Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްލައިދޫ ރިސޯޓުގައި ހިނގި މަރު

އެއްލައިދޫ ރިސޯޓްގައި ކައްކާ މަރާލި މައްސަލައިގެ ޝަރީއަތް ފަށަނީ

މަރުވެފައި ވަނީ ސްރީ ލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އޯގަސްޓު 2022 | ބުދަ 07:18
ކްރިމިނަލް ކޯޓް- މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހުމީ

ކްރިމިނަލް ކޯޓް- މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހުމީ

އދ. އެއްލައިދޫ ރިސޯޓްގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މަރުވެފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑިއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ސްރިލަންކާ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއަރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނަނީ، ހާދިސާ ހިނގ ރޭ 21:30 ހާއިރު، ޕަތުމް ދިލްޝަންގެ ކައިރީގައި ބިސްގަނޑެއް އަޅައިދޭން އެދުުމުން ދެ މީހުންގެ ދެމެދުގައި ޒުވާބެއް އުފެދުނު ކަމަށެވެ.

އެ ޒުވާބުގެ ތެރެއިން، ހައެއްކަ އިންޗީގެ ވަޅިއެއް ބޭނުންކޮށްގެން ކައްކާގެ ކަރުން ތިރިއަށް މޭމައްޗަށް ހަރައިލި ކަމަށް ދައުވާގައި ބުނެ އެވެ.

މި މައްސަލައިގައި ބުދަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި އޮތީ ހުށައެޅުންތަކާމެދު ގޮތެއް ނިންމުމެވެ. އެގޮތުން މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީ ވަނީ ޚުލާސާ ގޮތެއްގައި ހުށައެޅުންތަކާމެދު ގޮތް ނިންމަވާފައެވެ.

އޭގެ ތެރޭގައި ދައުވާލިބޭ ފަރާތް މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ދީފައިވާ ބަޔާން ބަލައިގަތުމާއި، ފުލުހުންގެ ރިޕޯޓު ހެކީގެ ގޮތުގައި ބަލައިގަތުމަށް ނިންމެވުން ހިމެނެއެވެ.

އޭގެ އިތުރުން، ދިިފާއުން ހުށައަޅާފައިވާ ކަންކަމަކީ މި މަރުޙަލާގައި ޤާނޫނީ ގޮތުން ބަލައިގަނެވޭނެ ހުށައެޅުންތަކެއް ނޫންކަމަށްވެސް ވަނީ ނިންމަވާފައެވެ.

މި މައްސަލައިގައި ދައުލަތުން ހެކީގެ ގޮތުގައި ހުށައަޅާފައިވާ ޕްރިލިމިނަރީ ޕޯސްޓްމޯޓަމް ރިޕޯޓު ބަލައިގަތުމަށްވެސް ގާޒީ ނިންމެވިއެވެ. އެހެންނަމަވެސް، ފައިނަލް ރިޕޯޓު ހުށައެޅުމުން އެ ރިޕޯޓު ބަލައިގަތުމާމެދު ފަހުން ގޮތެއް ނިންމަވާނެއެވެ.

މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީ ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއްކަމަށް ކަނޑައަޅުއްވާފައެވެ.

ދެން އޮންނާނީ މި މައްސަލައިގެ ޝަރީއަތް ފަށައި ހެކިބަސް ނެގުމެވެ. ގާޒީ ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނުވަތަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ހެކިބަސް ނެގުމުގެ އަޑުއެހުންތައް ފައްޓަވާނެ ކަމަށެވެ.

2019 ވަނަ އަހަރު އަނިޔާވެރި މަރުގެ 3 މައްސަލައެއް ހިނގާފައިވާއިރު، އެއީ އެ އަހަރު ހިނގި އަނިޔާވެރި ފުރަތަމަ މަރެވެ.

ކްރިމިނަލް ކޯޓްމަރު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު