Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެ އަންނަ ފަތުރުވެރިން

ޖުލައި 30ގެ ނިޔަލަށް 942،000 އަށްވުރެ ގިނަ ފަތުރުވެރިން

ޖުލައި މަހުގެ 1 އިން 30 އަށް ރާއްޖެ އައީ 129،233 ފަތުރުވެރިން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2022 | އަންގާރަ 03:44
ފަތުރުވެރިން

ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް 942،444 ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ ފާއިތުވި ދެ އަހަރު މި މުއްދަތުގައި އައި ފަތުރުވެރިންނަށްވުރެ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ ޖުމްލަ 607،052 ފަތުރުވެރިންނެވެ. 2020 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 384،456 ފަތުރުވެރިންނެވެ. ފާއިތުވި ދެ އަހަރު އައި ފަތުރުވެރިންނަށްވުރެ މިއަހަރު އައި ފަތުރުވެރިން އިތުރުވިނަމަވެސް 2019 ވަނަ އަހަރާ އަޅާ ބަލާއިރު މިއަހަރު އައި ފަތުރުވެރިން 4.9 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި 990،761 ފަތުރުވެރިން އައިސްފައިވެއެވެ.

Advertisement - businessAdvertisement

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުގައި ޖުލައި މަހުގެ 1 އިން 30 އަށް ރާއްޖެ އައިސްފައިވަނީ 129،233 ފަތުރުވެރިންނެވެ. މި އަދަދަކީ ކޮވިޑް-19ގެ ކުރިން 2019 ގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 0.8 އިންސައްތަ އިތުރު އަދަދެކެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި 128،172 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ މަހު ދުވާލެއްގެ މައްޗަށް 4،308 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ. އަދި 8 ދުވަހު ރާއްޖޭގައި މަޑުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. ޓޮޕް މާކެޓުގެ ގޮތުގައި އިންޑިއާ އޮތްއިރު، އިންޑިއާ އިން އަންނަ ފަތުރުވެރިން 14.5 އިންސައްތަ ހިއްސާކުރެއެވެ. 2019 ވަނަ އަހަރު މި މުއްދަތުގައި އިންޑިއާ މާކެޓު އޮތީ ދެވަނައަށް ޓޮޕް މާކެޓުގެ ގޮތުގައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުން އައި ފަތުރުވެރިން 11.69 އިންސައްތަ ހިއްސާކުރާއިރު، 2019 ވަނަ އަހަރު އިނގިރޭސިވިލާތު އޮތީ 5 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުގެ ގޮތުގައެވެ.

ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން މިއަހަރު އަންނަނީ ރަޝިއާއިންނެވެ. ރަޝިއާއިން އައި ފަތުރުވެރިން 10.7 އިންސައްތަ ހިއްސާކުރާއިރު، 2019 ވަނަ އަހަރު ރަޝިއާ މާކެޓު އޮތީ 6 ވަނައިގައެވެ. މީގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި ހިމެނެނީ ޖަރުމަނު، އިޓަލީ، އެމެރިކާ، ފްރާންސް، ސައުދީ އަރަބިއާ، ސްވިޒަރލޭންޑް އަދި ސްޕެއިންއެވެ.

ޓޫރިސްޓް އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ތެރެއިން 1،167 ފެސިލިޓީއެއް ޚިދުމަތަށް ވަނީ ހުޅުވާލާފައެވެ. މި ފެސިލިޓީތަކުގައި 57،473 ބެޑް ކެޕޭސިޓީ އެބަހުރި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މި ފެސިލިޓީތަކުގެ ތެރޭގައި ހިމެނެނީ 163 ރިސޯޓާއި، 834 ގެސްޓްހައުސް، 155 ސަފާރީ އަދި 13 ހޮޓާއެވެ.

ކޮވިޑް-19އާއި ގުޅިގެން 2020 އަދި 2021 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. މިއަހަރު ވެސް ރަޝިއާ އާއި ޔޫކްރެއިންގެ ހަމަނުޖެހުންތަކާ ގުޅިގެން އަހަރުގެ ކުރީ ކޮޅު ފަތުރުވެރިކަމަށް އަސަރު ކުރިނަމަވެސް އެ ޤައުމުން އަލުން ދަތުރުތައް ފެށުމާއެކު އަދަދުތައް އަންނަނީ ރަނގަޅު ވަމުންނެވެ. މި އަހަރު ނިމޭއިރު 2019ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އޮތްވަރަށް މާކެޓް ރަނގަޅު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އުންމީދު ކުރެއެވެ. އަދި މިއަހަރު 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓޫރިޒަމް މިނިސްޓްރީރާއްޖޭގެ ފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު