Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ-ރާއްޖެ

ބޮޑު ވަޒީރު މޯދީ އަކީ ވަރަށް ރަނގަޅު ބޭފުޅެއް: ރައީސް މުޢިއްޒު

އިންޑިއާގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖުލައި 2025 | އާދީއްތަ 05:18
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އަރިހުގައި ރައީސް މުޢިއްޒު

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އަރިހުގައި ރައީސް މުޢިއްޒު

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، މޯދީ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް މުޢިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެންފައި ވަނީ ހުކުރު ދުވަހު އެވެ. އެއަށް ފަހު އެނބުރި އިންޑިއާ އަށް ވަޑައިގެންފައި ވަނީ ހޮނިހިރު ދުވަހު އެވެ.

Advertisement - newsAdvertisement

މިނިވަން ދުވަސް ފާހާގަ ކުރުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ހަވީރު އޮތް ހެވިކަމާ ކުޅިވަރުގެ ޙަރަކާތްތައް ބައްލާލެއްވުމުގައި ވެސް މޯދީ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އިންޑިއާ ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި ރައީސް މުޢިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެންނެވީ، މިނިވަން ދުވަހުގެ ޚާއްސަ މެހުމާނުގެ ގޮތުގަ އެވެ.

މޯދީ ފުރާ ވަޑައިގެންނެވުމުން ޖުމްހޫރީ މައިދާނުގައި ހުންނަވައި އިންޑިއާގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށެވެ. ޚާއްސަކޮށް އިންޑިއާގެ އަވަށްޓެރި ޤައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއް ކަމަށްް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.

އެކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އެތައް ޒަމާންތަކެއް ވަންދެން އެ ގުޅުން ދެމި އޮތްއިރު، އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ އިސްނެގުމާއި، ލީޑާޝިޕް އަދި އެއްބާރުލުމުގެ ސަބަބުން އެ ގުޅުން އިތުރަށް ދެމިގެން ދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގެންނެވިއިރު، ރައީސް މުޢިއްޒު އާއި ބޮޑު ވަޒީރު މޯދީ ދެއްވި ޖޮއިންޓް ސްޓޭޓްމަންޓުގައި ވެސް ރައީސް މުޢިއްޒު ވަނީ މޯދީ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.

މީގެ ކުރިން ރައީސް މުޢިއްޒު ވަނީ އިންޑިއާ އަދި މޯދީ އަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޚާއްސަކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިންގައި ވަނީ އިންޑިއާ އަދި މޯދީ އަށް ވަރަށް ބޮޑަސް ފާޑު ވިދާޅުވުމުގެ އިތުރުން، މޯދީ އަށް ފުރައްސާރަ ވެސް ކޮށްފަ އެވެ.

ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް، ރައީސް މުޢިއްޒު ވަނީ އިންޑިއާ އަށް ބަހުގެ ހަމަލާތައް ދީފަ އެވެ. ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން، އެއާޕޯޓުގައި ހުންނަވައި ރައީސް މުޢިއްޒު ވަނީ އިންޑިއާ އަށް ބަރޯސާ ވާން ނުޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު