Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގައި މަންކީޕޮކްސް ފެތުރުން

މަންކީޕޮކްސްގެ ނުރައްކާ ބޮޑުވެ އެމެރިކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފި

ވައިޓްހައުސްގެ ފަރާތުން މަނީޕޮކްސްގެ ކަންކަން ކޯޑިނޭޓްކުރައްވާނީ ރޮބަރޓް ފެންޓޮން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2022 | ހުކުރު 06:31
މަންކީޕޮކްސްއަށް ޓެސްޓުކުރުމުގެ މަރުހަލާގެ ތެރެއިން

މަންކީޕޮކްސްއަށް ޓެސްޓުކުރުމުގެ މަރުހަލާގެ ތެރެއިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ މަންކީޕޮކްސް ނުވަތަ މަކުނުވިދުރީގެ ނުރައްކާ ބޮޑުވެ އެމެރިކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފިއެވެ.

އެމެރިކާ ސަރުކާރުން އެކަން އިޢުލާން ކުރީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެ ގައުމުގެ ޑިޕާޓްމެންޓް އޮފް ހެލް އެންޑް ހިއުމަން ސަރވިސަސް އިން ނެރުނު ބަޔާނެއްގައެވެ. މީގެ ކުރިން ނިއު ޔޯކާއި، ސެން ފްރެންސިސްކޯ އަދި ކެލިފޯނިޔާ ހިމެނޭހެން އެމެރިކާގެ ބައެއް ސަހަރުތަކުގައި މަންކީޕޮކްސް އަކީ ސިއްހީ ނުރައްކަލެއްގެ ގޮތުގައި ވަނީ ނިންމާފައެވެ. އެއާއެކު އެ ސަރަހައްދުތަކުގައި މި ބަލި ފެތުރުން ހުއްޓުވުމަށް ހޭދަކުރާ މިންވަރު އިތުރުކޮށް، އެކަމަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މަންކީޕޮކްސް އާއި ގުޅުން ހުރި ވައިޓް ހައުސްގެ ފަރާތުން ކަންކަން ވިލަރެސްކުރުމަށް ރޮބަރޓް ފެންޓޮން ހަމަޖައްސަވާފައެވެ. ފެންޓޮން އަކީ އެރިޒޯނާ، ކެލިފޯނިއާ، ހަވާއީ އަދި ނެވާޑާގެ ކަންކަން ބަލަހައްޓަވަމުންގެންދަވާ ފެޑަރަލް އެމަޖެންސީ އެޑްމިނިސްޓްރޭޓަރެވެ. ކުރިއަށް އޮތްތަނުގައި މަންކީޕޮކްސް އާއި ގުޅުން ހުރި ކަންކަމުގައި ސަރުކާރުން އިޖާބަދޭނެ ގޮތް ކޯޑިނޭޓްކުރުމުގެ މަސައްކަތް ކުރާނީ ފެންޓޮންއެވެ.

އެމެރިކާގައި މަންކީޕޮކްސްއަށް ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު އެމެރިކާގައި މި ބަލި ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް ބުނެ އެގައުމުގެ ރައިސް ޖޯ ބައިޑެން އާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އެންމެ ފުރަތަމަ އެމެރިކާގައި މަންކީޕޮކްސްއަށް މީހަކު ފައްސިވެފައި ވަނީ މޭއި މަހުގެ މެދެއްހާ ހިސާބުގައެވެ.

އޭގެ ފަހުން މި ހިސާބަށް އައި އިރު އެ ގައުމުން 6600 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ވަނީ ފައްސިވެފައެވެ. އެމެރިކާގެ މޮންޓާނާ އަދި ވަޔޮމިންގ ފިޔަވައި އެހެން ހުރިހާ ސަރަހައްދަކުން މަންކީޕޮކްސްގެ ވޭދަނަތައް ވަނީ ފެނިފައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

ކޮންމެ މީހަކަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮތް ނަމަވެސް އެކި ޤައުމުތަކުގައި މި ބައްޔަށް ފައްސިވާ ގިނަ މީހުންނަކީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންކަން ފާހަގަކޮށްލެވެއެވެ. މި ބަލި އާންމު ގޮތެއްގައި ޖެހެނީ ބަލި ޖެހިފައިވާ މީހަކާ ގާތްވެ، ގިނައިރު ގާތުން ބައްދަލުވުމުންނާއި، ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހިއެޅުމުގެ ތެރެއިން ކުޅާއެކު ބޭރުވާ ވައިރަސް ނޭވާލާ ނިޒާމުގެ ޒަރީއާއިން އެހެން މީހެއްގެ ހަށިގަނޑަށް ވާސިލްވުމުން ނުވަތަ ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުންނެވެ.

މަންކީ ޕޮކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން އާންމުކޮށް ފެންނަ އެމްޕޮކްސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަޙައްދުތަކަކީ ކޮބާ؟

އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން އާންމުކޮށް ފެންނަ އެމްޕޮކްސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަޙައްދުތަކަކީ ކޮބާ؟

27 އޯގަސްޓު 2024
ސްރީލަންކާ އިން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ފެނިއްޖެ

ސްރީލަންކާ އިން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ފެނިއްޖެ

04 ނޮވެމްބަރު 2022
މަންކީޕޮކްސްއަށް ކިޔާނެ އައު ނަމެއް ހޯދަނީ

މަންކީޕޮކްސްއަށް ކިޔާނެ އައު ނަމެއް ހޯދަނީ

13 އޯގަސްޓު 2022
މަންކީޕޮކްސް ރާއްޖެއަށް އަތުވެދާނެ ހާލަތަކަށް މިދަނީ ތައްޔާރުވަމުން: އެސްޓީއޯ

މަންކީޕޮކްސް ރާއްޖެއަށް އަތުވެދާނެ ހާލަތަކަށް މިދަނީ ތައްޔާރުވަމުން: އެސްޓީއޯ

03 އޯގަސްޓު 2022

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު