Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަހުވަދޫގައި ކުރިއަށްދާ މުޒާހަރާ

ކުޑަހުވަދޫގެ މުޒާހަރާގައި ވަނީ ފަތުރުވެރިން ހައިޖެކްކޮށްފައި: މަންތާ

2 އޯގަސްޓު 2022 | އަންގާރަ 10:20

ބަލިމީހުން ސީޕްލޭންގައި ނުއުފުލެނީ ސްޓްރެޗަރ ނޭރުވޭތީ: މަންތާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 އޯގަސްޓު 2022 | އަންގާރަ 10:20
ކުޑަހުވަދޫ އެއަރޕޯޓު ކައިރީގައި އާންމުން މުޒާހަރާކުރަނީ

ކުޑަހުވަދޫ އެއަރޕޯޓު ކައިރީގައި އާންމުން މުޒާހަރާކުރަނީ

މަންތާ އެއަރގެ ފުލައިޓަކަށް ބަލި މީހަކު އަރުވަން ދެކޮޅުހެދިކަމަށް ބުނެ ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެ މައްސަލައިގައި މުޒާހަރާކުރަމުންދާ މީހުން ވަނީ މަންތާގެ ފްލައިޓްގައި ދަތުރުކުރި ފަތުރުވެރިން ހައިޖެކްކޮށްފައިކަމަށް، އެ އެއަރލައިންގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫގައި ބަލިމީހަކު އުފުލަން މަންތާއިން ދެކޮޅުހެދިކަމަށް ބުނެ އެ ރަށު ރައްޔިތުން އެއަރޕޯޓު ސަރަހައްދުގައި މުޒާހަރާކުރަން ފެށީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެކަމާގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޚަލީލް ވިދާޅުވީ، ކުޑަހުވަދޫގައި ކުރިއަށްދާ މުޒާހަރާއާ ގުޅިގެން މަންތާ އެއަރގެ އޮޕަރޭޝަންތަކަށް ބުރުއަރާފައިވާކަމަށެވެ.

Advertisement - newsAdvertisement

މުޒާހަރާގެ ބައިވެރިން މަގު ބަންދުކޮށް، ފަތުރުވެރިން ނުކުތުމަށް ހުރަސްއެޅުމުގެ ސަބަބުން 5 ވަރަކަށް ގަޑިއިރު އެއަރޕޯޓުގައި ތާށިވެފައި ފަތުރުވެރިން ތިބިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއަރޕޯޓު ސަރަހައްދުގައި މުޒާހަރާކުރުމުގެ ސަބަބުން ރިސޯޓަށް ނުދެވިފައި ތިބީ 12 ފަތުރުވެރިން ކަމަށާއި، އޭގެ ތެރޭގައި ކުޑަ 4 ކުދިން ތިބިކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި އަމާންތަނެއްގެ ގޮތުގައި ސިފަކުރާއިރު، މިފަދަ މަންޒަރެއް ފެނުމަކީ ރާއްޖެއާމެދު ފަތުރުވެރިންނާއި އިންވެސްޓަރުންގެ އިތުބާރު ގެއްލުމަށް މެދުވެރިވާނެ ކަމެއް ކަމަށްވެސް ޚަލީލް ވަނީ ވިދާޅުވެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަންތާ އެއަރގެ ކޮމާޝަލް މެނޭޖަރ އިބްރާހީމް ޝިފާން ވަނީ, މިހާތަނަށް އައިއިރުވެސް ރަސްމީ ސިފައެއްގައި، އަދި އެނޫންވެސް ގޮތަކަށް ބަލި މީހަކު އުފުލަން މަންތާގައި އެދިފައިނުވާކަމަށް ވިދާޅުވެފައެވެ. މަންތާ އެއަރއިން ވަނީ މަންތާ އެއަރއިން ބޭނުންކުރާ ސީޕްލޭންތަކަކީ، ބަލި މީހުން އަރުވަން ބޭނުންކުރާ ސްޓްރެޗަރ އެރުވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ ބޯޓުތަކެއް ނޫންކަން ފާހަގަކޮށްފައެވެ. އަދި އެއީ ވައިގެ ދަތުރުފަތުރުގެ ގާނޫނުތަކާ އެއްގޮތަށް ބެލި ނަމަވެސް ނުކުރެވޭނެ ކަމެއްކަމަށް އެ އެއަރލައިނުން ފާހަގަކުރެއެވެ.

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީގެ އިތުރުން ސަލާމަތީ ޚިދުމަތްތަކާ ވާހަކަދެކެވިފައިވާކަމަށާއި، އެ ފަރާތްތަކުގެ އެހީތެރިކަން ލިބޭކަމަށް މަންޓާ އެއަރއިން ބުނެއެވެ. މި މައްސަލައިގައި މިއަދު ވެސް ކުޑަހުވަދޫގައި ވަނީ މުޒާހަރާކޮށްފައެވެ.

މަންތާ އެއަރކުޑަހުވަދޫ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ކުޑަހުވަދޫގައި، އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް މުޒާހަރާކޮށްފި

22 ނޮވެމްބަރު 2025
ކުޑަހުވަދޫގައި، އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް މުޒާހަރާކޮށްފި
24 ސެޕްޓެމްބަރު 2025

އެމްޑީޕީގެ ކުޑަހުވަދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު ހުސެއިން ކުއްލި ގޮތަކަށް ނިޔާވެއްޖެ

24 ސެޕްޓެމްބަރު 2025
އެމްޑީޕީގެ ކުޑަހުވަދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު ހުސެއިން ކުއްލި ގޮތަކަށް ނިޔާވެއްޖެ
25 ޖޫން 2024

މަސްވެރިންނަށް ފައިސާ ނުދޭތީ ކުޑަހުވަދޫގެ މަސްވެރިންވެސް މިއަދު މުޒާހަރާއަށް ނުކުންނަނީ

25 ޖޫން 2024
މަސްވެރިންނަށް ފައިސާ ނުދޭތީ ކުޑަހުވަދޫގެ މަސްވެރިންވެސް މިއަދު މުޒާހަރާއަށް ނުކުންނަނީ
30 ނޮވެމްބަރު 2023

ކުޑަހުވަދޫ އެއާޕޯޓަށް އުފާވެރި ދުވަހެއް: މަންޓާ އިން އިންޑިޔާ އަށް ސީދާ ދަތުރުތައް ފަށަނީ

30 ނޮވެމްބަރު 2023
ކުޑަހުވަދޫ އެއާޕޯޓަށް އުފާވެރި ދުވަހެއް: މަންޓާ އިން އިންޑިޔާ އަށް ސީދާ ދަތުރުތައް ފަށަނީ
21 ނޮވެމްބަރު 2023

މަންޓާގެ ފްލައިޓެއްގައި ދޫންޏެއް ޖެހި، ބޯޓަށް ގެއްލުން ވެއްޖެ

21 ނޮވެމްބަރު 2023
މަންޓާގެ ފްލައިޓެއްގައި ދޫންޏެއް ޖެހި، ބޯޓަށް ގެއްލުން ވެއްޖެ
05 އޯގަސްޓު 2022

ދ. ކުޑަހުވަދޫ ހަމަނުޖެހުމުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

05 އޯގަސްޓު 2022
ދ. ކުޑަހުވަދޫ ހަމަނުޖެހުމުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
04 އޯގަސްޓު 2022

ބަލިމީހުން އުފުލޭނެ ގޮތް ހެދުމަށް މަންތާއާއި ފްލައިމީއަށް އަންގައިފި

04 އޯގަސްޓު 2022
ބަލިމީހުން އުފުލޭނެ ގޮތް ހެދުމަށް މަންތާއާއި ފްލައިމީއަށް އަންގައިފި
03 އޯގަސްޓު 2022

ކުޑަހުވަދޫގެ މުޒާހަރާގައި ފަތުރުވެރިން ހައިޖެކް ކުރިކަމަށް ބުނާ ވާހަކައަކީ ދޮގެއް: މުޒާހަރާގެ ބައިވެރިން

03 އޯގަސްޓު 2022
ކުޑަހުވަދޫގެ މުޒާހަރާގައި ފަތުރުވެރިން ހައިޖެކް ކުރިކަމަށް ބުނާ ވާހަކައަކީ ދޮގެއް: މުޒާހަރާގެ ބައިވެރިން
03 އޯގަސްޓު 2022

ކުޑަހުވަދޫގެ މުޒާހަރާ އާއި އެކު މަންތާގެ ނިމުމެއް ނެތް އުދާސްތައް ބަންޑުން!

03 އޯގަސްޓު 2022
ކުޑަހުވަދޫގެ މުޒާހަރާ އާއި އެކު މަންތާގެ ނިމުމެއް ނެތް އުދާސްތައް ބަންޑުން!
01 އޯގަސްޓު 2022

މަންތާގެ ފުލައިޓަކަށް ބަލި މީހަކު ނާރުވައިގެން ކުޑަހުވަދޫ އެއަޕޯޓްގައި މުޒާހަރާކުރަނީ

01 އޯގަސްޓު 2022
މަންތާގެ ފުލައިޓަކަށް ބަލި މީހަކު ނާރުވައިގެން ކުޑަހުވަދޫ އެއަޕޯޓްގައި މުޒާހަރާކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް