Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރާލާނެކަމަށް ބުނެ އިންޒާރު ދިނުން

މަންމަ މަރާލާނެކަމަށް ބުނި ދަރިއާ ދެކޮޅަށް ހެކި ބަސް ނުދިނުމުން ދަރިފުޅު ސަލާމަތްވެއްޖެ

ދިފާއީ ހެއްކެއްގެ ގޮތުން ސާރިޔާ ޝަރީއަތަށް ހާޒިރުވި ނަމަވެސް، ހެކިބަސްދޭން ބޭނުން ނުވާކަމަށް ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 އޯގަސްޓު 2022 | ހުކުރު 23:58
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

މަންމަ މަރާލާނެކަމަށް ބުނެ ބިރު ދައްކާފައިވާ މައްސަލައެއްގައި، ދައުވާ ލިބޭ ދަރިފުޅާއި ދެކޮޅަށް މަންމަ ހެކިބަސް ނުދިނުމުން އެ ދަރިފުޅު ދައުވާއިން ސަލާމަތްވެއްޖެއެވެ.

މި މައްސަލައަކީ ގދ. ގައްދޫ އަޅިފަށުއިގެ، މުހައްމަދު ޔަޒީންގެ މައްޗަށް ބިރުދެއްކުމުގެ ކުށުގެ ދައުވާއަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމެކެވެ. ބިރު ދެއްކުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ މުހައްމަދު ޔަޒީން 19 އޮކްޓޯބަރ 2018 ވަނަ ދުވަހު އޭނާ ދިރުއުޅުނު ގޭތެރޭގައި ޒުވާބުކޮށް އޭނާގެ މަންމަ ގދ. ގައްދޫ އާޒާދުގެ ސާރިޔާ ހުސައިންދީދީ މަރާލާނަމޭ ބުނެ ބިރުދައްކާފައިވާތީކަމަށް ދައުލަތުން ބުނެއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ޔަޒީން ދައުވާއަށް އިންކާރުކުރުމާއި ގުޅިގެން، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ 3 ޝަފަވީ ހެއްކެކެވެ. އޭގެ ތެރޭގައި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދީފައިވަނީ އެންމެ މީހެކެވެ. އަދި އެމީހާގެ ހެކި ބަހުގައި ޔަގީން، ސާރިޔާ މަރާލާނަމޭ ބުނެފައިވާކަން އެނގެން ނެތްކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އަދި ޝަފަވީ ހެކިންގެ އިތުރުން ދައުލަތުން މައްސަލަ ސާބިތުކުރަން ހުށަހަޅާފައިވަނީ ސާރިޔާ ތަހުގީގަށް ދީފައިވާ ބަޔާނެވެ. އަދި ސާރިޔާ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ނުވާތީއާއި، ދިފާއީ ހެއްކެއްގެ ގޮތުން ސާރިޔާ ޝަރީއަތަށް ހާޒިރުވި ނަމަވެސް، ހެކިބަސްދޭން ބޭނުން ނުވާކަމަށް ބުނެފައިވާތީ، ސާރިޔާ ދީފައިވާ ބަޔާނުގައިވާ ކަންތައްކަށް ބާރުދޭނެ އެހެން ހެތްކެއް ނުވަތަ ގަރީނާއެއް ނެތުމުން، ސާރިޔާ ދީފައިވާ ބަޔާނުގައިވާ ކަންތައްތަކަކީ ހެކި ގަރީނާގެ ގޮތުގައި ޝަރީއަތުން ރިއާޔަތްކުރެވޭނެ ކަންތަކެއް ކަމަށް ނުފެންނަކަމަށް ބުނެފައިވެއެވެ.

އަދި މައްސަލައިގެ ހެކިބަސް ލިބިފައިނުވާ ނަމަވެސް، ހުށަހެޅިފައިވާ ބަޔާންތަކަށް ރިއާޔަތްކޮށްދިނުމަށް ދައުލަތުން އެދިފައިވެއެވެ. ނަމަވެސް ލިބިފައިވާ ހެކިބަހަށް ބަލާއިރު، ބަޔާންތަކުގައިވާ ކަންކަމަށް ބާރުދޭނެ ހެކި ނެތުމުން ހަމައެކަނި ބަޔާންތަކަށް ރިއާޔަތްކޮށް މައްސަލަ ސާބިތުވާކަމަށް ނިންމުމަކީ އިންސާފުވެރިގޮތެއް ނޫންކަމަށް ބުނެފައިވެއެވެ. އަދި ދައުލަތުން ހުށަހެޅި ހެކި ގަރީނާއަށް ބަލާއިރު، ޔަޒީން، ސާރިޔާ މަރާލާނެކަމަށް ބުނެފައިވާކަން ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވެއެވެ. އެހެންކަމުން ދައުވާކޮށްފައިވާ ކުށުގެ މާއްދީ ރުކުން ސާބިތު ނުވެއެވެ.

ދައުވާއާ މެދު ނިންމާފައިވާ ގޮތަކީ ޔަޒީން، ސާރިޔާ މަރާލާނަމޭ ބުނިކަން ސާބިތުވެފައި ނުވާތީ، ޔަޒީންގެ މައްޗަށް ކޮށްފައިވާ ބިރުދެއްކުމުގެ ކުށުގެ ދައުވާ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާކަމަށް ކަނޑައަޅާފައިވެއެވެ.

މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނި ސާރިޔާ މަރާލާނެ ކަމަށް ބުނެ ބިރުދައްކާފައިވާކަން ސާބިތުވެފައި ނުވާތީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މައްދާގެ (ރ) ގެ ދަށުން ޔަޒީންގެ މައްޗަށް ދައުލަތުން ކުޅަ ބިރުދެއްކުމުގެ ކުށުގެ ދައުވާ ސާބިތުވެފައި ނުވާކަމަށް ހުކުމްކޮށްފައިވެއެވެ.  

ގދ. ގައްދޫކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު