ ގޮތުން ގައުމުތަކަށް އަތްގަދަ ކުރުމަށްޓަކައި އަބަދުވެސް ދޮގުތައް އެމެރިކާ އިން ހަދަމުންދާ ކަމަށެވެ.

ސީރިޔާ އިން މީހުން އެންދި ކަމަށް ކުރާ ތުހުމަތުގައި އެމެރިކާ އިން ދަނީ ހެކިތައް ދައްކަމުންނެވެ. ތަފްސީލީ ހެކިތަކެއް ހާމަ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދާދިފަހުން ބުނެފައި ވަނީ ކޮންމެ ދުވަހަކު ސައިދްނަޔާ އަސްކަރީ ޖަލުގައި 50 މީހުން ދަން ޖައްސާ މަރާލާއި ކަމަށާއި އަދި އޭގެ ތެރެއިން ގިނަ މީހުން ދެން ހާއްސަ ތަނެއްގައި އަންދާލާ ކަމަށެވެ.

ސީރިޔާ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާ މި ދަނޑިވަޅަކީ އެމެރިކާ ސަރުކާރުން ސީރިޔާ އާއި ދޭތެރޭ އަމަލު ކުރާނީ ކޮން ގޮތަކަށްތޯ ބަލާ، ކަންކުރަން ހުރި "އޮޕްޝަންތައް" ކިރާ ވަޒަން ކުރަމުންދާ ދުވަސްވަރެވެ. ސީރިޔާގެ ހަ އަހަރުވީ ދާހިލީ ހަނގުރާމައިގައި 400،000 މީހުން މަރުވެފައިވާއިރު، ސީރިޔާގެ އާބާދީގެ ދެބައިކުޅައެއްބައި ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

ސީރިޔާ އަށް ދިން ކެމިކަލް ހަމަލާގައި ބަލިވި ކުއްޖަކަށް ފަރުވާ ދެނީ

އޭޕްރީލް މަހު ސީރިޔާ ސަރުކާރުން އެގައުމުގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ވަނީ ސީރިޔާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އަދި ސީރިޔާ ސަރުކާރަށް އަޅާ އާންމުވެގެންވާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސީރިޔާ ސަރުކާރުގެ އެޖެންސީއެއްގެ 271 މުވައްޒަފަކަށް އެމެެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުވެސް ވަނީ އަޅާފައެވެ. ހަލަބަށް އޭޕްރީލް ކުރީކޮޅު ދިން ކެމިކަލް ހަމަލާ އާއި ގުޅިގެން މަދުވެގެން 80 މީހުން މަރުވެ 557 މީހުންނަށް ފަރުވާ ދޭންޖެހިފައި ވެއެވެ. މިހަމަލާއާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުއިން އިނގިލި ދިއްކުރަނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. ނަމަވެސް އަސަދުގެ ސަރުކާރުން ބުނަމުން ދަނީ އެފަދަ ހަމަލާއެއް ނުދޭ ކަމަށެވެ.

ސުވާލަކީ މިއީއެވެ. ކެމިކަލް ހަމަލާއަށް ފަހު ދެން ދުނިޔޭގެ ރާޑަރަށް ސީރިޔާ އެރީ އެގައުމުގައި "މީހުން މަރާފައި، ސިއްރު ކުރަން އަންދާ ވާހަކައެވެ." މިފަހަރު އެމެރިކާ އިން ސީރިޔާ އަށް ދޭނީ ކޮން ހަމަލާތަކެއް ބާ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު