Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރަށު ހިޔާނާތުގެ މައްސަލަ

އެމްއެމްޕީއާރްސީ ހިޔާނާތް ހިންގީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ދަރަނި ދެއްކުމަށް: ހެކިވެރިޔާ

އެމްއެމްޕީއާރްސީގެ މުޅި މައްސަލައަކީ ރޭވިގެން ހިންގާފައިވާ ބޮޑު ސްކޭމްއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 އޯގަސްޓު 2022 | އަންގާރަ 07:30
ވ. އާރަށު ޚިޔާނާތުގެ މައްސަލައިގައި ބޭއްވި އަޑުއެހުމުގެތެރެއިން

ވ. އާރަށު ޚިޔާނާތުގެ މައްސަލައިގައި ބޭއްވި އަޑުއެހުމުގެތެރެއިން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ ކޯޓުގައި ކުރިއަށްދަނީ ރައީސް ޔާމީން އާއި، ޔޫސުފް ނައީމްގެ ދައުވާތައް އެކުއެކީގައެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

މި އަޑުއެހުމުގައި ރައީސް ޔާމީންގެ ގާތް އެކުވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ހެއްކެއްގެ ގޮތުގައި ވަނީ ހުށައަޅާފައެވެ.

އޭނާއަކީ 1992 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ޚިދުމަތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. އޭނާ އަދާކުރެއްވި ވަޒީފާގެ ގޮތުން އޭރުވެސް ރައީސް ޔާމީން އާއިއެކު ވަނީ މަސައްކަތް ކުރައްވާފައެވެ. ސިޔާސީ މަސައްކަތްތަކުގައިވެސް އެކި މިންވަރަށް ރައީސް ޔާމީން އާއިއެކު މަސައްކަތް ކުރެއްވިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވަނީ ރައީސް ޔާމީން ސްޓެލްކޯގެ ޗެއަރމަން އަކަށް އުޅުއްވިއިރުވެސް އެކުގައި މަސައްކަތް ކުރައްވާފައެވެ. އަދި މަޖިލިސް މެމްބަރުކަންވެސް އޭނާ ވަނީ 16 އަހަރު ކުރައްވާފައެވެ. އެއީ މ އަތޮޅު ތަމްސީލު ކުރެއްވުމަށެވެ.

އޭނާ މަޖިލިސް މެމްބަރުކަން ކުރެއްވި މުއްދަތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައިވެސް ރައީސް ޔާމީނު އާއި އެކުގައި ވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން ޤައުމީ ސަލާމަތުގެ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގައި އެކުގައި މަސައްކަތް ކުރެއްވިއެވެ.

އޭނާ ވަނީ މާލިއްޔަތު ކޮމިޓީގެ މުޤައްރިރުކަމާއި މަޖިލީހުގެ ނައިބްރައީސްކަންވެސް ކުރައްވާފައެވެ.

އޭގެ އިތުރުން، 2013 ގެ އިންތިޚާބުގައިވެސް ރައީސް ޔާމީން އާއިއެކު ވަރަށް އެކުގައި މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން ކެމްޕޭނުގެ ކަންކަމުގައި އޭނާ އިސްކޮށް އުޅުއްވާފައިވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެމްޕޭންގެ ފައިސާގެ ކަންކަމުގައި އުޅެނީ ވަކި ބަޔެކެވެ. އެގޮތުން ފައިސާގެ ކަންކަމާއި ފައިސާ ހޯދުން ފަދަ ކަންކަމަށް ވަކި ބަޔަކު ތިބޭކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފައިސާ ހޯދުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު އެންމެ އިސްކޮށް އުޅުއްވި ކަމަށާއި، މޫސާ ޒަމީރުއާއި، މަރުޙޫމް މުޙައްމަދު މަނިކުވެސް ފައިސާ ހޯދުމާއި ފޯރުކޮށްދިނުމުގައި އުޅުއްވިކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭނާގެ ހާޒިރުގައި އަދީބު ދޫވެއްސަށް 15 މިލިއަން ރުފިޔާ ގެނެސްދިން ކަމަށެވެ. އާންމުކޮށް އަދީބު ފައިސާ ހޯދަމުން ދިޔައީ ޗެކް ދީފައި ކަމަށާއި، އެއީވެސް އެގޮތަށް މަޤްބޫލު ވިޔަފާރިވެރިއެއްގެ އަތުން ހޯދި ޗެކެއްކަމަށް ވިދާޅުވިއެވެ.

އެ ފައިސާ ގެނެސްދެއްވީ ކެމްޕޭނަށް ފައިސާއަށް ބޭނުންޖެހިފައިވާތީކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އާއި ބައްދަލުކުރެއްވި ކަމަށާއި އަދީބު، އެކި ތަންތަނުންނާއި ވިޔަފާރިވެރިނާއި، މީސް މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދަނީ ރައީސް ޔާމީނަށް އެނގިވަޑައިގެންތޯ ސުވާލުކުރެއްވި ކަމަށެވެ. އެފައިސާ ރައީސް ޔާމީނަށް ބަރާބަރަށް ހަމައަށް ލިބޭތޯ ސުވާލުކުރެއްވި ކަމަށް ނާޒިމް ވިދާޅުވި އެވެ. 

އަދީބު އެގޮތަށް ނަގާ ފައިސާ ހަމައަށް ލިބޭ ކަމަށާއި، ވިޔަފާރިވެރިންގެ އަތުން ނަގާ ފައިސާވެސް ބަރާބަރަށް ލިބޭ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށާ އަދީބަށް ފައިސާ ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ އެންމެ ވަރުގަދަ ހަތަރު ވިޔަފާރިވެރިން ހިމެނޭ ކަމަށް ރައީސް ވިދާޅުވި ކަމުގައި ނާޒިމް ފާހަގަ ކުރެއްވިއެވެ.

އެމްޕީއެލްއަށް ޑޮލަރު ގަތުމުގެ ނަމުގައި އެމްއެމްޕީއާރުސީން އަދީބު މެދުވެރިވެ ހިންގި ވައްކަމާއި ގުޅޭ ގޮތުންވެސް ރައީސް ޔާމީން އާއި ސުވާލު ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އަދީބު ނެންގެވި ފައިސާ ޖަމާވި އެއް އެކައުންޓަކީ ޔާމީންގެ ކެމްޕޭނަށް ޗެކް ދެއްވި ވިޔަފާރިވެރިއެއްގެ އެކައުންޓުކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ޔާމީނު ކެމްޕޭނަށް ނެންގެވި ދަރަނި ދެއްކެވީ ރައްޔިތުންގެ ފައިސާއިން ކަމަށެވެ.

އެކަންކަން ވަގުތުން ހުއްޓުވުމަށް ރައީސް ޔާމީނު އަރިހުގައި ދެންނެވިކަމަށް އޭނަ ވިދާޅުވިއެވެ. އޭރު ރައީސް ޔާމީނު އެކަށީގެންވާ ފިޔަވަޅު އެޅުއްވިނަމަ 5 މިލިއަން ޑޮލަރުން ފެށިފައި އޮތް ޚިޔާނާތެއް، 70 މިލިއަނަށް އަރައިގެން ނުދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނަތް އުފަންވީވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ދަރަނި ދެއްކުމުގެ ތެރެއިން ކަމަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން އަދީބު 5 މިލިއަން ޑޮލަރަށްވާ، 77.1 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށާއި، އެފައިސާގެ ތެރެއިން ބައެއް، ނުވަތަ ޖުމްލަ 77.1 މިލިއަން ރުފިޔާ، ރައީސް ޔާމީން އަށް ލިބިވަޑައިގަތްތޯ ސުވާލުކުރެއްވިކަމަށް ނާޒިމް މީގެ ކުރިންވެސް ވިދާޅުވެފައިވެއެވެ.

100 ޕަސެންޓް ސަރުކާރުގެ ޙިއްސާ އޮންނަ ކުންފުންޏަކުން އަދީބު ފައިސާ ނަގާނީ ކިހިނެތްތޯއާއި އެކަމެއް ނުކުރެވޭނެކަމަށް ރައީސް ޔާމީނު ވިދާޅުވިކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ.

އިތުރު ބައެއް ޙާދިސާތައް ހިއްސާ ކުރައްވައި އޭނާ ވިދާޅުވީ، މ އަތޮޅުގައި ހިމެނޭ 3 ފަޅެއްގެ ފައިސާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވިކަމަށެވެ. އެކަންވެސް ރައީސް ޔާމީނުގެ ސަމާލުކަމަށް ބަޔަކު ގެނެސްފައިވާކަން އެނގޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭނާއަކީ މިހާރު ރައީސް ޔާމީނުގެ ގާތް އެކުވެރިއެއް ނޫން ކަމަށެވެ. އެގޮތުން އޭނާ ޖަލަށް ލީ ދުވަހުން ފެށިގެން ރައީސް ޔާމީނާ ގުޅުމެއް ނޯންނަކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބެއްގެ ގޮތުން އޭނާ ވިދާޅުވީ، އެއް ހަރަކުން ދެ ފަހަރަށް ކަށި ޖަހަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އެހެންނަމަވެސް، އޭނާ ރައީސް ޔާމީން އާއި އަދާވަތްތެރިކަމެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، 2013 ގެ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީނު ޚަަރަދު ކުރެއްވި ފައިސާގެ ސީދާ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ އެމްއެމްޕީއާރްސީގެ މުޅި މައްސަލައަކީ ރޭވިގެން ހިންގާފައިވާ ބޮޑު ސްކޭމް އެއްކަމަށް ގަބޫލު ކުރައްވާކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު