Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޯގާ ހަމަނުޖެހުން

ޝެއިހް ނިޝާންގެ ބަންދަށް އިތުރު ތިން ދުވަސް ޖަހައިފި

ނިޝަން އަކީ މިކަން ރާވައި ހިންގުމުގައި އިސްކޮށް އުޅުނު އެކަކު ކަމަށް ތުހުމަތު ކުރެވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 އޯގަސްޓު 2022 | ހުކުރު 06:48
ޔޯގާ ހަރަކާތުގައި ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝެއިހް އާދަމް ނިޝާން

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝެއިހް އާދަމް ނިޝާން

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝެއިހް އާދަމް ނިޝާންގެ ބަންދަށް އިތުރު ތިން ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

އާދަމް ނިޝާން ހައްޔަރުކުރީ ޖޫން 22 ވަނަ ދުވަހުއެވެ. އެ ފަހުން ބަންދުގެ މުއްދަތު އިތުރުކުރަމުން ގޮސް ޖުލައި 19 ގައި ބަންދަށް 16 ދުވަސް އިތުރުކޮށްފައިވެއެވެ. އެ މުއްދަތު ބުރާސްފަތި ދުވަހު ހަމަވެފައިވާއިރު ކްރިމިނަލް ކޯޓުން ވަނީ އިތުރު ތިން ދުވަސް އަނެއްކާވެސް ޖަހާފައެވެ.

Advertisement - newsAdvertisement

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝެއިހް އާދަމް ނިޝާން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ އަމުރު އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުގައި ކުރިއަށްދާ މައްސަލައެކެވެ. ބުރާސްފަތި ދުވަހު ކުރިއަށްދިޔަ އަޑުއެހުމަކީ މައްސަލައިގެ ޙުކުމް ކުރެއްވުމަށް ބާއްވާ އަޑުއެހުމެވެ.

މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ހުޒައިފާ މުޙައްމަދުއެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހާތިފް ހިލްމީއާއި، ފަނޑިޔާރު ހުސައިން ޝަހީދެވެ.

ފަނޑިޔާރު ހުޒައިފާ މުޙައްމަދު ޙުކުމް އިއްވަވަމުން ވިދާޅުވީ، ބަންދާމެދު ގޮތެއް ނިންމުމަށް ހުށައެޅި ފޯމުގައި އޭނާއަކީ އެކަން ރާވައި ހިންގުމުގައި އިސްކޮށް އުޅުނު އެކަކުކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އެއީ މުޖުތަމައުގެ އަމާންކަމަށް ގެއްލުންވާ ކަންކަން ކަމަށް ބަޔާންކޮށް އޭނާއަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއްކަމަށް ޤަބޫލު ކުރެވޭކަމަށް ތަހުގީގު ކުރި ފަރާތުން ބުނެފައިވާކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

ވުމާއެކު، އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އޭރު ނިންމިއެވެ. ބަންދާއި ގުޅިގެން ދެ ފޯމެއް ހިމެނުނު ނަމަވެސް ޤާނޫނީ އިންޒާރުން ބޭރުން އައު ތުހުމަތެއް އުފައްދާފައިވާކަމަށް ބެލެވެން ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެ އަމުރު ނެރެފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ. އޭގެ އިތުރުން، މި މައްސަލައިގައި ހުށައެޅިފައިވާ އިންޓެލް ރިޕޯޓުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަވާކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އިންޓެލް ރިޕޯޓުގެ އިތުރުން، ވީޑިއޯއާއި ފުލުހުންގެ ބަޔާންވެސް އޭނާއާ ދެކޮޅަށް ހުށައެޅިފައިވެއެވެ. މި ހެކިތަކަށް ބަލާއިރު، އޭނާ ގަލޮޅު ދަނޑު ބޭރު ސަރަޙައްދުގައި ޙަރަކާތްތެރިވިކަމާއި، އެމީހުންނާ މުއާމަލާތުކޮށް ހެދިކަން އެނގޭކަމަށް ކޯޓު އަމުރުގައިވެސް ފާހަގަކޮށްފައިވެއެވެ.

އެ ސަބަބުތަކަށް ރިއާޔަތް ކުރައްވައި ފަނޑިޔާރު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ ޤާނޫނީ އުސޫލުތަކުން ބޭރުންކަމަށް ނިންމެވެން ނެތް ކަމަށެވެ. އެ އަމުރަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް 3 ފަނޑިޔާރުންވެސް އިއްތިފާޤުވެލައްވައެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް އެތަނަށް ވަދެ ބަޔަކު ވަނީ އެތަނުގައި ހުރި ތަކެއްޗާއި ހަރަކާތުގައި ތިބި މީހުންނަށް ހަމަލާ ދީފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުޤީޤުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސއްކަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

މި ޙަރަކާތުގެ ތެރެއިން ހަމަނުޖެހުން އުފެއްދި ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ އިތުރުން، ފުލުހުންގެ އޮޕަރޭޝަންތައް މިހާރަށްވުރެ ރަނގަޅު ކުރުމަށްވެސް މަސައްކަތް ކުރާނެކަން ފުލުހުން ބުނެފައިވެއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް 23 މީހުން ހައްޔަރުކޮށްފައެވެ. ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، މި މައްސަލައާ ގުޅިގެން މީހުން ހައްޔަރުކުރަނީ ޔޯގާއާ ގުޅިގެން ޚިޔާލުފާޅުކުރުމުން ކަމަށް ބުނެ ޚަބަރު ފަތުރަމުންދާކަމަށާއި، ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ މީހުން ހައްޔަރުކުރަނީ ޔޯގާ ހަރަކާތް ކުރިއަށްދިޔައިރު ދައުލަތުން ހިމާޔަތްދޭންޖެހޭ ބަޔަކު ތިބި ތަނަކަށްވަދެ ހަމަނުޖެހުން ހިންގައި ބިރުދެއްކުމާއި އަނިޔާކުރުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލައިގައިކަމަށެވެ.

ޔޯގާ ހަރަކާތް ހުއްޓުވުމަށް ބާރުގެ ބޭނުންކުރުމަށް، އެކަމުގައި އިސްކޮށް އުޅުނު ބައެއް ފަރާތްތަކުން ބާރުއަޅާފައިވާ ކަމަށާއި، ހައްޔަރުކުރި މީހުންގެ ތެރެއިން ބަޔަކު އޭގެތެރޭގައި ހިމެނޭކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ޔޯގާ ޑޭ 2022ކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު