Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިންގެ ސުލްހައިގެ ސަމިޓް

ޔޫކްރެއިންގެ ދެވަނަ ސުލްހައިގެ ސަމިޓްގައި ރަޝިޔާ އިން ބައިވެރިވާން ޖެހޭނެ: ޒެލެންސްކީ

ޖޫން މަހު ބޭއްވި ފުރަތަމަ ސުލްހައިގެ ސަމިޓްގައި ރަޝިޔާ އަށް ދައުވަތު ދީފައެއް ނުވެއެވެ.

ރާއްޖެ އެމްވީ | 16 ޖުލައި 2024 | އަންގާރަ 19:55
ޔޫކްރެއިން އަށް ސުލްހަ ގެނައުމަށް ދުނިޔޭގެ ވެރިންގެ ފެންވަރުގައި ސްވިޓްޒަރލޭންޑްގައި ބޭއްވި ސުލްހައިގެ ސަމިޓުގެ ތެރެއިން

ޔޫކްރެއިން އަށް ސުލްހަ ގެނައުމަށް ދުނިޔޭގެ ވެރިންގެ ފެންވަރުގައި ސްވިޓްޒަރލޭންޑްގައި ބޭއްވި ސުލްހައިގެ ސަމިޓުގެ ތެރެއިން

ޔޫކްރެއިން އަށް ދާއިމީ ސުލްހަވެރިކަން ގެނައުމަށް، ޔޫކްރެއިންގެ ދެވަނަ ސުލްހައިގެ ސަމިޓްގައި ރަޝިޔާ އިން ބައިވެރިވާން ޖެހޭނެ ކަމަށް ޔޫކްރެއިންގެ ރައީސް ވުލެޑެމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ރަޝިޔާ އިން ޔޫކްރެއިން އަށް އަރާ ފެށި ހަނގުރާމައަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޔޫކްރެއިން އަށް ސުލްހަ ގެނައުމަށް ދުނިޔޭގެ ވެރިންގެ ފެންވަރުގައި ހުސްވި މަހު ސްވިޓްޒަރލޭންޑްގައި ބޭއްވި ސުލްހައިގެ ސަމިޓަށް ރަޝިޔާ އަށް ދައުވަތު ދީފައެއް ނުވެއެވެ.

އެ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ގައުމުތަކުގެ ވެރިން ވަނީ ޔޫކްރެއިންނަށް ސުލްހަ ގެނައުމުގައި ކުރެވޭ މަސައްކަތައް ތާއީދުކުރައްވާކަން ހާމަ ކުރައްވާފައެވެ.

އަނެއްކޮޅުން ސަމިޓްގައި ބައިވެރިވި ބައެއް ގައުމުތަކުން ވަނީ ޔޫކްރެއިންގެ ސުލްހައިގެ ވާހަކަތަކުގައި ރަޝިޔާ ބައިވެރި ކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔޫރަޕަށް ކުރިމަތިވި އެންމެ ނުރައްކާތެރި މައްސަލަ ކަމުގައި ބެލޭ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އާ ބެހޭ ގޮތުން ސްވިޓްޒަރލޭންޑް ގައި ޖޫން 15 ގައި ބޭއްވި ފުރަތަމަ ސުލްހައިގެ ސަމިޓްގައި ދުނިޔޭގެ 90 ގައުމުން މަތީ ފެންވަރުގެ ވަފުދުތައް ވަނީ ބައިވެރިވެފައެވެ.

ރަޝިއާ އިން ބުނެފައިވަނީ ސުލްހަ ހޯދުމަށް އެ ގައުމު ބައިވެރި ނުކޮށް ކުރާ މަސައްކަތް ވެގެން ދާނީ ތާކުންތާކު ނުޖެހޭ މަސައްކަތެއް ކަމުގައެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

18 މެއި 2017
ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
20 ފެބުރުއަރީ 2017

ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ

20 ފެބުރުއަރީ 2017
ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު