Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގޮދަން ބޭނުން ކުރާ މިންވަރު ދަށަށް ދިއުން

ދުނިޔޭގައި ގޮދަން ބޭނުން ކުރާ މިންވަރު އިންތިހާ ދަށަށް! އެއީ ކީއްވެ؟

މި ހިނގާ 2022 ވަނަ އަހަރުގެ 2 ވަނަ 6 މަސްދުވަހުގެ ތެރޭގައި ގޮދަނުގެ އަގު އަދިވެސް އިތުރަށް އުފުލުން އެކަށީގެންވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 4 އޯގަސްޓު 2022 | ބުރާސްފަތި 09:57
ގޮދަން - މީގެ މަސްތަކެއް ކުރިން ގޮދަން ޓަނެއްގެ އަގު 500 ޑޮލަރަށްވެސް ވަނީ އަރާފައި

ގޮދަން - މީގެ މަސްތަކެއް ކުރިން ގޮދަން ޓަނެއްގެ އަގު 500 ޑޮލަރަށްވެސް ވަނީ އަރާފައި

ދުނިޔޭގެ ކޮންމެ ހިސާބަކަށް ބެލި ކަމުގައިވީ ނަމަވެސް ގޮދަނަކީ އަސާސީ ކާބޯތަކެތީގެ ލިސްޓުގެ ކުރިން ގިނަ ފަހަރަށް ޖާގަ ހޯދާ، އެންމެ އާންމުކޮށް ބޭނުން ކުރާ ގޮވާމުގެ އެއް ބާވަތެވެ. ނަމަވެސް ދުނިޔޭގެ ފެންވަރުގައި ގޮދަން ބޭނުން ކުރާ މިންވަރު މިހާރު މިސްރާބު ޖަހާފައި ވަނީ ރެކޯޑް ދަށް މިންވަރަކަށެވެ. ސަބަބެއް ނެތިއެއް ނުނެވެ. އެކަން ގުޅެނީ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓް މައްޗަށް ދިއުމާއެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ކާބޯތަކެތީގެ ކަށަވަރުކަން ހީނަރުވަމުން ދާ މި ދަނޑިވަޅުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ހިދުމަތް ދޭ ކުންފުނިތަކަށްވެސް މަޖޫބުރުވެފައި ވަނީ ގޮދަނުގެ ބަދަލުގައި، ޖީބަށް ލުއި ދެވެނަ ބާވަތެއް އިހުތިޔާރު ކުރުމަށެވެ.

މި ހިނގާ 2022 ވަނަ އަހަރުގެ 2 ވަނަ 6 މަސްދުވަހުގެ ތެރޭގައި ގޮދަނުގެ އަގު އަދިވެސް އިތުރަށް އުފުލުން އެކަށީގެންވެއެވެ. އެހެނީ މިހާރު ބާޒާރުގައި ދައުރުވަމުންދާ ގޮދަނުގެ ޝިޕްމަންޓަކީ، ދުނިޔޭގެ ބާޒާރުގައި ރެކޯޑް މިންވަރަކަށް ގޮދަނުގެ އަގުތައް އުފުލުމުގެ މަސްތަކެއް ކުރިން ގަނެފައިވާ ޝިޕްމަންޓްތަކަކަށް ވުމެވެ. އެހެން ކަމުން، މެއި މަހު އުފުލުނު މަތީ އަގުތަކުގައި ގަނެފައިވާ ގޮދަނުގެ އަގުތައް، އާންމު މީހާއަށް ހިސާބަށް އަންނާނީ މި ހިނގާ 6 މަސްދުވަހުގެ ތެރޭގައި ކަމަށް ލަފާ ކުރެވެއެވެ.

ގޮދަން ކެނޑުމުގެ މަސައްކަތް ކުރާ ކުންފުނިތަކާއި ވިޔަފާރިވެރިންގެ އިތުރުން އެނަލިސްޓުން އަންދާޒާ ކުރާ ގޮތުގައި ޖުލައި 2022 އާއި ޑިސެމްބަރު 2022 އާ ދެމެދު ދުނިޔޭގެ ފެންވަރުގައި ގޮދަން ބޭނުން ކުރާ ނިސްބަތް، މީގެ އަހަރު ދުވަސް ކުރިއާ އަޅާ ބަލާއިރު 5 ޕަސެންޓާއި 8 ޕަސެންޓާ ދެމެދު މިންވަރަކަށް ދަށަށް ދާނެއެވެ. މިއީ މި އަދަދު ދަށަށް ދާނެ ކަމަށް އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އަންދާޒާ ކޮށްފައި ވާ 1 ޕަސެންޓްގެ ރޭޓާ އަޅާ ބަލާއިރު އިންތިހާއަށް ދަށް މިންވަރެކެވެ.

ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ އދގެ އިދާރާ (އެފްއޭއޯ)ގެ އިކޮނޮމިސްޓް އެރިން ކޮލިއަރ ވިދާޅުވީ، ބައިނަލްއަގުވާމީ ބާޒާރުން އެކަށީގެންވާ މިންވަރެއްގެ ސަޕްލައިއެއް ކަށަވަރު ކުރުމަށް ފުދޭ މިންވަރަކަށް މަސައްކަތް ކުރެވިފައި ނުވާ އެފްރިކާއާއި އޭޝިއާ ސަރަހައްދުގެ ބާޒާރުތަކުގައި އަގުތައް އުފުލުމުގެ ސަބަބުން، ކާބޯތަކެތީގެ ކަށަވަރުކަން ކުޑަވެފައިވާ ކަމަށެވެ.

ކާބޯތަކެތީގެ އަގުތައް އުފުލި، ކާބޯތަކެތީގެ ސަޕްލައިގެ ކަށަވަރުކަން ކުޑަ ވާން ފެށީ، ފެބުރުއަރީ 24 ވަނަ ދުވަހު، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް، އެ ގައުމުގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރައިންއަށް އަރާ، ވަރުގަދަ ހަނގުރާމައެއް ފެށި ހިސާބުންނެވެ. އޭގެ އިތުރުން، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ހިއްސާވެސް އިންތިހާއަށް އެބައޮތެވެ. ނަތީޖާއަކަށް ވީ، ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ގައުމުތަކުން އެ ވިއްކާ އަގުތައް ބޮޑު ކުރުމެވެ.

ކުރިއަށް އޮތް ތަނުގައި ގޮދަން ވިއްކާ އަގުތައް ނުވަތަ ވީޓް ފިއުޗާޒްގެ ރޭޓް، ރެކޯޑް މިންވަރެއް ކަމަށް ވާ 40 ޕަސެންޓަށް އުފުލިގެން ދިޔަ މަންޒަރުވެސް މި އަހަރު ތެރޭ ވަނީ ފެނިފައެވެ. އެ އަދަދު މިހާރު ދަށަށް ހިފާފައި ހުރި ނަމަވެސް، ބާޒާރުތަކުގެ އަގުތައް އަދިވެސް އުޅެނީ މަތީގައެވެ.

ބްލެކް ސީ ސަރަހައްދުން ބޭރު ކުރާ ގޮދަނުގެ އަގުތަކަށް ބަލާއިރު ގޮދަން ޓަނެއްގެ އަގު އުޅެނީ 400 ޑޮލަރާއި 410 ޑޮލަރާ ދެމެދު އަގުތަކެއްގައެވެ. އެއީ ސީދާ ގޮދަނުގެ އަގުގެ އިތުރުން މެދުއިރުމައްޗާއި އޭޝިއާގެ ގައުމުތަކަށް ހިނގާ ޝިޕިންގް ޚަރަދާވެސް އެކުގައެވެ. މީގެ މަސްތަކެއް ކުރިން ގޮދަން ޓަނެއްގެ އަގު 500 ޑޮލަރަށްވެސް ވަނީ އަރާފައެވެ. ނަމަވެސް އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން ގޮދަނުގެ އަގު ހުރި އެވަރޭޖް ރޭޓް ކަމުގައި ވާ 300 ޑޮލަރާ އަޅާ ބަލާއިރު އަދިވެސް ބޮޑު އަގެކެވެ.

ބްލެކް ސީ ސަރަހައްދުން ގޮދަން ބޭރު ކުރުމުގެ އެއްބަސްވުމެއް އެކުލަވާލާފައި އޮތް ކަމުގައިވީ ނަމަވެސް، އެ ސަރަހައްދުން ބޭރު ކުރެވޭނީ ކިހާ މިންވަރެއްގެ ގޮދަން ކަމާ މެދު އަދިވެސް އޮތީ ސުވާލު އުފެދިފައެވެ.

އެފްއޭއޯގެ ކޮލިއަރ ވިދާޅުވި ގޮތުގައި ގޮދަން އިމްޕޯޓް ކުރުމުގައި ތަކުލީފު އުފުލުން ގާތް ގައުމުތަކުގެ ތެރޭގައި ޔަމަން، ދެކުނު ސޫދާން، ސޫދާން، ސޫރިޔާ، އިތިއޮޕިއާ، އަފްޣާނިސްތާން އަދި ސްރީލަންކާ ހިމެނެއެވެ.

ގޭބިސީތަކުގެ އާންމު ޚަރަދުތައް ރެކޯޑް މިންވަރަކަށް އުފުލެމުން ދިއުމާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރާ މުޒާހަރާތަކުގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. އެގޮތުން ޗައިނާއާއި މެލޭޝިއާގެ އިތުރުން އިޓަލީވިލާތުގައިވެސް އެފަދަ މުޒާހަރާތައް ކުރިއަށް ގެންދާކަން ފާހަގަ ކުރަން ޖެހެއެވެ.

އިންޑޮނޭޝިއާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ގޮދަން ގަންނަ ގައުމެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ފުރަތަމަ 5 މަސްދުވަހުގެ ތެރޭގައި އެކަނިވެސް އިންޑޮނޭޝިއާގައި ގޮދަން ބޭނުން ކުރި މިންވަރު ވަނީ އިންތިހާއަށް ދަށްވެފައެވެ. ކުރިއަށް އޮތީ އަދިވެސް އިތުރަށް ގޮދަނުގެ އަގުތައް އުފުލިގެން ދާނެ ދުވަސްރެއް ކަމުން، ގޮދަން ބޭނުން ކުރާ މިންވަރުވެސް އަދިވެސް އިތުރަށް ދަށަށް ދާނެ ކަމަށް ލަފާކުރެވެއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން 8000 އިންޑޮނޭޝިއާ ރުޕަޔާއަށް ވިއްކި ގޮދަން ފުށް ކިލޯއެއް މިހާރު ހުރީ 10000 އިންޑޮނޭޝިއާ ރުޕަޔާ (0.6720 ޑޮލަރު) އަށެވެ. ނަތީޖާއެއްގެ ގޮތުން، ގޮދަން ފުށް ބޭނުންކޮށްގެން އުފައްދާ އެހެނިހެން ކާބޯތަކެތީގެ އަގުތައްވެސް ދަނީ އުފުލެމުންނެވެ. ނަމަވެސް އުފުލޭ އަގާއެކު، މުދާ ގަންނަ ފަރާތްތަކުގެ އަދަދު ދަށަށް ދާނެ ކަމުގެ ބިރަކީ، ވިޔަފާރިވެރިންގެ އެންމެ ބޮޑު ނުތަނަވަސްކަމެވެ.

ކޮންޒިއުމަރުން މުދާ ގަންނަ މިންވަރު މަދު ކުރާ އިރު، ފުށުގެ އުފެއްދުންތަކުން އެކި ބާވަތްތައް ތައްޔާރު ކުރާ ފަރާތްތަކުން ދަނީ ގޮދަނުގެ ބަދަލުގައި ހަނޑުލަށް ބަރޯސާވަމުންނެވެ.

އިންޑިނީސިއަން ފްލާ މިލަރޒް އެސޯސިއޭޝަންގެ ޗެއަރމަން ފްރެންޗިސްކަސް ވެލިރާންގް ވިދާޅުވީ، ބާޒާރުގައި އެންމެ ގޮދަން ފުށުގެ އަގު އުފުލިގެން ދިޔައިރު، ގޮދަން ފުށް ބޭނުން ކުރި ނިސްބަތް 4.5 ޕަސެންޓް ދަށަށް ދިޔަ ކަމަށެވެ.

އެމެރިކާގައި ހައްދާ ގޮދަނުގެ އެންމެ ބޮޑު މާކެޓް ކަމުގައިވާ ބްރެޒީލްއިން ގޮދަން ގަތް މިންވަރުވެސް ޖެނުއަރީ އާއި ޖޫން މަހާ ދެމެދު ވަނީ 3 ޕަސެންޓް ދަށަށް ގޮސްފައެވެ. ގޮދަނަކީ ބްރެޒީލްގައި އަސާސީ ބާވަތެއް ކަމަށްވާ އިރު، ގޮދަން ގަތުމަށް ބްރެޒީލްއިން ކުރި ހޭދަ ވަނީ 20 ޕަސެންޓް އިތުރުވެސް ވެފައެވެ.

ނަތީޖާއެއްގެ ގޮތުން ބްރެޒީލްގައިވެސް އެހެން ބާވަތްތައް އިހުތިޔާރު ކުރަން ވަނީ ފަށާފައެވެ. އެގޮތުން، ދަނޑިއަލުވިއަށް ބަރޯސާވަމުން ދާކަން ފާހަގަ ކުރެވެއެވެ.

ރަޝިއާއާއި ޔޫކްރައިންއަކީ ބައިނަލްއަގުވާމީ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ގޮވާން ސަޕްލައި ކުރަމުން ދިޔަ 2 ގައުމެވެ. ނަމަވެސް ހަނގުރާމައިގެ ކަސްތޮޅުގައި ބަނދެވި، މުޅި ދުނިޔެއަށް ކާބޯތަކެތީގެ ނުތަނަވަސްކަން، އޭގެ އެންމެ އިންތިހާއަށް ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، ބްލެކްސީ ސަރަހައްދުން ކޮންމެވެސް ވަރަކަށް ގޮވާން ބޭރު ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. ކަން އެހެން އޮތް ނަމަވެސް، އެއީ ކިހާ ދުވަހަކަށް ދެމިގެންދާނެ ކަމެއްކަމެއް ބުނާކަށް ނޭނގެއެވެ.

ގޮދަންއިންފްލޭޝަން ރޭޓް މައްޗަށް ދިއުން

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2024

އިންފްލޭޝަން މައްޗަށް ގޮސް އަންނަ އަހަރު ތަކެތީގެ އަގު ބޮޑުތަނުން އުފުލޭނެ

22 ނޮވެމްބަރު 2024
އިންފްލޭޝަން މައްޗަށް ގޮސް އަންނަ އަހަރު ތަކެތީގެ އަގު ބޮޑުތަނުން އުފުލޭނެ
05 މެއި 2017

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟
25 ފެބުރުއަރީ 2017

"ވީއެކްސް" ނާވް އެޖެންޓް – އުތުރު ކޮރެޔާގެ ލީޑަރުގެ ބޭބެ މަރާލުމަށް ބޭނުން ކުރި ވިހަ

25 ފެބުރުއަރީ 2017
"ވީއެކްސް" ނާވް އެޖެންޓް – އުތުރު ކޮރެޔާގެ ލީޑަރުގެ ބޭބެ މަރާލުމަށް ބޭނުން ކުރި ވިހަ
04 ފެބުރުއަރީ 2017

އިންތިހާބުގެ ކުރިން ބަލި ގަބޫލުކުރީއެވެ

04 ފެބުރުއަރީ 2017
އިންތިހާބުގެ ކުރިން  ބަލި ގަބޫލުކުރީއެވެ
15 ޖެނުއަރީ 2017

ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!

15 ޖެނުއަރީ 2017
ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
10 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!

10 ޖެނުއަރީ 2017
މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު