Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ލަންދޫއިން ފަށާގޮތަށް ނިންމައިފި

ދެވަނަ އެޑިޝަން، ފުރަތަމަ އެޑިޝަނަށްވުރެ ފުރިހަމަވާނެ ކަމަށް ރާއިދު ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 9 އޯގަސްޓު 2022 | އަންގާރަ 02:14
ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވި ފަތުރުވެރިންތަކެއް

ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވި ފަތުރުވެރިންތަކެއް

ލޯކަލް ޓޫރިޒަމަށް ހާއްސަކޮށްގެން މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށްގެންދާ ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު" ގެ ދެވަނަ އެޑިޝަން ފަށާ ރަށެއްގެ ގޮތުގައި ނ. ލަންދޫ ކަނޑައަޅައިފިއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވީ 2023 ވަނަ އަހަރުގެ މަރޗް 1-13 އަށް ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ކުރިއަށްދާނެ ކަމަށެވެ. އެގޮތުން، މިފަހަރު ޔޮޓުތައް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުން ފެށިގެން އަރިއަތޮޅުގެ ރަށްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއިދު ވިދާޅުވީ ދަތުރު ފެށުމަށް ނ. ލަންދޫ ޚިޔާރު ކުރެއްވީ ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަނުގައި ވެސް ގިނަ ބަޔަކު އެ ރަށަށް ދާން ބޭނުންވާކަން ފާހަގަ ކޮށްފައިވާތީއެވެ. އަދި އެރަށަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށާ މެރިން އެކްސްޕޯގައި ލޯންޗު ކުރާނެ ކަމަށް ވެސް ރާއިދު ވިދާޅުވިއެވެ. މި އެކްސްޕޯގައި ސަވާދިއްތަ ދަތުރުގެ ދެވަނަ އެޑިޝަނުގައި ދާނެ ރަށްތައް ވެސް އެނގިގެންދާނެ ކަމަށް ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން، ފުރަތަމަ އެޑިޝަނަށްވުރެ ފުރިހަމަ ވާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ އެޑިޝަންގައި ބައެއް މައްސަލަތައް ދިމާވި ނަމަވެސް އެފަދަ މައްސަލައެއް ދިމާވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދެވަނަ އެޑިޝަން ބާއްވަނީ ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ސަރަހައްދެއްގައި ކަމަށްވުމުން ފަތުރުވެރިންނަށް ވެސް ގިނަ ފުރުސަތުތައް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ހަރަކާތްތަކުގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޤައުމުތަކާއެކު މަޝްވަރާކޮށް، ރާއްޖޭގައި މިފަދަ ރެލީއެއް ބޭއްވޭނެ އެންމެ ރަނގަޅު ގޮތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް ރާއިދު ވިދާޅުވިއެވެ.

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަންގެ ކަންކަން މިހާރު ކުރިއަށްދާއިރު އެ ހަރަކާތް ކުރިއަށްގެންދަން ނިންމާފައިވާ ރަށްތަކުގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަން ރާއިދު ފާހަގަކުރެއްވިއެވެ. އެގޮތުން، ނ. އަތޮޅުން އަރިއަތޮޅާ ހަމައަށް މީހުން ދިރިއުޅޭ 9 ރަށަކަށާއި 2 ފަޅުރަކަށް ޔޮޓުތައް ދަތުރުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ ފަޅު ރަށްތަކަަށް ދަނީ ކޭމްޕް ކުރާ ގޮތަށްކަމަށާއި ފުރަތަމަ އެޑިޝަނާ އެއްގޮތަށް، ގާލާ ނައިޓް ބާއްވާނީ ރިސޯޓެއްގައި ކަމަށެވެ.

ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަނުގައި ޔޮޓުތައް ދަތުރުކޮށްފައިވަނީ ހއ. އިން ފެށިގެން ނ. އަތޮޅާ ހަމައަށެވެ. މި ދަތުރުގެ ޑޮކިއުމަންޓްރީއެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު މީގެ ސަބަބުން އެ ދަތުރުގެ ބައިވެރިން ދިޔަ ރަށްތައް ވަރަށް ބޮޑަށް އިޝްތިހާރުވެގެންދާނެ ކަމަށް އެމްއައިޓީޑީސީއިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ ޓާރމްގެ ކިޔެވުން މިއަދު ފަށައިފި

ދެވަނަ ޓާރމްގެ ކިޔެވުން މިއަދު ފަށައިފި

18 ޖޫން 2017
ދެވަނަ ޓާމްގެ ކިޔެވުން ޖޫން 18 ގައި!

ދެވަނަ ޓާމްގެ ކިޔެވުން ޖޫން 18 ގައި!

08 ޖޫން 2017
ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!

ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!

20 މެއި 2017
ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު

ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު

20 މެއި 2017
ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

18 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު