Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕޮލިސް އެކަޑަމީ

ޕޮލިސް އެކަޑަމީގެ ތަމްރީނުތައް ފަށައިފި

6 އޯގަސްޓު 2022 | ހޮނިހިރު 15:28

ކޯސް ފަށާފައި ވަނީ 197 ރެކްރޫޓުންނާއެކު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 އޯގަސްޓު 2022 | ހޮނިހިރު 15:28
އައްޑޫ ޕޮލިސް އެކަޑަމީގެ ތަމްްރީނުތައް ފެށުން

އައްޑޫ ޕޮލިސް އެކަޑަމީގެ ތަމްްރީނުތައް ފެށުން

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ގާއިމްކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުންގައި ރަސްމީކޮށް ތަމްރީނުތައް ފަށައިފިއެވެ.

އެތަނުގައި ހޮނިހިރު ދުވަހު ފަށާފައިވަނީ ފުލުހުންގެ 34 ވަނަ ތަމްރީނު ކޯހެވެ. މި ކޯސް ފަށާފައި ވަނީ 197 ރެކްރޫޓުންނާއެކުއެވެ. މިއީ މި އެކަޑަމީ ހުޅުވި ފަހުން ފުރަތަމަ ފަހަރަށް އެތަނުގައި ބާއްވާ ތަމްރީނުތަކެވެ.

Advertisement - newsAdvertisement

ކޯސްތައް ފެށުމާއި ގުޅިގެން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ ކޯސްތައް ފަށާފައިވަނީ ކަރިކިއުލަމް މުރާޖައާ ކުރުމަށްފަހު ފުލުހުންގެ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާ ކުރިމަތިލެވޭނެ ގޮތަށް ކަމަށެވެ.

މިދިޔަ މާޗް މަހު މި ކޮލެޖު ހުޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހު އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އާއި ދެ ބޭފުޅުންނެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ގާއިމްކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ރަމްޒު ކޮށްދެނީ ރާއްޖެ އާއި އިންޑިއާއި އާދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރް ވަނީ ވިދާޅުވެފައެވެ.

ޖައިޝަންކަރް ވިދާޅުވީ މި ގާއިމްކުރެވުނު އިންސްޓިޓިއުޓް އަކީ މިސަރަހައްދުގައި ފާހަގަކޮށްލެވޭ އިންސްޓިޓިއުޓް އަކަށް ވާނެ ކަމަށެވެ. އަދި މިތަނުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ވަރުގަދަ ފުލުހުންގެ ފައުޖެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޖައިޝަންކަރު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށެވެ. އެގޮތުން މަޝްރޫއުތައް ހިންގަމުންދަނީ ރާއްޖެއާއި، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. އިންޑިޔާ ސަރުކާރުގެ އެހީގައި އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމްކުރާ ޕޮލިސް ސްޓޭޝަންތަކަށް އިޝާރަތް ކުރައްވާ ޖައިޝަންކަރު ވިދާޅުވީ މަޝްރޫއަށް ބޭނުންވާ 40 މިލިއަން ޑޮލަރުގެ ފައިނޭންސް އެގްޒިމް ބޭންކުން މިހާރު ދޫކޮށްފައިވާ ކަމަށާއި އެ މަޝްރޫއުގައި އެކި ރަށްތައް ހިމެނޭ ގޮތަށް 61 ޕޮލިސް ސްޓޭޝަނެއް ގާއިމުކުރާނެ ކަމަށެވެ.

އައްޑޫ ޕޮލިސް އެކަޑަމީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2023

34 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ އެންމެ މޮޅު ދަރިވަރަކީ މިސްދާދު

14 ޖެނުއަރީ 2023
34 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ އެންމެ މޮޅު ދަރިވަރަކީ މިސްދާދު
07 ނޮވެމްބަރު 2021

ފުލުހުންގެ ޓްރެއިނިންގ ސެންޓަރު އަންނަ އަހަރުގެ މާޗް މަހުގެ 29ގައި ހުޅުވަނީ

07 ނޮވެމްބަރު 2021
ފުލުހުންގެ ޓްރެއިނިންގ ސެންޓަރު އަންނަ އަހަރުގެ މާޗް މަހުގެ 29ގައި ހުޅުވަނީ
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް