Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މުޙައްމަދު ޞަލާޙު

ޕްރިމިއަރ ލީގުގައި ޞަލާޙު ގާއިމުކޮށްފައިވާ ފަސް ރެކޯޑު

ޞަލާޙަކީ ޕްރިމިއަރ ލީގުގައި އުފެދުނު މޮޅެތި ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2022 | އަންގާރަ 06:42
ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ޞަލާޙު

ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ޞަލާޙު

އިނގިރޭސި ޕްރިމިއަރ ލީގަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅޭތި ފޯވާޑުން ކުޅޭ ލީގެކެވެ. ލީގުގައި ކުޅުންތެރިން ވަނީ އެކި ރެކޯޑުތައް ހަދާފައެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ މުޙައްމަދު ޞަލާޙަކީ ޕްރިމިއަރ ލީގުގައި އުފެދުނު މޮޅެތި ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ.

އިޓާލިއަން ލީގުގެ ރޯމާ ދޫކޮށް 2017 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ޞަލާޙުއަކީ މިހާރު އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. 30 އަހަރުގެ ފޯވާޑް ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 255 މެޗުގައި 157 ލަނޑު ޖަހާފައެވެ. ޕްރިމިއަރ ލީގުން ހޮވާ މަހުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑުން ފެށިގެން ގޮސް އޭނާ ވަނީ، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު އަދި ސީޒަންގެ މޮޅު ކުޅުންތެރިޔާކަން ވެސް ހޯދާފައެވެ. ލިވަޕޫލާއެކު އެންމެ އުހަށް ދިޔުމަށް ކޯޗު ޔާގަން ކްލޮޕް ކުރަމުންދާ މަސައްކަތުގައި ޞަލާޙުއަކީ މުހިންމު ކުޅުންތެރިޔެކެވެ.

މިހާތަށް ޞަލާޙު ވަނީ ޕްރިމިއަރ ލީގުގައި ފަސް ރެކޯޑެއް ގާއިމުކޮށްފައެވެ.

އެއް ސީޒަންގައި މެންޗެސްްޓަރ ޔުނައިޓެޑާ ދެކޮޅަށް އެންމެ ގިނަ ލަނޑު ޖެހުން:

ޕްރިމިއަރ ލީގަކީ އަބަދުވެސް ވާދަވެރި ލީގެކެވެ. ލީގުގެ ޗެމްޕިއަނުން ކަނޑައެޅުން އެންމެ ފަހު މެޗާ ހަމައަށް ވެސް ބައެއް ސީޒަންތަކުގައި ދެއެވެ. ވާދަވެރި ކުލަބުތަކެއް އޮވެއެވެ. އޭގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑަކީ އެއް ކުލަބެވެ. އެއް ސީޒަނުގައި ޔުނައިޓެޑާ ދެކޮޅަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ޞަލާޙުއެވެ. ނިމުނު ސީޒަންގައި ޔުނައިޓެޑުގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ޞަލާޙު ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. އެއާއެކު ޞަލާޙު ވެގެން ދިޔައީ ޔުނައިޓެޑުގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އޭގެ ފަހުން ޔުނައިޓެޑާާ ދެކޮޅަށް ލިވަޕޫލްގެ އެންފީލްޑުގައި ކުޅުނު މެޗުގައި ޞަލާޙު ވަނީ ދެ ލަނޑު ޖަހާފައެވެ. އެއާއެކު ނިމުނު ސީޒަނުގައި ޔުނައިޓެޑާ ދެކޮޅަށް އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ. ކުރިން މި ރެކޯޑު އޮންނަނީ އެއް ސީޒަނުގައި ޔުނައިޓެޑުގެ ކޮޅަށް ހަތަރު ލަނޑު ޖެހި ލިވަޕޫލްގެ ރޮބީ ފޯލާ އަތުގައެވެ.

އެއް ސީޒަނެއްގައި އެންމެ ގިނައިން ޕްލެޔަރ އޮފް ދަ މަންތު ހޯދުން:

ކޮންމެ މަހެއް ނިމުމާއެކު ޕްރިމިއަރ ލީގުގައި މަހުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވައި، އެ ކުޅުންތެރިޔަކަށް އެވޯޑު ދެއެވެ. ކޮންމެ މަހެއްގައި މޮޅު ކުޅުމެއް ދައްކައި، އެވޯޑު ހޯދުމަކީ ކުޅުންތެރިންނަށް ބޮޑު ޓާސްކެކެވެ. ޞަލާޙު ވަނީ 18-2017 ވަނަ ސީޒަނުގައި މި އެވޯޑު ތިން ފަހަރު ހޯދާފައެވެ. އެ ސީޒަނުގައި އޭނާ ވަނީ 36 މެޗު ކުޅެ 32 ލަނޑު ޖަހާފައެވެ. އެއީ ޞަލާޙު އޭނާގެ އެންމެ ރަނގަޅު ފޯމުގައި ފެނުނު އެއް ސީޒަނެވެ. ޞަލާޙު ފިޔަވައި، މިހާތަނަށް އެއްވެސް ކުޅުންތެރިޔަކަށް މި އެވޯޑު ދެ ފަހަރަށްވުރެ ގިނައިން ހޯދިފައެއް ނެތެވެ.

އެންމެ މަދު މެޗު ކުޅެގެން 100 ގޯލު ޖެހުމަށް ބައިވެރިވި ޔޫރަޕަށް ނިސްބަތްނުވާ ކުޅުންތެރިޔާ:

ގޯލު ޖެހުމުގެ އިތުރުން ގޯލު ޖެހުމަަށް އެހީތެރިވެދިނުމަކީ ވެސް މުހިންމު ކަމެކެވެ. ޞަލާހަކީ ޔޫރަޕަށް ނިސްބަތް ނުވާ ކުޅުންތެރިންގެ ތެރެއިން، އެންމެ މަދުން މެޗު ކުޅެގެން 100 ގޯލު ޖެހުމުގައި ބައިވެރިވި ކުޅުންތެރިޔާއެވެ. އެއީ 116 މެޗު ކުޅެގެން 100 ގޯލު ޖެހުމުގައި ބައިވެރިވެގެންނެވެ. ޞަލާޙުގެ ކުރިން މި ރެކޯޑު އޮންނަނީ މެންޗެސްޓަރ ސިޓީއަށް ކުޅުނު އާޖެންޓީނާގެ ސާޖިއޯ އަގުއެރޯގެ އަތުގައެވެ. އަގުއެރރޯ ވަނީ 118 މެޗު ކުޅެގެން 100 ގޯލު ޖެހުމުގައި ބައިވެރިވެފައެވެ. އަގުއެރޯ މިހާރު ވަނީ ކުޅުން ހުއްޓާލާފައެވެ.

ޕްރިމިއަރ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި އެފްރިކާއަށް ނިސްބަތްވާ ކުޅުންތެރިޔާ:

ޕްރިމިއަރ ލީގުގައި ކުޅޭ އެފްރިކާއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ޞަލާޙުއަކީ، އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު އޮންނަ ކުޅުންތެރިޔާއެވެ. ޞަލާޙު ވަނީ ފަސް ސީޒަނުން 118 ލަނޑު ޖަހާފައެވެ. އޭގެ ކުރިން ޗެލްސީއަށް ޖަހައިދިން ދެ ލަނޑާއެކު، ޕްރިމިއަރ ލީގުގައި ޞަލާޙު ވަނީ ޖުމުލަ 120 ލަނޑު ޖަހާފައެވެ. ޕްރިިމިއަރ ލީގުގައި ކުޅުނު އެފްރިކާގެ އައިވަރީ ކޯސްޓުގެ ލެޖެންޑު ޑިޑިއާ ޑްރޮގްބާ ވަނީ 104 ލަނޑު ޖަހާފައެވެ. ލިވަޕޫލްގެ އިންގްލެންޑު ލެޖެންޑު ސްޓީވެން ޖެރާޑް ވެސް ޕްރިމިއަރ ލީގުގައި ޖަހާފައިވަނީ 120 ލަނޑެވެ. ޞަލާޙު ވަނީ ޖެރާޑްގެ އަދަދާ އަރާ ހަމަކޮށްފައެވެ.

އެއް ސީޒަނުގެ 38 މެޗުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:

ޕްރިމިއަރ ލީގުގައި ކުޅޭނީ ކޮންމެ ސީޒަނަކު ޖުމުލަ 38 މެޗެވެ. ޞަލާޙުއަކީ އެއް ސީޒަނުގެ 38 މެޗުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ޞަލާޙުގެ ކުރިން މި ރެކޯޑު އޮންނަނީ ލިވަޕޫލަށް ކުޅުނު އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އާއި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގައެވެ. މި ދެ ކުޅުންތެރިން ވަނީ އެއް ސީޒަނުގެ 38 މެޗުގައި 31 ގޯލު ޖަހާފައެވެ. މި ދެ ކުޅުންތެރިންނަށްވުރެ އެއް ލަނޑު އިތުރަށް ޖަހައިގެން މިހާރު އެ ރެކޯޑު ވެސް އޮންނަނީ ޞަލާޙުގެ އަތުގައެވެ. އެއީ އެއް ސީޒަނުގެ 38 މެޗުގައި 32 ލަނޑު ޖަހައިގެންނެވެ. ޞަލާޙު ވަނީ ޕްރިމިއަރ ލީގުގެ ރަން ބޫޓު ވެސް ހޯދާފައެވެ.

މިއީ ޕްރިމިއަރ ލީގުގައި ޞަލާޙު ގާއިމުކޮށްފައިވާ ފަސް ރެކޯޑެވެ. މިގޮތުން ބަލާއިރު، ޝައްކެތް ވެސް ނެތް ގޮތުގައި ޞަލާޙުއަކީ ޕްރިމިއަރ ލީގުގައި އުފެދުނު އެފްރިކާއަށް ނިސްބަތްވާ އެންމެ މޮޅު ކުޅުންތެރިޔާއޭ ބުނެވިދާނެއެވެ. މީގެ އިތުރުން ޕްރިމިއަރ ލީގުގައި އުފެދުނު މޮޅެތި ކުޅުންތެރިންގެ ތެރޭގައި ޔަގީނުން ވެސް ޞަލާޙުގެ ނަން ހިމެނޭނެއެވެ. ކުރިއަށް އޮތް ސީޒަނަށް ލިވަޕޫލުން ތައްޔާރުވަމުން އަންނައިރު، މި ސީޒަނުގައި ވެސް ޞަލާޙުގެ މޮޅު ކުޅުން ފެންނާނެއެވެ. ލިވަޕޫލް ދޫކޮށް ސަޑިއޯ މާނޭ ބަޔާން މިއުނިކަށް ބަދަލުވި ނަމަވެސް، އޭނާ ނެތިވެސް ޞަލާޙު ވިދާލާނެއެވެ. ލިވަޕޫލްގައިި ޞަލާޙުއަށް އެ ފުރުސަތު އެބަ އޮތެވެ. އެއީ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ވަނީ ޞަލާޙުއަށް އެކަން ފަހިކޮށްދީފައެވެ.

ޕްރިމިއަރ ލީގުމުހައްމަދު ސަލާހުކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު