Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއދ. ގެ އާންމު މަޖިލީސް

އދ. ގެ އާންމު މަޖިލީހުގައި މިފަހަރު ޕުޓިން ބައިވެރިވެވަޑައިނުގަންނަވާނެ

ދަތުރަށް ތައްޔާރުކުރުމަށް ޕުޓިން އަންގަވާފައެއް ނުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 އޯގަސްޓު 2022 | އަންގާރަ 22:02
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން

މި އަހަރު ސެޕްޓެމްބަރުގައި އެމެރިކާގެ ނިއުޔޯކުގައި އޮންނަ އދ. ގެ އާންމު މަޖިލީހުގައި ޕުޓިން ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ރަޝީއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕެސްކޯފް ވިދާޅުވެއްޖެއެވެ.

ދިމިތްރީ ޕެސްކޯފް ވިދާޅުވީ ރަޝިއާގެ ރައީސްގެ ހައިސިއްޔަތުން އދ. ގެ އާންމު މަޖިލީހުގެ 77 ވަނަ ސެޝަންގައި މެމްބަރުންނާ މުޚާތަބުކޮށް އިއްވާނެ ތަގުރީރެއް ޕޫޓިން ތައްޔާރު ނުކުރައްވާ ކަމަށެވެ. އދ. ގެ އާންމު މަޖިލީހުގެ "ހައި ލެވެލް މީޓިން" އޮންނާނީ ނިއުޔޯކުގައި ހުންނަ އދ. ގެ ހެޑްކުއާޓަރުގައި ސެޕްޓެމްބަރު މަހުގެ 20ން 26ށެވެ.

ރަޝިއާގެ ވަފުދާ އެކު އިސް ވެރިއެއް ގޮތުގައި އާންމު މަޖީލީހުގައި ބައިވެރިވެ ވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ކަމަށް ދިމިތްރީ ޕެސްކޯ ވިދާޅުވިއެވެ. ހައި ލެވެލް މީޓިންގެ އާންމު އުސޫލަކީ ގައުމެއްގެ އިސް ވެރިޔަކު އެއީ ރައީސް، ނައިބު ރައީސް ނުވަތަ މިނިސްޓަރުން ފެންވަރުގެ ބޭފުޅަކު ވަޑައިގެން ސެޝަނަށް ތަގުރީރު ކުރެއްވުމެވެ. ދަތުރަށް ތައްޔާރު ކުރުމަށް އަންގަވާފައި ނުވާ ކަމަށް ވެސް ތަރުޖަމާން ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގައި ޕުޓިން ބައިވެރިވެވަޑައިނުގަތުމަށް ނިންމާފައިވާއިރު މިއަހަރު އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ވަނީ ސަސްޕެންޑްކޮށްފައެވެ. އދ ގެ ހިއުމަން ރައިޓްސް ކޮމިޝަނުން މެމްބަރުން ސަސްޕެންޑް ކުރުމަކީ ވަރަށް މަދުން ނޫނީ ނުވާކަމެކެވެ. 2011 ވަނަ އަހަރު އެކައުންސިލުން ލީބިޔާ ވަނީ ސަސްޕެންޑްކޮށްފައެވެ. އެއީ ގައުމުގައި މުޒާހަރާކުރި އާންމުންނާ ދެކޮޅަށް ނަހަމަ ގޮތުގައި ބާރުގެބޭނުންކުރުމާ ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!

30 އެޕްރީލު 2017
އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
22 އެޕްރީލު 2017

ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި

22 އެޕްރީލު 2017
ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
01 އެޕްރީލު 2017

ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

01 އެޕްރީލު 2017
ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު