Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން

ނިއު ބަލިކޮށް އެލްޓީ އެއްވަނައަށް!

އެލްޓީ ތާވަލުގެ އެއްވަނާގައި އޮތީ 13 ޕޮއިންޓު ހޯދައިގެން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 5 އޯގަސްޓު 2022 | ހުކުރު 13:59
ނިއު އާއި އެލްޓީ ބައްދަލުކުރި މެޗުގެ ތެރެއިން

ނިއު އާއި އެލްޓީ ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއެންޓް ސްޕޯޓްސް ކްލަބު ބަލިކޮށް ލިޓްލް ޓައުން ސްޕޯޓްސް ކްލަބު ގްރޫޕުގެ އެއްވަނައަަށް ޖެހިލައިފިއެވެ.

މުބާރާތުގެ ދެވަނަ ގްރޫޕުގައި މިއަދު ހަވީރު ނިއުއާއި އެލްޓީ ބައްދަލުކުރި މެޗު އެލްޓީން ކާމިޔާބުކުރީ 3-2ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. ދެވަނަ ހާފުގެ 48 ވަނަ މިނެޓުގައި ނިއުއަށް ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ ކޯފީއެވެ. ނަމަވެސް އެލްޓީގެ ހުސައިން ޝުއައިބު ވަނީ މެޗުގެ 59 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެލްޓީއަށް ލީޑު ލިބުނީ ނިއުގެ ޝަމްވީލް މުހައްމަދު އަތުން ބައިކޮޅަށް ލަނޑެއް ވަނުމުންނެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ނިއުގެ ކޯފީ އިތުރު ލަނޑެއް ޖަހާ ނިއުއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެލްޓީ މޮޅުވި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް އިސްމާއިލް ވިފާގުއެވެ.

މި ނަތީޖާއާއެކު އެލްޓީ ތާވަލުގެ އެއްވަނައިގައި އޮތީ 13 ޕޮއިންޓު ހޯދައިގެންނެވެ. ނިއުއަށް ދެވަނަ ލިބެނީ 12 ޕޮއިންޓާއެކުއެވެ. މިއީ މުބާރާތުގައި ނިއު ބަލިވި ފުރަތަމަ މެޗެވެ. ނިއު އަދި އެލްޓީއަށްވެސް ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އެބައޮތެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު