Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިއާ ހަނގުރާމަ

އެމެރިކާއިން އިތުރު 4.5 ބިލިއަން ޑޮލަރު ޔޫކްރެއިނަށް

ފައިސާ ބޭނުން ކުރާނީ ޔޫކްރެއިން ސަރުކާރުގެ ހިދުމަތްތަކާއި ޕެންޝަަން ފޯރުކޮށްދިނުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 އޯގަސްޓު 2022 | އަންގާރަ 21:58
ޔޫކްރެއިން ރަޝިއާ ހަނގުރާމަ: ޔޫކްރެއިންގެ އިމާރާތްތައް ބިމާ ހަމަވަނީ

ޔޫކްރެއިން ރަޝިއާ ހަނގުރާމަ: ޔޫކްރެއިންގެ އިމާރާތްތައް ބިމާ ހަމަވަނީ

ވާރލްޑް ބޭންކު މެދުވެރިވެރިކޮށް އެމެރިކާ އިން އިތުރު 4.5 ބިލިއަން ޑޮލަރުގެ އެހީ ޔޫކްރެއިނަށް ދިނުމަށް ނިންމައިފިއެވެ.

ވާރލްޑް ބޭންކުން ނެރުނު ބަޔާނުގައި ބުނީ އެ ފައިސާ ބޭނުން ކުރާނީ ޔޫކްރެއިން ސަރުކާރުގެ ހިދުމަތްތަކާއި ޕެންޝަަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެމެރިކާއިން ޖުމްލަ 8.5 ބިލިއަން ޑޮލަރުގެ އެހީ ޔޫކްރެއިނަށް ކަނޑައަޅާފައިވާއިރު، އާދީއްތަ ދުވަހު ވާރލްޑް ބޭންކް މެދުވެރިކޮށް އިއުލާން ކުރި 4.5 ބިލިއަން ޑޮލަރު ދޭނީ އޯގަސްޓް މަހުގެ ތެރޭގަައެވެ.

ވާރލްޑް ބޭންކް މެދުވެރިވެރިކޮށް އެމެރިކާ އިން ޔޫކްރެއިނަށް އެހީވުމަށް ނިންމާފައިވާއިރު ޖީ7 އަދި އީޔޫއިން ވެސް ވަނީ 29.6 ބިލިއަން ޑޮލަރުގެ އެހީ ކުރިއަަށް އޮތް ތަނުގައި ފޯރުކޮށްދޭނެ ކަމަަށް ބައެއް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އީޔޫއިން އެޖަމްއިއްޔާގެ 7 އަހަރުގެ ބަޖެޓުން އަސްކަރީ ހަރަކާތްތަކަށް ޚަރަދުކުރުމަކީ އާންމުކޮށް އެޖަމިއްޔާއިން ކުރާކަމެއް ނޫނެވެ. ނުވަތަ އެކަމަށް ހުއްދަ އޮންނަ ކަމެއް ނޫނެވެ. އެހެންނަމަވެސް އެޖަމްއިއްޔާގެ ޔޫރަޕިއަން ޕީސް ފެސިލިޓީން އަސްކަރީ ހަރަކާތްތަކަށް ޚަރަދުކުރުމަށް 5 ބިލިއަން ޔޫރޯގެ ބަޖެޓެއް ކަނޑައަޅާފައިވެއެވެ.

އީޔޫއިން އެންމެ ފުރަތަަމަ ޔޫކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށް އެއްބަސްވެފައިވަނީ ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފެށުނުތަނުންނެވެ. އެހެންކަމުން 5 މަސް ދުވަހުގެ ތެރޭގައި އެޖަމިއްޔާއިން 7 އަރަހަށް ކަނޑައަޅާފައިވާ ބަޖެޓެއްގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއްގެ އެހީ ޔޫކްރެއިނަށް ފޯރުކޮށްދިނުމާއެކު، ހަނގުރާމަ ދިގުލައިގެންދާނަމަ އެޖަމިއްޔާއިން ޔޫކްރެއިނަށް އެހީ ފޯރުކޮށްދެމުންދާނީ ކިހިނެއްތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ހަނގުރާމަ ދިގުލައިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަން ފާހަގަކުރައްވައި އީޔޫގެ ޓޮޕް ޑިޕްލޮމެޓެއް ކަމަށްވާ ޖޯސެޕް ބޮރެލް ވަނީ، އެޖަމިއްޔާއިން ޔޫކްރެއިނާއެކު ވާނެކަމަށް ވިދާޅުވެފައެވެ. އަދި މިހަފުތާގެ ތެރޭގައި އީޔޫގެ ގައުމުތަކުން ރަޝިއާގެ ރަނުގެ އިމްޕޯޓަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމަށް އުންމީދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

ހުޅަނގުގެ ގައުމުތަކުން މިހާތަނަށް އައިއިރު ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެގައުމުގެ ސެންޓްރަލް ބޭންކާއެކު މާލީ މުއާމަލާތްތައް ކުރުން ހުއްޓާލުމާއި، ބޭންކްގެ އެސެޓްތައް ފްރީޒް ކުރުމާއި، ރަޝިއާއާއެކު އައު އިންވެސްޓްމެންޓްތައް ކުރުން ހުއްޓާލުމުގެ އިތުރުން ރަޝިއާގެ ތެލަށް އެމްބާގޯ އިއުލާނުކުރުން ހިމެނެއެވެ.

މިފިޔަވަޅުތަކާއި އަދި އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް ރަޝިއާއިން ޔޫކްރެއިންގައި ކުރިއަށްގެންދާ އަސްކަރީ ޚާއްސަ އޮޕަރޭޝަން ހުއްޓާނުލައި ކުރިއަށްގެންދާނެކަމަށް ރަޝިއާގެ ރައީސް ވިޑްމިއަރ ޕުޓިން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު