Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި

މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2022 | އަންގާރަ 08:27
ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން

ތިލަމާލެ ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާ ފުރަތަމަ ތަނބުގެ ކޮންކްރީޓް ގަނޑު އަޅުއްވައިދެއްވީ މިކަމަށްޓަކާ އަންގާރަ ދުވަހު އިންޑިއާގެ ހައިދަރުއާބާދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފައްޓަވައިދެއްވި މަސައްކަތެކެވެ.

Advertisement - newsAdvertisement

އިންޑިއާއިން ތިލަމާލެ ބްރިޖުގެ މަސައްކަތް ފައްޓަވައިދެއްވާފައިވާއިރު، އެވަގުތު މާލޭގައިވެސް މިކަމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ދެ ރަސްމިއްޔާތުގައިވެސް ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަައެވެ.

މި ރަސްމިއްޔާތުގައި ބްރިޖްގެ މަސައްކަތް ފައްޓަވައިދެއްވުމުގެ އިތުރުން އިންޑިއާއާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުމާއި، އެ ގުޅުމުގެ ތެރެއިން ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ވީޑިއޯ ކްލިޕެއް ގެނެސްދީފައިވެއެވެ. އަދި މީގެ އިތުރުން އިންޑިއާގެ އެހީގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ސޯޝަލް ހައުސިން ޔުނިޓުތަކާ ގުޅޭ ޚާއްސަ ޕްރެސެންޓޭޝަނެއްވެސް ވަނީ ގެނެސްދީފައެވެ.

ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ މަސައްކަތް ފަށާފައިވާއިރު، މިއީ މާލެއާ ހަމައިން ބްރިޖް ފަށާ ތަނބެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު ޕްރޮޖެކްޓެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. އެފްކޮންސް އިން ބުނީ މަސައްކަތްތައް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި 6 ކިލޯމީޓަރުގެ މި ބްރިޖް މަޝްރޫއުގެ ފުރަތަމަ ބްރިޖު ނުވަތަ މާލެ ވިލިމާލެ ގުޅުވާލާ 1 ކިލޯ މީޓަރަށްވުރެ ދިގު ބްރިޖު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނުވަތަ އޮގަސްޓް މަހުގެ ފުރަތަމަ ކޮޅު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

އެފްކޮންސް އިން ބުނީ މިހާރު ކުރިއަށްދަނީ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ކަމަށާއި، އެ މަސައްކަތުގެ 50 އިންސައްތައަށްވުރެ ގިނަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ ކަނޑުގަދަވުމާއި އެ ސަރަހައްދުގެ ގޮތުން ސަރވޭ ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރި ނަމަވެސް، މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން ޖިއޯޓެކްނިކަލް ސަރވޭގެ ނަތީޖާތަކަށް ރިއާޔަތްކޮށް ޑިޒައިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މައި ބްރިޖު އެޅުމަށްޓަކައި އަޅާ ވަގުތީ ބްރިޖުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އެފްކޮންސް އިން ބުނެއެވެ. މީގެ އިތުުރުން ބްރިޖުގެ ކޮންކްރީޓް ޓެސްޓް ކުރުމުގެ މަސައްކަތް ކާމިޔާބު ކަމަށާއި، މުޅި ބްރިޖުގެ މަސައްކަތް 2024 ވަނަ އަހަރުގެ ފަހުކޮޅު އެއްކޮށް ނިންމާލެވޭނެކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ބްރިޖުގެ އުމުރު 120 އަހަރުވާން ދެން ހިފަހައްޓާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެފްކޮންސް އިން އިތުރަށް ބުނީ ބްރިޖުގެ މަސައްކަތަށް މިހާތަނަށް 88 އިންޖިނިއަރުން ރާއްޖެ އައިސްފައިވާ ކަމަށާއި، އިތުރު 164 އިންޖިނިއަރުން މިއަހަރުގެ ނިޔަލަށް އަންނާނެ ކަމަށެވެ. އަދި މި ޓީމުގެ ތެރޭގައި ތުރުކީ ޖަރުމަންވިލާތް އަދި އޮސްޓްރޭލިއާގެ އިންޖިނިއަރުން ހިމެނޭ ކަމަށް އެފްކޮންސް އިން ބުނެއެވެ.

ބްރިޖުގެ މަސައްކަތް ކުރުމަށްޓަކައި މިހާތަނަށް 500 މަސައްކަތު މީހުން ރާއްޖެ އައިސްފައިވާ އިރު، އަހަރު ނިމޭ އިރު 1227 މަސައްކަތު މީހުން ރާއްޖެ އަންނާނެ ކަމަށް ވެސް އެފްކޮންސް އިން ބުނެއެވެ.

ތިލަމާލެ ބްރިޖްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
އިނގިރޭސިވިލާތާއި އިންޑިއާ އާއި ދެމެދު 468 މިލިއަން ޑޮލަރުގެ މިސައިލް ޑީލެއް

އިނގިރޭސިވިލާތާއި އިންޑިއާ އާއި ދެމެދު 468 މިލިއަން ޑޮލަރުގެ މިސައިލް ޑީލެއް

10 އޮކްޓޯބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

03 މެއި 2025
މޯދީގެ މެސްކޮޓް ހަދައިގެން އިންޑިއާ އައުޓް ގޮވި ރައީސް މުއިއްޒު ދެއްވީ ރާއްޖެ އަންނަން މޯދީއަށް ދައުވަތު

މޯދީގެ މެސްކޮޓް ހަދައިގެން އިންޑިއާ އައުޓް ގޮވި ރައީސް މުއިއްޒު ދެއްވީ ރާއްޖެ އަންނަން މޯދީއަށް ދައުވަތު

07 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު