Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނެންސީ ޕެލޯސީގެ ޓައިވާން ދަތުރުފުޅު

ޗައިނާ-ޓައިވާން-އެމެރިކާގެ ތިނެސްކަން ގުޅުމުގައި ޕެލޯސީގެ ދަތުރުފުޅު

މަސްރަހު ހޫނުވެފައިވަނިކޮށް ޕެލޯސީ ވަނީ ޓައިވާންގެ ސަރުކާރަށް ތާއީދުކުރައްވައި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުންނާ ބައްދަލުކުރައްވާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2022 | ހޮނިހިރު 06:15
ނޭންސީ ޕެލޯސީއަކީ، މީގެ 25 އަހަރު ކުރިން އެމެރިކާގެ އޭރުގެ ގާނޫނު މަޖިލީހުގެ ރައީސް ނިއުޓް ގިންގްރިޗް ޓައިވާނަށް ވަޑައިގެންނެވި ފަހުން، ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ އެންމެ އިސް އޮފިޝަލް

ނޭންސީ ޕެލޯސީއަކީ، މީގެ 25 އަހަރު ކުރިން އެމެރިކާގެ އޭރުގެ ގާނޫނު މަޖިލީހުގެ ރައީސް ނިއުޓް ގިންގްރިޗް ޓައިވާނަށް ވަޑައިގެންނެވި ފަހުން، ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ އެންމެ އިސް އޮފިޝަލް

ޗައިނާއިން އެކަމާ ދެކޮޅަށް ވަރުގަދަ އިންޒާރުތަކެއް ދީފައިވަނިކޮށްވެސް, އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާއެކު ފެނިގެން ދިޔައީ، ޓައިވާން ހިމެނޭ ސަރަހައްދުގައި ޗައިނާގެ އަސްކަރިއްޔާއިން ލައިވް ވަޒަން ބޭނުންކޮށްގެން ތަމްރީނުތަކެއް ފެށި މަންޒަރެވެ. ޓައިވާން ކަނޑުއޮޅި ބަންދުކުރުމުގެ އިތުރުން، އެމެރިކާގެ މަންދޫބު ހާޒިރުކުރި މަންޒަރުވެސް ފެނިގެންދިޔައެވެ.

ނޭންސީ ޕެލޯސީއަކީ، މީގެ 25 އަހަރުކުރިން އެމެރިކާގެ އޭރުގެ ގާނޫނު މަޖިލީހުގެ ރައީސް ނިއުޓް ގިންގްރިޗް ޓައިވާނަށް ވަޑައިގެންނެވި ފަހުން، ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ. ޗައިނާގެ ރައީސް ޝީ ޖީންޕިންގގެ ރައުޔާ ޚިލާފަށް، ޓައިވާންގެ ޑިމޮކްރަސީއަށް އެމެރިކާއިން ހަރު އަޑުން ވަކާލާތުކުރެއެވެ. އެމެރިކާ ސަރުކާރަށްވުރެ، ގާނޫނު ހަދާ މަޖިލީހުގައި އެ އަޑު ވަކިން ގަދައެވެ.

ޓައިވާންގެ ދިފާއަށް އެހީވުމަށް އެމެރިކާއަށް ގާނޫނީ އިމުގެ ތެރެއިން ހުއްދަ ލިބިފައި އޮތެއްކަމަކު، ޗައިނާއިން ވަރުގަދަ އިންޒާރުތަކެއް ދެމުން ދަނިކޮށް، ޕެލޯސީ ޓައިވާނަށް ވަޑައިގެންނެވިކަމާމެދު އެމެރިކާގެ ސަރުކާރުވެސް އޮތީ ހިތްހަމަ ނުޖެހިފައެވެ. ރައީސް ޖޯ ބައިޑަންވެސް ވަނީ ޓައިވާނަށް ވަޑައިގަތުމަށް ޕެލޯސީ ނިންމެވި ނިންމެވުން ކުށްވެރިކުރައްވާފައެވެ.

23 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޓައިވާން އޮންނަނީ ޗައިނާގެ އައްސޭރިފަށުން 112 މޭލު ބޭރުގައެވެ. މިނިވަން ޑިމޮކްރަޓިކް ގައުމެއްގެ ގޮތުގައި އަމިއްލަ ޝަޚްސު ތައާރަފުކޮށްދެމުންދާ ޓައިވާންގައި އަމިއްލަ ލީޑަރެއް ހުންނަވައެވެ. އަމިއްލަ ގާނޫނަކާއި، ސިޔާސީ ނިޒާމެއްގެ އިތުރުން އަމިއްލަ އަސްކަރިއްޔާއެއްވެސް އޮވެއެވެ.

ނަމަވެސް، ކޮމިއުނިސްޓް ޗައިނާއިން ގަބޫލުކުރާގޮތުގައި, ޓައިވާނަކީ ޗައިނާއިން ވަކިވެގަނެގެން އުޅޭ އެ ގައުމުގެ ބައެކެވެ. ކޮންމެވެސް ދުވަހަކުން ޗައިނާގެ ދަށަށް ޓައިވާން ގެންދެވޭނެކަމަށް ޗައިނާއިން ގަބޫލުކުރެއެވެ. އެކަން ހާސިލުކުރަން ބާރުގެ ބޭނުން ހިފުމަށްވެސް ޗައިނާ އޮތީ ތައްޔާރަށެވެ.

މިއީ ޗައިނާއިން ގެންގުޅޭ "ވަން ޗައިނާ" ސިޔާސަތެވެ. ބެއިޖިންގގައި ހިންގަމުންދާ ސަރުކާރަކީ ޗައިނާގެ އިޚްތިސާސް ހިނގާ ހުރިހާ ތަނެއްގެ މައްޗަށް ވެރިކަން ހިންގާ ސަރުކާރު ކަމުގެ ސިޔާސަތެވެ.

އެމެރިކާއިން ކޮންމެވެސް ވަރަކަށް މި ސިޔާސަތު ބަލައިގަނެއެވެ. އެހެން ކަމުން، ޓައިވާނަކީ މުޅިން މިނިވަން ގައުމެއް ކަމަކަށް އެމެރިކާއިން ގަބޫލެއްނުކުރެއެވެ. އދ.ގެ ރައުޔާވެސް އެއްގޮތަށެވެ. ނަމަވެސް ޓައިވާންގައި ޑިމޮކްރަސީ ނެގެހެއްޓުމަށް އެމެރިކާއިން އިންތިހާއަށް ތާއީދުކުރެއެވެ. ނުރަސްމީ ގުޅުންތައްވެސް ދަމަހައްޓައެވެ. ޖިމީ ކާރޓަރގެ ވެރިކަމުގައި، ޓައިވާންގެ ދިފާއަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށްވެސް އެމެރިކާއިން ވަނީ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ އެއްބަސްވުމެއް އެކުލަވާލާފައެވެ.

ޑިފެންސް އެނަލިސްޓް މައިކަލް ކްލާކް ވިދާޅުވާ ގޮތުގައި، ޓައިވާނާ ވާހަކަދައްކާ ކޮންމެ ގައުމަކަށް ނުވަތަ ކުންފުންޏަކަށް ޗައިނާއިން އަދަބުދެއެވެ. ޓައިވާންގެ މައުލޫއަކީ ޗައިނާއަށް ހައްސާސް މައުލޫއެއް ކަމަށާއި، ޓައިވާނަކީ ޗައިނާ ރުޅިއަރުވާލުމަށްޓަކައި އޮބާލަން ޖެހޭ ފިތް ކަމަށްވެސް ކްލާކް ވަނީ ސިފަ ކުރައްވާފައެވެ.

ޓައިވާނަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ފުޅާ ދާއިރާއެއްގައި ސެމީކޮންޑަކްޓަރ ނުވަތަ ގިނަ ސްމާރޓް ޑިވައިސްތަކުގައި ބޭނުންކުރާ ކަރަންޓު އާލާތް އުފައްދާ ގައުމެވެ. އެޕަލްފަދަ، ހުޅަނގުގެ ވަރުގަދަ ކުންފުނިތަކަށް ސެމިކޮންޑަކްޓަރ އުފައްދައިދެނީ ޓައިވާން ސެމިކޮންޑަކްޓަރ މެނުފެކްޗަރިންގ ކޮމްޕެނީ (ޓީއެސްއެމްސީ)ންނެވެ.

ޗައިނާއިން ޓައިވާން ހިފައިފިނަމަ ބައިނަލްއަގުވާމީ ސަޕްލައިއަށް ބުރޫއަރާނެކަމަށް ޓީއެސްއެމްސީގެ ޗެއަރމަން މާކް ލިއު ވަނީ ވިދާޅުވެފައެވެ. އަދި އެ ކުންފުނިތައް އޮޕަރޭޓް ނުކުރެވޭނެކަމަށްވެސް އޭނާ ވަނީ އިންޒާރު ކުރައްވާފައެވެ.

ނަތީޖާއެއްގެގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެންބަރުން ވަނީ އެމެރިކާގެ ފަސްގަނޑުގައި ސެމީކޮންޑަކްޓަރ އުފެއްދޭނެ ގާނޫނީ މަގު ތަނަވަސްކޮށްދެއްވާފައެވެ. ޗައިނާގެ ހިސާރުކުރުމުން ކުރާނެ އަސަރު ކުޑަކުރުމުގެގޮތުންނެވެ.

ޓައިވާންއަކީ ޗައިނާގެ މުށުތެރެއިން ދެމިގަނެ، މިނިވަން ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ރުހުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ގައުމެކެވެ. ނަމަވެސް ބައިނަލްއަގުވާމީ މައިދާނުގައި، މިނިވަން ގައުމެއްގެ ގޮތުގައި ޓައިވާން ބަލައިގެންފައި ވަނީ މަދު ގައުމަކުންނެވެ. އެމެރިކާއާ ޓައިވާނާ ދެމެދު ރަސްމީ ސިފައެއްގައި ގުޅުން ގާއިމުކޮށްފައި ނުވިނަމަވެސް، އެމެރިކާއަކީ، ބައިނަލްއަގުވާމީ މައިދާނުގައި ޓައިވާންއަށް އެންމެ ފުޅާ ދާއިރާއެއްގައި ތާއީދުކުރާ، އަދި ޓައިވާނަށް އެންމެ ގިނަ އަދަދަކަށް ހަތިޔާރު ފޯރުކޮށްދޭ ބައިވެރިޔާވެސްމެއެވެ.

ޓައިވާންގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ޗައިނާއެވެ. ޓައިވާނަކީ 1949 ވަނަ އަހަރުގެ ދާޚިލީ ހަނގުރާމާގައި ކޮމިއުނިސްޓް ޕާޓީއާ ބައްދަލުކޮށް ބަލިވި ގުރޫޕުން އުފެއްދި ވަކި ސަރަހައްދެކެވެ. ކޮމިއުނިސްޓް ޕާޓީން، ވެރިރަށަކީ ބޭޖިންގކަމުގައި ހަދައި، މައި ޗައިނާ ނުވަތަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެއްދިއެވެ.

މައި ޗައިނާއިން ޓައިވާން ވަކިވުމަށް މަސައްކަތްކުރާނަމަ އަސްކަރީ ފިޔަވަޅު އެޅުމަށް ގާނޫނީ ބާރު ލިބިދޭ ގޮތަށް ޗައިނާގެ ސަރުކާރުން އެ ގައުމުގެ ގާނޫނަށް ބަދަލު ގެނައީ 2005 ވަނަ އަހަރެވެ. 

ޓައިވާންގެ ސަރުކާރުން ބުނާގޮތުގައި އެ ގައުމުގެ ކުރިމަގު ބައްޓަންކުރުމުގެ ބާރު އޮތް ހަމައެކަނި ހައްގުވެރިންނަކީ އެ ގައުމުގެ އާބާދީގައި ހިމެނޭ 23 މިލިއަން މީހުންނެވެ. އަދި އެމީހުން ބޭނުންވަނީ ސުލްހަ ކަމަށާއި، ހަމަލާ ދީފިނަމަ ގައުމު ދިފާއުކުރާނެކަމަށްވެސް ޓައިވާންގެ ސަރުކާރުން ވަނީ ބުނެފައެވެ.

2012 ވަނަ އަހަރު ޗައިނާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޝީ އަމާޒު ހިއްޕަވާފައިވަނީ، 2049 ވަނަ އަހަރު އަންނައިރު މުޅި ދުނިޔޭގެ ކޮންޓްރޯލް ޗައިނާއިން ނެގުމަށެވެ. އެއީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވެރިކަމަށް 100 އަހަރު ފުރޭ މުނާސަބާވެސްމެއެވެ.

މިކަމަކީ އެމެރިކާފަދަ ދުނިޔޭގެ ނުފޫޒުގަދަ ބާރަކަށް ހަޖަމުކުރަން މާ ފަސޭހަ ކަމެއް ނޫނެވެ. ނަތީޖާއެއްގެގޮތުން އެމެރިކާއާއި އެމެރިކާގެ ހުޅަނގުގެ ބައިވެރިން، ޗައިނާއާ ދެކޮޅަށް ނުރަސްމީ އިއްތިހާދުތައް ހަދަންފެށިއެވެ. ޗައިނާއިންވެސް ބަލަން ނޯވެ ރައްދު ހަމަލާތައްދެއެވެ.

ރަޝިއާއިން ޔޫކްރެއިންގައި ކުރަންފެށި ހަނގުރާމައަކީ ދޭދޭ ގައުމުތަކުން އަމަލުކުރަމުން ދިޔަ އުސޫލަށް ބަދަލުގެނުވި ކަމެއް ކަމަށް ސިޔާސީ އަދި ދިފާއީ އެނަލިސްޓުން ސިފަކުރެއެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރައިންގައި ހަނގުރާމަ ފެށި ފަހުން، ޓައިވާންގެ މައްސަލާގައި ޗައިނާއިން އަމަލުކުރަމުންދާ ގޮތަށް ބަދަލު ގެނައެވެ. ކުރީ އިތުރަށް ހަރުކައްޓެވެ. ޗައިނާއިން ވަނީ ހަނގުރާމައިގެ އިންޒާރުވެސް އެމެރިކާއަށް ދީފައެވެ.

މިއިން އެއްވެސް ކަމަކަށް ބެއްލެވުމެއް ނެތި ޕެލޯސީ ޓައިވާނަށް ވަޑައިގަތެވެ. އެތައް ގޮތަކަށް ޗައިނާއަށް ހައްސާސީ ވަގުތެއްގައެވެ. ސަމާލުކަން ދޭންޖެހޭ އިތުރު ކަންތައްތަކެއް ހުއްޓައި، އެމެރިކާއާއި ޗައިނާގެ ކޯޅުންގަނޑަށް ސަމާލުކަން އަނބުރާލުމަށް ޗައިނާއަށް މަޖުބޫރުކުރުވާފަދަ މޭރުމަކުން ކަމުގައިވެސް ސިފަކުރެވިދާނެއެވެ.

ޗައިނާގެ ސަރުކާރުން ކެނޑިނޭޅި އިންޒާރުތައް ދެމުން ދަނިކޮށް، މިދިޔަ އަންގާރަ ދުވަހު ޕެލޯސީ ވަޑައިގެން ހުންނެވީ، ޗައިނާއިން އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރިކަމަށް ވަކާލާތުކުރަމުންދާ ޓައިވާންގައެވެ. ޓައިވާންގެ ސަރުކާރަށް ތާއީދު ކުރައްވައި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުންނާ ބައްދަލުކުރެއްވުމަށެވެ.

އެމެރިކާގެ އޮފިޝަލުން ޓައިވާނަށް ވަޑައިގަތުމަކީ ޓައިވާންގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކަށް ދެވޭ ހިތްވަރެއްކަމަށް ޗައިނާއިން ސިފަކުރެއެވެ.

ނެންސީ ޕެލޯސީނޭންސީ ޕެލޯސީގެ ޓައިވާން ދަތުރުފުޅުއެމެރިކާޗައިނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު