Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޔޫކްރެއިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ

"ނާދިރު ބަޠަލް": ޒެލެންސްކީ އެކްޝަން ފިގަރއަކަށް

މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިން، ކެމްޕޭން ލޯންޗްކުރީ 3 ގަޑިއިރުގެ ތެރޭގާއި 30000 ޑޮލަރު ހޯދުމަށް، ނަމަވެސް އެ ކެމްޕޭނަށް 120000 ޑޮލަރު ލިބިފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 10 އޯގަސްޓު 2022 | ބުދަ 06:15
ޒެލެންސްކީގެ އެކްޝަން ފިގަރގެ ޕްރޮޓޯޓައިޕް އުފައްދާފައި ވަނީ މަށި ބޭނުން ކޮށްގެން

ޒެލެންސްކީގެ އެކްޝަން ފިގަރގެ ޕްރޮޓޯޓައިޕް އުފައްދާފައި ވަނީ މަށި ބޭނުން ކޮށްގެން

ފެބުރުއަރީ 24 ވަނަ ދުވަހުން ފަށައިގެން ވަރުގަދަ ހަނގުރާމައެއްގައި ބެދިފައި ވާ ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީގެ އެކްޝަން ފިގަރއެއް އުފައްދައިފިއެވެ.

ޒެލެންސްކީގެ އެކްޝަން ފިގަރ އުފައްދާފައި ވަނީ ބްރޫކްލިންގެ ޑިޒައިން ކުންފުންޏެއް ކަމަށް ވާ 'ފެކްޓްރީ"އިން ކިކްސްޓާޓަރގައި ކުރިއަށް ގެންދިޔަ ކެމްޕޭނަކުން އެއްކުރި ފައިސާގެ އެހީގައެވެ.

މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިން، ކެމްޕޭން ލޯންޗްކުރީ 3 ގަޑިއިރުގެ ތެރޭގާއި 30000 ޑޮލަރު ހޯދުމަށެވެ. ނަމަވެސް އެ ކެމްޕޭނަށް 120000 ޑޮލަރު ލިބިފައިވެއެވެ. ވިއްކާލާ ކޮންމެ ފިގަރއެއް ނުވަތަ ބުދަކަށް 1 ޑޮލަރު ހަދިޔާ ކުރަން ނިންމާފައި ވަނީ އޯގަސްޓް 12 ވަނަ ދުވަހު ނިންމާލާ ޔޫކްރައިން ކެމްޕޭނަށެވެ.

ޒެލެންސްކީގެ އެކްޝަން ފިގަރގެ ޕްރޮޓޯޓައިޕް ނުވަތަ ފުރަތަމަ ބުދު އުފައްދާފައި ވަނީ މަށި ބޭނުން ކޮށްގެންނެވެ. 6 އިންޗީގެ އެ އެކްޝަން ފިގަރ ފަރުމާ ކުރީ ސިއޭޓަލްގެ ފަންނުވެރިއެއް ކަމަށް ވާ މައިކް ލިއަވިޓްއެވެ. މި ފަރުމާއަށް ޕްލާސްޓިކުން ތައްޔާރު ކުރާ ބުދުތައް އުފައްދަން ހަމަޖެހިފައި ވަނީ ޗައިނާގައެވެ. އަދި މަރޗް 2023 ހިސާބުގައި ވިއްކަން ފެށޭ ވަރު ވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާރު އުމުރުފުޅުން 44 އަހަރުގެ ޒެލެންސްކީ، ޔޫކްރައިންގެ ރައީސްކަން ކަށަވަރު ކުރެއްވީ މީގެ 3 އަހަރު ދުވަސް ކުރިންނެވެ. ރަޝިއާގެ ސަރުކާރުގެ އެއްބާރުލުމާއެކު، ޔޫކްރައިންގެ މައި ސަރުކާރުން ވަކިވެގަތުމަށް، އެ ގައުމުގެ އިރުމަތީގައި ހަރަކާތްތެރިވާ ގުރޫޕުތަކާ ދެމެދު އޮތް ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅުތަކާއެކުގައެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޤައުމުގެ މަޤާމުގައި އޮތް އެމެރިކާގެ ސިޔާސީ މަސްރަހުގެ ތެރެއަށް ޔޫކްރައިން ވަންނަން މަޖުބޫރުވީ، އެމެރިކާގެ އޭރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ފޯނުކޯލަކާ ގުޅިގެންނެވެ. އެއީ އެމެރިކާގެ އަދުގެ ރައީސް ޖޯ ބައިޑަން، ޔޫކްރައިންއާއެކު ވިޔަފާރީގެ އެއްބަސްވުންތަކެއް ހެއްދެވި ކަމަށް ޓްރަމްޕް ފެއްޓެވި ތަޙްޤީޤެއްގެ ތެރެއިން ކުރެއްވި ކޯލެކެވެ.

މީގެ ކުރިން ކޮމީޑިއަންއެއްގެ ގޮތުގައި އެކްޓް ކުރަމުން ގެންދެވި ޒެލެންސްކީ، އާންމުންގެ ތެރޭގައި މަޤުބޫލުވީ "ސަރވަންޓް އޮފް ޕީޕަލް" ޓީވީ ސީރީޒްއިންނެވެ. އެ ސީރީޒްގައި ޒެލެންސްކީ ފެނިގެންދަނީ އިޚުލާސްތެރިކަމާއެކު ސްކޫލެއްގައި ކިޔަވައިދެމުން ދިޔަ ޓީޗަރެއްގެ ރޯލުންނެވެ. ހައްޤުން އެއްކިބާވެފައިވާ މަޖިލީސް މެންބަރުންނާއި ވިޔަފާރިވެރިން ބަލި ކުރައްވާ، ޤައުމުގެ ރައީސްކަން އެ ޓީޗަރު ކަށަވަރު ކުރެއެވެ.

ޙަޤީޤީ ދިރިއުޅުމަށް ބަލާއިރު، ޔޫކްރައިންގެ ރައީސްކަން ޒެލެންސްކީ ކަށަވަރު ކުރެއްވީ އޭޕްރިލް 2019 ގައެވެ. ކޮމިއުނިޒަމްއިން ޑިމޮކްރަސީއަކަށް ބަދަލު ވުމަށް ޔޫކްރައިނުން ކުރަމުންދާ ބުރަ މަސައްކަތަށް އެޅިފައިވާ އެންމެ ބޮޑު ހިޔަނި ކަމަށް ވާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤަތަރު ވޯލްޑްކަޕް 2022: ހުޅުވުމުގެ ރަސްމިއްޔާތުގައި މޯގަން ފްރީމަންއާއެކު ސްޓޭޖުން ފެނުނު ޒުވާން ބަޠަލް ދަންނަންތަ؟

ޤަތަރު ވޯލްޑްކަޕް 2022: ހުޅުވުމުގެ ރަސްމިއްޔާތުގައި މޯގަން ފްރީމަންއާއެކު ސްޓޭޖުން ފެނުނު ޒުވާން ބަޠަލް ދަންނަންތަ؟

21 ނޮވެމްބަރު 2022
ޒެލެންސްކީގެ ދެކަނބަލުން ވޯގް މެގަޒިންއަށް ދެއްވި ޚާއްސަ ފޮޓޯ

ޒެލެންސްކީގެ ދެކަނބަލުން ވޯގް މެގަޒިންއަށް ދެއްވި ޚާއްސަ ފޮޓޯ

30 ޖުލައި 2022
އަޖޭގެ އެކްޝަން ފިލްމުގެ ބަތަލާއަކަށް ނޯރާ ފަތެހީ

އަޖޭގެ އެކްޝަން ފިލްމުގެ ބަތަލާއަކަށް ނޯރާ ފަތެހީ

05 ޖެނުއަރީ 2020

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު